ޑާކްރެއިން އެންޓަޓެއިންމެންޓުން މިހާރު މަސައްކަތް ކުރަމުންގެންދާ ވެބް ސީރީޒް "ގިރިޓީ ލޯބި"ގެ ފުރަތަމަ ލަވަ "ދީފާ"ގެ ލަވަ ނެރެފައިވާއިރު، އެ ލަވަ ވަރަށް ރީތިކަމަށް ގިބަޔަކު ބުނަން ފަށައިފިއެވެ.

މި ލަވަ މިހާރު ޔޫޓިއުބާއި ސައުންޑްކްލައުޑުން އަޑު އެހޭނެއެވެ.

ގިރިޓީ ލޯބި ވެބް ސީރީޒް އަކީ އާއިޝަތު ފުއާދު ތައުފީޤް އަދި މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒްއެކެވެ. މި ސީރީޒްގެ ސްކްރީންޕްލޭ ލިޔުނީ ތަފާތު ސްޓައިލެއްގެ ސްކްރީންޕްލޭތަކެއް ގެނެސްދެމުން އަންނަ ސްކްރީން ރައިޓަރ އަހްމަދު ޒަރީރުއެވެ.

ޑާކްރެއިންއިން މިހާރު މަސައްކަތް ކުރަމުންގެންދާ މި ސީރީޒްގެ ފުރަތަމަ ލަވަ އިއްޔެ ބެލުންތެރިންނަށް ދައްކާލައިފައިވާއިރު، މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ) އެވެ. "ދީފާ" މި ލަވަ ކިޔުމުގެ އިތުރުން ލިރިކްސް އާއި މިއުޒިކްވެސް ހަދާފައިވަނީ އޭނާއެވެ. ފަތޯ އަކީ ކުޅަދާނަ ލަވަކިޔުންތެރިއަކަށް ވާއިރު މީގެ ކުރިންވެސް ޑާކްރެއިންގެ ގިނަ ލަވަތަކެއް ފަތޯ ކިޔާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން އިޝަތު ފުއާދު ލިޔެފައިވާ ވާހަކައަކަށް ބިނާކޮށް، އަލީ ޝިފާއު ޑައިރެކްޓްކޮށް ތައްޔާރުކޮށްފައިވާ ޑާކްރެއިންގެ ފިލްމް 'ވަކިން ލޯބިން'ގެ ޕްރޮމޯޝަނަލް ލަވަ 'ރަކި ހިނިތުން' ވެސް ކިޔާފައިވަނީ ފަތޯއެވެ.

ގިރިޓީ ލޯބި ވެބް ސީރީޒްގެ މައިގަނޑު ތަރިންގެ ތެރޭގައި ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ މުހައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު، މުހައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ހިމެނެ އެވެ. މީގެ އިތުރުން މުޅިން އާ މޫނު ތަކެއް ވެސް މި ސީރީޒުން ފެނިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިކަހަލަ ކަސްބީ ފިރިހެނުންނާއި އަންހެނުން ގިނަ ވެއްޖެ ތަނެއް ހަލާކުވާނެ.

  2. ދޮންބޭބެ

    ހާދަހާވާ ދެރައެވެ. ޢާއްމު ދިރިއުޅުމުގައި މުސްލިމުން ހިލޭ އަންހެނަކާއި ފިރިހެނަކު ގައިގޯޅިވެ ބައްދާލާ ހެދުމަކީ ވަރަށް ހުތުރު އަދި އިސްލާމްދީން މަނާކުރާ އަޚުލާޤީގޮތުންވެސް ވަރަށް ދަށުދަރަޖައިގެ ކަމެކެވެ. އެހެންނަމަވެސް ފިލްމުތަކުގައި މިފަދަ ކަންކަން ޢާއްމުވެ އެއްވެސް މަޑިހެޖުމެއް ފަސްޖެހުމެއް ލަދުވެތިކަމެއް ނެތި އަދި މަތުވެރި ބަސްފުޅުތަކަށް ގޮންޖަހާލާފައި މިކަންކަން ޢާއްމުވަމުން ދިޔުމަކީ ހިތާވެރިކަމެއްގެ އިތުރުން އެހާމެ ބިރުވެރިކަމެއްވެސްމެއެވެ. އަދި މިފަދަ ކަންކަމަށް ތަރުޙީބުދޭ ނޫސްވެރިން ބައެއްފަހަރަށް މިފަދަ ކޮމެންޓެއް ކޮށްލިޔަސް ނޫސަތަކުގައި ނުވެސްޖަހައިދެއެވެ. އެކަމަކު ވަގުތު ނޫހުން މިކަމުގައި ވަރަށް ރަނގަޅުކަން ފާހަގަކުރަމެވެ. އޭ ޒުވާނުންނޭވެ. މަޖަލާ ސަކަރާތުގައި އުޅޭކަށް ދުނިޔެ ހެވިފައި ތިބާމެންގެ ކުރިމަތީގައެއް ނޯންނާނެއެވެ. ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ ޙަޤީޤަތްތަކަށް ވިސްނާ ފިކުރުކޮށް އިޞްލާޙްވެވޭތޯ ބަލަމާ ހިނގާށެވެ. ހަމަ މިއަދުވެސް ލޯމަރާލަން ޖެހިދާނެއެވެ. އޭރުން ތިބާއަށް ފައިދާއެއް ކުރާނެކަމަކަށް އޮތީ ތިބާ ކުރި ހެޔޮޢަމަލުތަކެވެ. މިއީ އަހަރެންގެ އަމިއްލަ ނަފުސަށާއި ތިބާއަށް އަހަރެންދޭ ނަޞޭޙަތެކެވެ.