އިންޑިޔާގެ ފިލްމީތަރި ސިދާރްތް ޝުކްލާގެ މަރަަށް ފަހު ހިތާމައިން ފޯވެފައިވާ އެތައް ބަޔަކު އެބަތިއްބެވެ. އޭނާ ވަކިވި ހަބަރާއެކު ކަރުނަ އަޅާ އެތައް ބަޔަކު އުޅޭނެެއެވެ.
ސިދާރްތްގެ މަރަށް ފަހު މިހާރު ދެކެވެމުން އަންނަ ވާހަކައަކީ އޭނާ މަރުވީ ވާން އުޅުނު އަންހެނުން ޝެހެނާޒް ގިލްގެ އުނގުމަތީގައި އޮވެގެން ކަމަށެވެ.
އެގޮތުން ސިދާރްތް މަރުވުމުގެ އެއް ރޭ ކުރިން އޭނާ އުޅުނީ އުނދަގޫތަކެއް ވާތީ ކަމަށް ބުނެފައި ވެެއެވެ. އަދި އޭނާ ހެނދުނު ނުހޭލީ ކަމަށްވެސް އޭނާއާ ގާތް މީހަކު ބުނެފައިވާއިރު، އެއިރު ޝެހެނާޒް ގިލް އިނީ އޭނާ ކައިރީގައި، އޭނާ މަރުވިކަންވެސް ނޭނގި ކަމަށްވެސް ބުނެފައި ވެއެވެ.
އީޓައިމްސް ޓީވީއަށް މައުލޫމާތުދިން ސިދާރްތްގެ ގާތް މީހަކު ބުނީ، އެރޭ ސިދާރްތްއަށް އުނދަގޫތަކެއް ވާތީ އޮތީ ޝެހެނާޒްގެ އުނގުމަތީގައި ކަމަށާއި، އޭނާ މަރުވީ އުނގުމަތީގައި އޮވެގެން ކަމަށެވެ.
އޭނާގެ ހަށިގަނޑު ގެންގޮސްފައި ވަނީ ކޫޕާ ހޮސްޕިޓަލަށް އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާގެ އާއިލާ ފަރާތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު، އޭނާ މަރުވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. އެހެން ނަމަވެސް އެކަން ޔަގީންވާނީ އޮޓޮޕްސީ ރިޕޯޓުން ކަމަށް ޑޮކްޓަރުން އެއިރު ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ސިދާރްތްގެ އޮޓޮޕްސީ ރޭ ވަނީ ނިންމާފައެވެ. އަދި އޭގެން ދައްކާގޮތުން އޭނާގެ ހަށިގަނޑުގެ އެތެރެއަށް ގެއްލުމެއް ލިބިފައެއް ނެތެވެ.
ބިގްބޮސް 13 ކާމިޔާބު ކުރި ސިދާރްތް މަރުވި އިރު އޭނާގެ އުމުރަކީ 40 އަހަރެވެ.
ޝެހެނާޒް އެއީ އޭނަގެ އަންހެނުންނެއް ނޫން.. ރައްޓިސް ވެގެން އުޅޭ މީހާ.. މިހާރު އުޅޭމީހުން އުޅެނީ އެއް ގެ އެއްގަ ނުއިނދެވެސް.. 🤦♀️
އަޅެ ފަހެ ކޮންތާކުންތަ މި މައުލޫމާތު ތި ކުދިން ހޯދަނީ؟ ސައްހަ އެއްވެސް މައުލޫމާތެއް ހަމަ ނުލިޔެވެނިއްޔޭ.