ވަރަށް މަދުން ނޫނީ ނުފެންނަ ކުލައެއްގެ އިއްސެއް ސްކޮޓްލޭންޑްގެ މަސްވެރިޔަކު ހޯދައިފިއެވެ.

ނުކުލައިގައި ހުންނަ މި އިހި ފެނިފައި ވަނީ ރިކީ ގްރީންހޮވޭ، 47 އަހަރަށެވެ. ރިކީ އަކީ ކުޑައިރުއްސުރެ މަސްވެރިކަން ކުރާ މީހަކަށްވާއިރު މިފަދަ އިއްސެއް އޭނާ އަށް ފެނުނީ ފުރަތަމަ ފަހަރަށް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އޭނާ އަށް ފެނުނު އިހި ނަގަންވީކަމަށް ނުވަތަ މޫދަށް ދޫކޮށްލަންވީ ކަމެއް ނޭނގޭ ކަމަށެވެ.

ނޫކުލައިގެ އިހީގައި އެ ކުލަ ހުންނަނީ ޖެނެޓިކަލީ ދިމާވާ ކަމެއްގެ ސަބަބުން ބޭނުންވާވަރަށްވުރެ އިތުރަށް ޕްރޮޓީން އުފެދިގެންނެވެ. ބީބީސީ ސްކޮޓްލެންޑަށް މައުލޫމާތު ދެމުން ގްރީންހޮވޭ ބުނީ އިހި ފެނުމުން ވަގުތުން އޭނާ ގެންގުޅުނު ފޮއްޓަށް އިހި އެޅިކަމަށެވެ.

”އަހަރެން ދުވަހަކުވެސް އެވައްތަރުގެ އިއްސެއް ނުދެކެން. އަހަރެންގެ އުމުރުން 14 އަހަރުން ފެށިގެން މިދަނީ މަސްވެރިކަން ކުރަމުން.“ ގްރީންހޮވޭ ބުންޏެވެ.

އޭނާ ބުނީ އެ ބޮޑުމިނުގެ އިއްސެއްގައި ހުންނާނީ 1.5 ކިލޯކަމަށެވެ. އަދި އެވަރުގެ އިއްސެއްގެ އަގު 461 ރުފިޔާއަށް އަރާނޭ ކަމަށް އޭނާ ބުންޏެވެ.

ގްރީންހޮވޭ ބުނީ ފައިސާއަށްވުރެ ބޮޑަށް އެފަދަ އިއްސެއް އޭތީގެ ހަޔާތް ކުރިޔަށް ގެންދަން ދޫކޮށްލަން ޖެހޭ ކަމަށެވެ. އޭނާ ވަނީ މެކްޑަލް އެކުއޭރިއަމް އަށް ގުޅައި އިހި ބޭނުންވޭތޯ ބަލާނެ ކަމަށް ބުނެފައެވެ. އަދި އެމީހުން އިހި ބޭނުން ނުވާނަމަ އިހި ދޫކޮށްލާނޭ ކަމަށް އޭނާ ބުންޏެވެ. އެއީ މަދުން ނޫނީ ނުފެންނަ ކުލައެއްގެ އިއްސަކަށް ވާތީ އެ އިހި ގެންގުޅުމަކީ ރަނގަޅު ކަމަށް ނޫންކަމަށް އޭނާ ބުންޏެވެ.

މީގެ ކުރީގައިވެސް އިނގިރޭސިވިލާތުގެ ބަޔަކު ވަނީ މިފަދަ އިއްސެއް ހޯދާފައެވެ. އެމީހުން އޭރު އެ އިހި ވިއްކާލާފައި ވަނީ އެއް މިލިއަން ޑޮލަރަށެވެ.