މޮޔައެއް ކަމަށް ބެލެވުނު، އިންޑިއާގެ ނަގަލެންޑު ސިޓީއަށް ނިސްބަތްވާ އުމުރުން 54 އަހަރުގެ މި މީހާ މިއަދު ވެފައި ވަނީ މުޅި އެ އަވަށުގެ ރައްޔިތުންނަށް ވާވަރަށް މޭވާ ހައްދާ މީހަކަށެވެ.

12 މެމްބަރުންގެ ދަނޑުވެރި އާއިލާއަކަށް އުފަންވި މި މީހާއަށް މީގެ ކުރިން ދެއިރުގެ ކެއުން ވެސް ލިބެނީ ވަރަށް އުދަނގުލުންނެވެ. ފަގީރުކަން އިހުސާސް ކުރެވިފައިވާތީ އެކަމުން ސަލާމަތް ވުމަށް ބޭނުންވުމުން ގުރޭޑް 10 ގައި ކިޔަވަމުން ދިޔަ ދުވަސްވަރު އެ އަވަށާއި ކައިރި އަވަށްތަކަށް ގޮސް މީހުން ކައި އުކާލާފައި ހުންނަ މޭވާގެ އޮށްތައް އެއްކޮށްގެން ގެނެސް އިންދަން ފެށިއެވެ.

މި މީހާގެ މި މަސައްކަތުގެ ސަބަބުން މުޅި އަވަށުގެ މީހުން އެއީ މޮޔައެއް ކަމަށް ބުނަމުން ދިޔައެވެ. ނަމަވެސް މިކަމުގައި އޭނާއަށް އެހީތެރިވެދިނީ އޭނާގެ ދެ ބޭބެއިންނެވެ.

1987 ވަނަ އަހަރު ފެށި މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ އަވަށުގެ މީހުންނަށް ދުވަހަކު ވެސް ނުފެންނަ ބާވަތްތަކުގެ މޭވާ މިހާރު ކާން ލިބެއެވެ.

ކިވީ، ލިޗީ އަދި ކާޑަމްގެ އިތުރުން އެހެން ބާވަތްތަކުގެ ބައެއް މޭވާއަކީ މި މީހާގެ ފަރާތުން އެ އަވަށަށް ލިބިފައިވާ ތަކެއްޗެވެ.

މި މީހާ ވަނީ އެ އަވަށުގެ މީހުންނަށް އޮރެންޖު، އަލުވި އަދި އެހެން ބާވަތްތަކުގެ ވެސް މޭވާއާއި ތަރުކާރީ ހައްދާނެ ގޮތް ކިޔައިދީފައެވެ.

ތަފާތު ކަމެއް ކުރުމުގެ ހުވަފެން ދެކެމުން އައި މި މީހާ އެ އަވަށުގައި ކޮފީ ހައްދަން ފެށިކަމަށް ވެސް ބުނެފައިވެއެވެ. އެހެން އަވަށްތަކަށް ގޮސް ކޮފީ އޮށް ހޮވައިގެން އައިސް ހެއްދިއެވެ.

މި މީހާގެ މި މަސައްކަތުން އެ އަވަށުގެ 150 ހަކަށް އާއިލާއަށް މޭވާ ހެއްދުމުގެ ޝައުގުވެރިކަން ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސޭކުންނަކީ ހަމަހޭނުޖެހޭ، ވިސްނުން އުނި މީހުން.
    މިތަނުގައި ސޭކެއްގެ އެއްވެސް ޢަމަލެއް މީނާ ކުރިކަން އެނގޭނެ މަގެއް ނެތް. ފަހަރުގާ އިންޑިޔާގެ ތިޔަ އަވަށުގެ މީހުންގެ ކައިރީގައި ސޭކަކަށް ނުވަތަ މޮޔައަކަށް ވީ ތޯއްްޗެއް؟