ކަސްޓަމަރުން ބޭނުންވާ ކަންކަން ރެސްޓޯރެންޓެއްގައި ނުވުމުން އެފަރާތްތަކުން ރުޅި މޫނު ހަދައި އެތަންތަނަށް ގެއްލުންދޭ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އެފަދަ މަންޒަރުތައް ފެންނަ ވީޑިއޯތައް ވެސް މީސްމީޑިއާގައި ބައެއް ފަހަރު އާއްމުވެއެވެ.

މިއީ ވެސް އެފަދަ ގޮތަކަށް ކަސްޓަމަރަކު ބޭނުންވާ ކަމެއް ނުވުމުން އައި ރުޅިއެއްގެ ސަބަބުން ރެސްޓޯރެންޓަކަށް ގެއްލުންދިން ވާހަކައެވެ.

އެމެރިކާގައި ހިނގާދިޔަ މި ހާދިސާގައި އެކަސްޓަމަރު އޯޑަރު ކޮފީ ލަސްވުމާއި ގުޅިގެން އޭނާ ވަނީ މެކްޑޯނަލްޑްސް އަށް ގެއްލުން ދީފައެވެ. މެކްޑޯނަލްޑްސް އަކީ ދުނިޔޭގެ މަޝްހޫރުކަމެއް ހޯދާފައިވާ ކުންފުންޏެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ އަންހެން މީހާ ރުޅިއައިސްގެން އެތަނަށް ގެއްލުން ދީފައިވަނީ އޭނާ އޯޑަރު ކުރި ކޮފީ އަންނަން މާ ގިނަ ވަގުތު ނެގުމުންނެވެ. އެގޮތުން އެތަނުގައި ތިބި މުވައްޒަފުން އޭނާ ގާތު ފަސް ވަރަކަށް މިނެޓުވާނެ ކަމަށް ބުނި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

https://www.youtube.com/watch?v=R6DW00_ogNA

އެހާ ވަގުތު ނަގާނެ ކަމަށް މުވައްޒަފުން ބުނެފައިވަނީ އޭނާގެ ކުރިން އިތުރު ކަސްޓަމަރުން އެތަނުން އެއްޗެއްސައް އޯޑަރު ކޮށްފައި ހުރުމުންނެވެ. އެހެން ނަމަވެސް އޭނާ އެންމެ ފަހުން ލަސްވެގެން އެތަނުގައި ހުރި ކާއެއްޗެހި އުފުއްލާ ޓްރޭތަކާއި މޭޒުތަކަށް ވަނީ ގެއްލުންދީފައެވެ.

އޭނާ މައިތިރި ކުރުމަށް ފުލުހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނުމުން އޭނާ ބުނެފައިވަނީ އޭނާ އަކީ ލޭމައްޗަށް ދާ މީހެއް ކަމަށެވެ. އެއީ އޭނާގެ އަމަލުތައް އެގޮތަށް ހުރި ސަބަބު ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ އެތަނަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެއީ ކޮށްގެން ވާނެ ކަމަށް ނޫން ކަމަށް ބުނެ އޭނާއަށް ފާޑުކިޔާފައެވެ.