ބައިވެރިޔާއާއި އެކު ނުވަތަ ދަރިންނާއި އެކު ނިދާއިރު އެމީހުން ފޮޑި ޖެހުމުން ތިބާއަށް އުދަނގޫވޭ ހެއްޔެވެ؟ އެކަމަށް ހައްލެއް ހޯދައިދީ ކުންފުންޏަކުން ވަނީ ބެޑްޝީޓެއް އުފައްދައިފިއެވެ.

''ޝްރެޑީސް'' ނަމަކަށް ކިޔާ ކުންފުނިން ތައްޔާރު ކޮށްފައިވާ މި ބެޑްޝީޓާއި ޑުއެޓް ކަވަރގެ ސަބަބުން ގިނައިން ފޮޑިޖަހާ ފަރާތްތަކާއި ނުބައި ވަސް ދުވާ ފޮޑި ޖަހާ ފަރާތްތަކުން ޖަހާ ފޮޑިތަކުގެ ވަސް ބެޑްޝީޓުން ނަގައިދެއެވެ.

ފޮޑި ފިލްޓާ ކޮށްދޭ މި ބެޑްޝީޓާއި ޑުއެޓް ކަވަރގައި ހިމެނޭ ކާބަން ޕެނަލްއެއްގެ ސަބަބުން ޖަހާ ފޮޑީގެ ވަސްތައް ފިލްޓަރ ކޮށްދެއެވެ. އަދި ކައިރީގައި އޮންނަ މީހާއަށް ފަސޭހަވެގެންދާނެއެވެ.

''މި ބެޑްޝީޓާއި ޑުއެޓް ކަވަރު އެނދުގައި އަޅާލުމުން، އެނދުގައި އޮންނައިރު ޖަހާ ފޮޑިތައް ފިލްޓަރ ކޮށްދޭނެ. މިފަދަ ޖަންގިޔަލެއް ވެސް މި ކުންފުނިން ވަނީ މީގެކުރިން އުފައްދާފައި. މި ޖަންގިޔާ ދޮވެލުމުން އަނެއްކާ ވެސް އެ އަމިއްލައަށް ފޮޑި ފިލްޓަރ ކުރުމުން ރިއެކްޓިވޭޓް ވާނެ'' ކުންފުނީގެ ފަރާތުން ބުނެފައިވެއެވެ.

ކޮންމެ ރެއަކު ވެސް ނިދާއިރު އާންމުކޮށް ގިނަ މީހުންނަށް ވިއްސަކަށް ވަރަކަށް ފޮޑި ޖެހޭނެ ކަމަށާއި ނަމަވެސް ބައެއް މީހުންނަކީ އެއަށްވުރެ ގިނައިން ފޮޑިޖެހޭ ބައެއްކަން ވެސް މި ކުންފުނީގެ ފަރާތުން ބުނެފައިވެއެވެ.

މި ކުންފުނީގެ އިސްވެރިއެއް ކަމުގައިވާ ރިބެކާ ޖޯންސް ބުނެފައިވަނީ ގިނަ މީހުންނަށް ދުވާލަށްވުރެ ގިނައިން ރޭގަނޑަށް ފޮޑިޖެހޭނެ ކަމަށެވެ. އެހެންވާ މީހުންނަށް އެމީހުންގެ ރޭގަނޑުގެ އަރާމު ނިދި ނިދާލުމަށް އުދަނގޫތަކާއި ކުރިމަތިލާން ޖެހެއެވެ.

މި ޑުއެޓް ކަވަރގެ އަގު ފެށެނީ 180 ޔޫރޯއަށެވެ.