ބޮލީވުޑުގެ އެކްޓަރ ޝާހިދު ކަޕޫރު އޭނާގެ އާއިލާއާއި އެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

އޭނާ ރާއްޖޭގައި ހުރިކަން އަންގައިދޭން ވަނީ އިންސްޓަގްރާމްގައި ޕޯސްޓްތަކެއް ކޮށްފައެވެ. އެގޮތުން ސޮނޭވާފުށި ރިސޯޓުގެ ގޮނޑުދޮށުގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއް އިންސްޓަގުރާމު ސްޓޯރީގައި ހިއްސާކޮށް ފިޔަވަޅުތައް ދޮންވެލިގަނޑުން ފެންނަ ހުރިކަމަށް އޭނާ ބުނެފައިވެއެވެ.

ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖުޕުތު ވެސް އޭނާގެ އިންސްޓަގުރާމު ސްޓޯރީގައި ވަނީ މޫދުގެ ހިތްގައިމުކަން ދައްކައިދީފައެެވެ. އަދި ''ޓޭން'' ވެފައިވާ މީރާގެ ފޮޓޯއެއް ވެސް އޭނަ ވަނީ ހިއްސާ ކޮށްފައެވެ. ޝާހިދު ކަޕޫރު ވެސް ވަނީ އޭނާގެ ހިތްގައިމު ފޮޓޯއެއް ހިއްސާކޮށްފައެވެ.

ރާއްޖެއަށް އަންނަ އެހެން ބޮލީވުޑު ފަންނާނުންނާއި ޚިލާފަށް މީރާއާއި ޝާހިދު ގުރާމު މީސް މީޑީޔާގައި ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކުރުން މަދެވެ.

ޝާހިދު ކަޕޫރުގެ އަންހެނުން މީރާގެ އިތުރުން މި ދަތުރުގައި ބައިވެރިވެފައިވަނީ އެ ދެމަފިރިންގެ ދެ ދަރިން ކަމުގައިވާ މީޝާ ކަޕޫރާއި ޒައިން ކަޕޫރެވެ.

މީރާއަކީ އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކާއި ދަރިންގެ ކަންތައްތަކާއި އަދި ޝާހިދުގެ ވެސް ބައެއް ކަންތައްތައް އިންސްޓަގުރާމުގައި ހިއްސާ ކުރާ މީހެކެވެ. ނަމަވެސް ރާއްޖެއަށް މި ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް މީސް މީޑިއާއަށް ހިއްސާ ކޮށްފައިވަނީ ވަރަށް މަދުންނެވެ.

2003 ވަނަ އަހަރު ފިލުމު ''އިޝްގް ވިޝްގް'' ގެ ލީޑު ރޯލުން ބޮލީވުޑަށް ތަޢާރަފް ވެފައިވާ ޝާހިދު ކަޕޫރު މިހާތަނަށް ވަނީ ކާމިޔާބު އެތައް ފިލުމެއްގައި މަސައްކަތްކޮށް އެތައް އެވޯޑު ތަކެއް ހާސިލު ކޮށްފައެވެ.

ޝާހިދު ކަޕޫރުގެ ފާހަގަ ކޮށްލެވޭ ފިލުމުތަކުގެ ތެރޭގައި ހިމެނެނީ ''ކަބީރު ސިންގް''، ''ޖަބް ވީީ މެޓް''، ''އާރް ރާޖުކުމާރު'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުބީނު މާރނީ

    ވަރަށް ބޯ ރަނގަޅު ސޮރެއް. އިންޓަރވިޔު ތަކުގައި ދީފަ ހުންނަ ޖަވާބު ތައް ވަރަށް ސަޅި.

  2. ޜަނާ

    ޙާދަ ކުރީގެ ފޮޓޯއެއް ޖަހާފަ ބޯއީ މިހާރު ވަރަޑް ބޮޑުވެއްޖެ.