ދިވެހި ފިރިހެނަކު އިންނަން މޫނުބުރުގާ އެޅި އަންހެނަކު ހޯދަން ފޭސްބުކްގައި އިއުލާން ކޮށްފިއެވެ.

ފޭސްބުކް މެދުވެރިކޮށް ކައިވެނި ކުރާނެ މީހުން ހޯދައިދޭ ޕޭޖެއް ކަމަށްވާ "ކައިވެނި ޕޭޖް" ގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ކައިވެނި ކުރާނެ އަންހެނަކު ހޯދަން އިއުލާން ކޮށްފައިވަނީ މާލެއަށް އުފަން މީހެއް ކަމަށެވެ.

ކައިވެނި ޕޭޖްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، އޭނާ އަކީ އަމިއްލަ މަސައްކަތް ކުރާ މީހެއް ކަމަށާއި، އާމްދަނީގެ ގޮތުގައި މަހަކު 12،300 ރުފިޔާ ލިބޭ ކަމަށެވެ.

އަދި އޭނާއަކީ 28 އަހަރުގެ މީހެއް ކަމަށާއި، ކައިވެނި ކުރަން ބޭނުންވަނީ 33 އަހަރަށްވުރެ ދޮށީނޫން، ދީންވެރި، އަހުލާގު ރަނގަޅު އަންހެނެއް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އަންހެން މީހާ އަކީ ސާފުތާހިރު މީހަކަށް ވާންޖެހޭނެ ކަމަށާއި، ސުންނަތައް މަސައްކަތްކުރާ އަންހެނަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މޫނުބުރުގާ އަޅާ އަންހެނުންނަށް އިސްކަންދޭނެ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. އޭނާ އާއި ކައިވެނި ކުރަން ބޭނުންވާ މީހުން ޖެހޭނީ ފޭސްބުކް މެދުވެރިކޮށް ކައިވެނި ޕޭޖަށް މެސެޖް ކުރާށެވެ. އެ ޕޯސްޓު ނަންބަރަކީ p3695 އެވެ.

ކައިވެނި ކުރާނެ މީހަކު ހޯދަން އިއުލާންތައް ޖަހައިދޭ ފޭސްބުކް ޕޭޖްގައި އިއުލާންތައް ޖަހަމުން ގެންދަނީ އިއުލާން ޖަހަން ބޭނުންވާ މީހާ ދޭ މައުލޫމާތަކީ ސައްހަ މައުލޫމާތު ކަން ކަށަވަރު ކުރުމަށް ފަހު އެވެ. އެޕޭޖްގައި އިއުލާން ޖަހައިގެން މިހާތަނަށް ގިނަ ބަޔަކު ވަނީ ހަޔާތުގެ ބައިވެރިން ހޯދާފައެވެ.

ނޫސްތަކާއި ވެބްސައިޓްތަކުގައި އިއުލާން ކޮށްގެން ހަޔާތުގެ ބައިވެރިޔަކު ހޯދުމަކީ އަވައްޓެރި ގައުމުތަކުގައި ވެސް ވަރަށް އާންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އޯ އެބޭބެޔަށް އެހުރީ އޮޅިފަ މޫނު ބުރުގާ އާޅާ ކޮންމެ މީހަކީ ދީންވެރި މީހެއްނޫން ގުންޑާއިންވެސް އެބައުޅޭ މޫނުބުރުގާ އަޅައިގެން އެގޭތީ މިބުނަނީ ފަހަރެއްގައިވެސް މޫނު ބުރުގާޔާ އިދިކޮޅީީ ޔެއްނޫން މީހަކު އަޅާފަ ހުންނަ ހެދުމަކުން ވަނަވަރެއް ނޭގޭނެ

    11
    1
  2. ތަރި

    ތި ހަބަރު ޖެހުމުގެ ބޭނުމަކީ ކޮބަޔޯ؟