ޝާހުރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާންގެ ޑުރަގު މައްސަލައާ ގުޅިގެން ހައި ކޯޓުން އަމުރެއް ނެރެފިއެވެ.

ބޮމްބޭ ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ އާރްޔަން ޚާނާއި އަރުބާޒު މާޗެންޓްއާއި މުންމުން ދަމޭޗާއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

އާރްޔަންއާއި އަރުބާޒު އާއި މުންމުން އެއް ކުރުޒްއަކުން ދަތުރު ކުރުމަކީ ޑްރަގު ބޭނުން ކުރާ ކަމުގެ ހެއްކެއް ކަމުގައި ނުބެލޭނެ ކަމެއް ކަމަށް ވެސް ހައި ކޯޓުން ބުނެފައިވެއެވެ.

އާރްޔަން ޚާންގެ ވަޓްސްއަޕް މެސެޖުތަކުން ވެސް ގަބޫލު ކުރެވޭ ހެއްކެއް ލިބިފައި ނުވާ ކަމަށް ވެސް ބޮމްބޭ ހައިކޯޓުން ބުނެފައިވެއެވެ.

މައްސަލައާ ގުޅުން ނެތް މީހުންގެ ބަޔާން ހެއްކެއްގެ ގޮތުގައި އެންސީބީއަށް ވެސް ބޭނުން ނުކުރެވޭނެ ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.

އާރްޔަންއާއި އޭނާގެ ރަހުމަތްތެރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 03 ވަނަ ދުވަހުއެވެ.

މަސްތުވާތަކެތި ބޭނުންކޮށް އަދި ވިއްކުމުގެ ތުހުމަތުގައި އާރްޔަން އާއި އޭނާގެ ރަހުމަތްތެރިން ޖަލަށް ލާފައިވަނީ އޮކްޓޫބަރު މަހުގެ 08 ވަނަ ދުވަހުއެވެ.

އަދި ހަތަރު ފަހަރަށް ބެއިލްއަށް ހުށަހަޅައިގެން ވެސް އާރްޔަން ޖަލުން ސަލާމަތެއް ނުވިއެވެ.

އޭގެފަހުން އޮކްޓޫބަރު މަހުގެ ފަހުކޮޅު ހައިކޯޓަށް މައްސަލަ ހުށަހަޅައި އާރްޔަންއަށް ބެއިލް ލިބިފައިވަނީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

އާރްޔަން ގެއަށް ފޮނުވާލާފައި ވަނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަދި އޭގެ ދެ ދުވަސް ފަހުން އާރްޔަންގެ ރަހުމަތްތެރިން ވެސް ވަނީ ގެއަށް ފޮނުވާލާފައެވެ.

ޑުރަގު މައްސަލައިގައި ޖަލަށް ދާން ޖެހުމުން އާރްޔަން އަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާޒް

    ކޮބާ އަމިއްލަ އިޢުތިރާފް ޖެހެނީ ހަމައެއްތާކު