ސެޕްޓެމްބަރު މަހު ނެޓްފްލިކްސް އިން ދައްކާފައިވާ ދެކުނު ކޮރެޔާގެ ޑްރާމާ ''ސްކުއިޑް ގޭމު'' ވަނީ ނެޓްފިލްކްސްގެ އެންމެ ގިނަ މީހުން ބެލި ޑުރާމާގެ އިތުރުން އެތައް ރެކޯޑެއް ހޯދާފައެވެ.

އެހެން ނަމަވެސް މި ހުރިހާ ރިކޯޑުތަކެއް މުގުރާލާ އެންމެ ކުރީގައި މިހާރު އޮތީ ދެކުނު ކޮރެޔާގެ ޑުރާމާ ''ހެލްބައުންޑް'' އެވެ. ޔިއޯން ސެންގް ހޯ ޑައިރެކްޓް ކޮށްފައިވާ މި ޑުރާމާއަކީ ސުޕަނެޗުރަލް ކަންތައްތަކެއް ދައްކުވައިދޭ ޑުރާމާއެކެވެ.

ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ނެޓްފްލިކްސް އިން ވަނީ މި ޑްރާމާގެ ފުރަތަމަ އެޕިސޯޑު ދައްކައިފައެވެ. ފުރަތަމަ އެޕިސޯޑުން ނެޓްފްލިކްސްގެ ދުނިޔޭގެ އެއްވަނަައިގައި މި ޑުރާމާ ހިމެނުނެވެ. ސްކުއިޑް ގޭމަށް މި ދަރަޖަ ލިބުނީ އޭގެ ހަތްވަނަ އެޕިސޯޑުންނެވެ.

މީގެއިތުރުން ފުރަތަމަ އެޕިސޯޑާއި އެކު 24 ގައުމެއްގެ އެއްވަނައިގައި ހިމެނެނީ ''ހެލްބައުންޑް'' އެވެ. އެއީ ދެކުނު ކޮރެޔާ، ބެލްޖިއަމް، ހޮންގްކޮންގް، ވިއެޓްނާމް، މޮރޮކޯ ފަދަ ގައުމުތަކުގައެވެ.

އެމެރިކާ، ފުރާންސް އަދި ޖަރުމަނު ފަދަ ގައުމުތަކުގައި މި ޑުރާމާ ރޭންކު ކުރެވިފައިވަނީ ދެވަނައާއި ތިންވަނައިގައެވެ.

ފުރަތަމަ އެޕިސޯޑާއި އެކު ''ހެލްބައުންޑް'' އަށް މި ލިބުނު ކާމިޔާބީއަށް ފަހު ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ރެކޯޑުތަކެއް ލި ޑްރާމާއަށް ލިބޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި ޑްރާމާއިން ފެނިގެންދަނީ ކިމް ހުއަން ޖޫ، ޕާކް ޖިއޮން މިން، ޔޫ އާހް އިން އަދި ޖިން އަ ވޮންއެވެ.

ޑައިރެކްޓަރ ޔިއޯން ސެންގް ހޯއަކީ މީގެކުރިން ވެސް މިފަދަ ކާމިޔާބު އެތައް ފިލުމަކާއި ޑުރާމާއެއް އުފައްދާފައިވާ ޑައިރެކްޓަރެކެވެ. އޭގެތެރޭގައި ''ޓްރެއިން ޓު ބުޝަން''، ''ޕެނިންސިއުލާ'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު