އިރާއި ދެވަނައަށް އެންމެ ކައިރީގައި އޮންނަ ގުރަހަ (ޕްލެނެޓް) ގެ ކޮޅިތަކުގައި އޭލިއަން އުޅެދާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.
ކާޑިފް ޔުނިވާސިޓީއާއި އެމްއައިޓީ އަދި ކެމްބްރިޖް ޔުނިވާސިޓީގެ ސައިންސްވެރިން ބުނެފައިވަނީ ދުނިޔެއާއި 47.34 މިލިއަން ކިލޯމީޓަރު ނުވަތަ 29.42 މިލިއަން މޭލު ދުރުގައި އޮންނަ ވީނަސްގައި ނައިޓްރޮޖެން އަދި ހައިޑްރޮޖެންގެ ސަބަބުން އެމޯނިއާ ގޭސް އުފެދިފައިވާނެ ކަމަށާއި އެ ގުރަހައިގެ ކޮޅިގަނޑުތަކުގައި އެ ގޭސް ހުންނާނެ ކަމަށެވެ.
ކާޑިފް ޔުނިވާސިޓީގެ ޑޮކްޓަރެއް ކަމަށްވާ ވިލިއަމްސް ބައިންސް ބުނެފައިވަނީ ވީނަސްގެ ކޮޅިގަނޑުގައި އެސިޑު ހުރުމުން ދިރުންތައް އުޅޭނެ ކަމަށެވެ.
"އަހަރެމެންނަށް އެނގޭ ދުނިޔޭގެ އެސިޑް މާހައުލުތަކުގައި ދިރިއުޅުން ކުރިއަރައިގެން ދާނެ ކަން، އެކަމަކު ވީނަސްގެ ވިލާތައް ހީކުރި ވަރަށްވުރެ އެސިޑިކް" އޭނާ ބުނެފައިވެއެވެ.
އޭނާ ބުނީ، ވިލާތަކުގައި އެމޯނިއާ އުފެދެން ފެށުމުން އެކަމުން އެނގިގެން ދަނީ ދިރިއުޅުން އާލާ ކުރެވޭނެ ކަމަށެވެ.
ސައިންސްވެރިން އަންނަނީ 1970 ވަނަ އަހަރުން ފެށިގެން ވީނަސްގެ ވިލާތަކުގައި އެމޯނިއާ ހުރި ވަރު ބަލަމުންނެވެ. އެހެން ނަމަވެސް މިހާތަނަށް އެތަނުގައި ހުރީ ކިހާ ވަރެއްގެ އެމޯނިއާއެއް ކަމެއް އެނގިފައެއް ނުވެއެވެ.
މީގެ ކުރިން އެ ގުރަހަކީ ހޫނު ތަނެއް ކަމަށް ބުނެ ސައިންސްވެރިން ވަނީ އެތަނުގައި އެއްވެސް ދިރުމަކަށް ނޫޅެވޭނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް މިހާރު އެމޯނިއާ ފެނިފައިވާތީ ކުރީގެ ނިންމުމަކީ އެއީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.
އަދި މިހާރު ބެކްޓީރިއާގެ އިތުރުން ދުނިޔޭގައި އުޅޭ ކުދި ދިރުންތައް ވީނަސްގައި އުޅެދާނެ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.
ތިވާނީ ޖައްވުތެރޭގަ އެހެން މިހެން ބުރެއް ޖަހާލަން ނުކުމެ އުޅުނު ޖިންނިކަލޯ އަކަށް..ތިބުނާ އޭލިއަނުންވެސް ދިރި ހުރިއްޔާ ކައިބޮއެ ހަދާނެ ދޯ..ކެއިން ބުއިމަށް ބޭނުންވާ އެންމެހާ ތަކެތި މިވަނީ މިބިމުގަ ލައްވާފަ..ކީއްވެ ކުނރުބަލެއް ނަމަވެސް ބޯލަން ނާންނަނީ؟؟ޖިންނިކަލޯ މެންވެސް ކައިބޮއެ ހަދަނީ ހަމަ މިބިމުން ވިއްޔަ..
އިނގިރޭސިންގެ ހިޔާލީ ޕުރޮޕެގެންޑާ.
ކީއްބެ ސްޓުޕިޑް އާޓިކަލް ލިޔަނީ ބުރޯ
މޮޔަވެގެން އުޅޭ ބައެއް ހުވާ މި ބުނީ
ސައިންސްގެ އިލްމު ފެށުނީއްސުރެ ތިޔަބުނާ އޭލިޔަނެއް ހޯދަންއުޅޭ. އަމިއްލައަށް އޭލިޔަނޭ ކިޔާފަ އެކި ސިފަސިފައިގެ ކެރެކްޓާތައްވެސް ފިލްމުތަކުން ހިޔާލަށް ހަދައިގެން ދައްކާ. އެހެނަސް މިއަދާއި ހަމަޔަށްވެސް އޭލިޔަނެއް ފެނިފައިނުވޭ. ދެން ޖައްވީ ޓެލަސްކޯޕުން ބްލެކްހޯލް އެއް ނޫނީ އާދަޔާ ޚިލާފަށް ފޯމްވެފަ އިންނަ ފުސްކޮޅެއް ފެނުނަސް ބުނާނެ އޭލިޔަނޭ.