ބުރުގާ އަޅައިގެން ސްވިމިންގ ޕޫލަކަށް އެރުމުން، މުސްލިމު ކުދިންތަކެއް، އެތަނުން ބޭރުކޮށްފިއެވެ. މިކަން ހިނގާފައިވަނީ އެމެރިކާގެ ސިޓީއެއްކަމުގައިވާ ޑެލަވެއަރ ގައެވެ.
އެ ސިޓީގައި ހިންގަމުންދާ މުސްލިމު ތައުލީމީ މަރުކަޒެއްކަމުގައިވާ ދާރުލް އަމާނާ އެކެޑަމީ އަށް ނިސްބަތްވާ ކުދިން، ސްވިމިންގ ޕޫލަށް ގޮސްފައިވަނީ، ހޫނު މޫސުމުގެ ޗުއްޓީގައި އެތަނުގައި ވަގުތު ހޭދަކޮށްލުމުގެ ބޭނުމުގައެވެ. އެތަނަށް ދިޔައީ އުމުރުން ހަގު، ކުޑަކުދިންކަމަށްވާއިރު، ފިރިހެން ކުދިން ތިބީ ސޯޓު ލައިގެންނެވެ. އަދި، އަންހެން ކުދިން ތިބީ ބުރުގާ އަޅައިގެންނެވެ.
މިކަމާ ގުޅިގެން އެ އެކެޑަމީގެ މަސްއޫލުވެރިޔާ އަދި ޕްރިންސިޕަލް، ތަހްސީން އިސްމާއީލް ބުނެފައިވަނީ އޭނާއާއި އޭނާގެ ދަރިވަރުންތައް، އެތަނުން ބޭރުކޮށްފައިވަނީ އެމީހުން އަޅައިގެން ތިބީ ކަފައިން އުފައްދާފައިވާ ހެދުން ލައިގެން ކަމަށް ބުނެކަމަށެވެ.
"ޔޫއެސްއޭ ޓުޑޭ" އަށް މައުލޫމާތު ދެމުން ތަހްސީން އިތުރަށް ބުނެފައިވަނީ މިއީ ކަފައިން އުފައްދާފައިވާ ހެދުން އަޅައިގެން ތިބުމުން ކުރި ކަމެއް ނޫންކަމުގަޔާއި، މިއީ ވަކި ދީނަކަށް ނިސްބަތްވާތީ ކޮށްފައިވާ ތަފާތެއްކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ އެތަނުގައި ކަފައިން އުފައްދާފައިވާ ބާވަތްތަކުގެ ހެދުން ލައިގެން އެހެން މީހުންނާއި ކުދިންވެސް އުޅުނު މަންޒަރު ފެނުނުކަމަށެވެ.
މީގެއިތުރުންވެސް، ޕްރިންސިޕަލް ބުނެފައިވަނީ މީގެ ކުރީ އަހަރުތަކުގައިވެސް އޭނާއާއި އޭނާގެ ދަރިވަރުން، ޗުއްޓީ ދުވަސްވަރު ސްވިމިންގ ޕޫލަށް އެރުމަށް އަންނަކަމަށާއި އެހެންނަމަވެސް، މިފަދަ ކަމަކާ ކުރިމަތިނުވާކަމަށެވެ.
ސްވިމިންގ ޕޫލުން ބޭރުކޮށްލި ދުވަހު ކަންތައް ހިނގައިދިޔަ ގޮތް ކިޔައިދެމުން ތަހްސީން އިތުރަށް ބުނެފައިވަނީ އެތަނުން އޭނާ ބޭރުކޮށްލުމަށް އައީ އެތަނުގައި ހުންނަ މެނޭޖަރުކަމަށެވެ. އަދި، އެތަނުން ނުނިކުމެއްޖެނަމަ، ފުލުހުންނަށް އަންގާނެކަމަށް ބުނެ އިންޒާރު ދިންކަމަށްވެސް ބުނެފައިވެއެވެ.
މިކަން އެސަރަޙައްދުގެ މޭޔަރަށްވެސް ހުށަހަޅާފައިވާއިރު، އޭނާ ބުނެފައިވަނީ ޕޫލަށް ކޮޓަން ފޮތީގެ އުފެއްދުންތައް ލައިގެން ނޭރެވެނީ ގެއްލުމެއް ލިބިދާނެތީކަމަށާއި މި އުސޫލަށް މީގެކުރިންވެސް އޮންނަ ކަމަށެވެ. އެހެންނަމަވެސް، މީގެކުރިން މި އުސޫލަށް އަމަލު ނުކުރަނީ ކީއްވެތޯ ތަހްސީން ސުވާލު އުފައްދާފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ބުރުގާ އަޅައިގެން އުޅޭ އަންހެނުންނަށް ދަނީ އެކި ދަތިތައް ކުރިމަތިކުރަމުންނެވެ.
ރޭސިޒަމް...... ނަސްލީ ތަފާތު..... ބުލީކުރުން...... އެކަމަކުވެސް ރާއްޖޭގައި އެއްޖިންސުން ކައިވެނިނުކޮށްދީގެން ހީވަނީ އެހެންފަދަކަމެއްވެގެން އުޅޭހެން.
މިކަން ހިނގާ ސަންއައިލެންޑް ރިސޯޓްގައިވެސް
ލިބޭ އިހުތިރާމް މާ ބޮޑުވާނޭ ކިތަންމެ ދަތި ކުރިއަސް އިންޝާﷲ މުސްލިމުންތިބޭނީ މުސްލިމުންގެ ގޮތުގައޭ އާޙިރުގެ ހެޔޮގޮތޭ މުސްލިމުން ބޭނުމީ
ދެން ރާއްޖެއަށް އަންނަ މުސްލިމުނޫން މީހުން މޫދަށް އެރޭއިރު ބުރުގާއަޅައިގެން ނިވާކޮށްގެން މޫދަށްއެރޭ ގޮތަށް ހަދަން ފެނޭ.އަދި އާންމު ތަންތަނުގަ އުޅޭއިރުވެސް މިގޮތަށް ކަންކުރެވޭނެ ގަވާއިދުތަކެއް ހަދަންފެނޭ.ރިސޯޓުތަކުގަނޫނަސް އެވެރިން އައިސް އުޅެނީ ބޭނުން އެއްޗެއް ލައިގެން ބޭނުން ގޮތަކަށް.މިރާއްޖޭގެ ރިސޯޓުތަކުގައުޅޭ ފިރިހެނުންގެ ތުނބުޅިހުރިއްޔާ އެވެސް ބާލަން ޖެހޭ.ކައިރި ރަށަކުން ބަންގީގެ އަޑުމާބާރަށް އިވޭތީ އަޑުމަޑުކުރުވަން އަންގާ.މިތަނުގަވެސް މިއޮތީ އެމީހުންގެ ބާރު.