ނިޔުޔޯކްގެ ވެސްޓްޗެސްޓާގައި ދިރިއުޅޭ. އުމުރުން 38 އަހަރުގެ އަންހެނަކު ކެންސަރު ޖެހި، މަރުވަނީ ކަމަށްބުނެ ދޮގުހަދާ، އޮޅުވާލައިގެން 52 ހާހެއްހައި ޑޮލަރު (8 ލައްކަ ރުފިޔާ) ހޯދާފައިވާތީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ.
ވެޑޫޓީ ހޫބްރާޖް ނަމަކަށް ކިޔާ މި އަންހެން މީހާ އާންމުންގެ ފަރާތުންނާއި ކެންސަރު ޕޭޝަންޓުންނާއި އޭނާގެ ދެ ފިރިހެން ދަރިންގެ ކިބައިން މަޢާފަށް އެދިފައިވާއިރު، ވެޑޫޓީ ބުނެފައިވަނީ އޭނާގެ ދަރިންނަށް ދެވުނު ހިތްދަތިކަމާއި އަނިޔާ އަނގަބަހުން ބުނަންވެސް ދަތިކަމަށެވެ.
2014 ވަނަ އަހަރުން ފެށިގެން ކެންސަރު ހުންނަކަމަށްބުނެ، ވެސްޓްޗެސްޓާ އަވަށުގެ މީހުން "މޮޔަ" ހެއްދި ވެޑޫޓީ އަށް ޖެހިފައިވަނީ "ޓާމިނަލް ކެންސަރު" ކަމަށް އޭރު އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން، އޭނާއަށް އެހީތެރިވުމަށްޓަކައި، އެ އަވަށުގެ މީހުން "ގޯ ފަންޑް މީ" ގެ ނަމުގައި ކެންޕޭނެއް ފަށައި، 51 ހާހެއްހައި ޑޮލަރުވެސް ވަނީ ހޯދައިދީފައެވެ.
ވެޑޫޓީ އަށް އެހީތެރިވުމުގެ ގޮތުން އޭނާގެ ހަގު ދަރިފުޅުގެ ސްކޫލްގައިވެސް "ފަންޑް ރައިޒިން ޑިނާރ ނައިޓް" އެއް ވަނީ ބާއްވާފައެވެ. އަދި މި އިވެންޓަށް 400 އެއްހައި މީހުން ފަންޑްކޮށްދީފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އޭގެ އިތުރުން، އެހެން ކެންސަރު ޕޭޝަންޓުން ފަދައިން ވެޑޫޓީ ވަނީ އޭނާގެ ބޯ ބާލާ، ތަލަވެސް ކޮށްފައެވެ.
ފަހުން ވެޑޫޓީ ބުނެފައިވަނީ އެއީ އޭނާގެ ލޯބިވެރިޔާ ދިން ޚިޔާލެއްގެ މައްޗަށް ކުރި ކަމެއް ކަމަށާއި، އެކަމުގެ އަސްލު ޒިންމާ ނަގަން ޖެހޭނީ އޭނާގެ ލޯބިވެރިޔާ ކަމަށެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި ވެޑޫޓީ ދޮގުހެދިކަން ކޯޓަށް ވަނީ ސާބިތުވެފައެވެ.
އޮޅުވާލައިގެން ފަންޑްރައިޒް އިވެންޓްތަކުން ލާރިހޯދުމަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ވަރަށް އާންމު ކަމެއްކަން ފާހަގަ ކޮށްލެވެއެވެ.
މުސްލިމެއް ނަމަ ނުކުރާނެ
ދިވެހި ރާއްޖޭގައި ކުރިކަމެއްނަމަ އެއީ ޑިމޮކްރަސީ ނެތީ. އޭނާ ވަގުތުން ދޫކޮށްލަން ޖެހޭނެ. އެކަމާ ފިޔަަޅުވެސް އަޅާނެ. ކޯޓުތައްވެސް ކަމަކު ނުދާނެ.