ހަށިގަނޑު ފަލަވުމަކީ ވަރަށް ގިނަ ބަލިތަކަކަށް މީހާ ހުށަހެޅިގެންދާ ކަމެކެވެ. މީގެ ތެރޭގައި ފުރާނައަށް ނުރައްކާވާފަދަ ބަލިތައްވެސް ހިމެނެއެވެ. މިހެންވެ މާބޮޑަށް ފަލަވާނަމަ ބައެއް މީހުން އަވަހަށް ހިކެން ބޭނުންވެއެވެ. ހިކެން ބޭނުންވާނަމަ ތިރީގައި މިވާގޮތަށް ކަންތައް ކުރާށެވެ.
- ފުރަތަމަ އެއްދުވަހު މުޅިންހެން ހަރު ކާނާއާ ދުރުވާށެވެ. ތަރުކާރީ ފަދަ ތަކެތިން ފަނި ހަދައިގެން މިދުވަހު ބޯށެވެ. މިގޮތަށް އެއްދުވަސް ހޭދަކޮށްލާށެވެ.
- ރެސްޓޯރެންޓްތަކުން ކެއުމާއި ދުރުހެލި ވާށެވެ.
- ޕާން، ޕާސްތާ ފަދަ ކާބޯހައިޑްރޭޓްގެ މާއްދާތައް ގިނަ ކެޔުންތައް ކެއުމުން ދުރުހެލިވާށެވެ.
- މޭވާގެ ބާވަތްތައް ގިނަ ކުރާށެވެ.
- ފެހި ކުލައިގެ ފަތްފަދަ އެއްޗެހި ކެއުން ގިނަ ކުރާށެވެ. އޭރުން އޭގައި ހިމެނޭ ފައިބަރގެ ސަބަބުން ބަޑުހައިވުމުން ސަލާމަތްކޮށްދޭނެއެވެ.
- ކޮންމެ ދުވަހަކު 60 މިނެޓްވަންދެން ކަސްރަތު ކުރާށެވެ.
މަތީގައި ބުނެވިދިޔަ ކަންތަކަށް ސަމާލުކަން ދީ، ހަފްތާއެއްގެ ތެރޭގައި މިކަންކަން މަތީގައި ބުނެވި ދިޔަ ގޮތަށް ކޮށްފިނަމަ ހަފްތާއެއްގެ ތެރޭގައި އޭގެ އަސަރު ފެންނާނެއެވެ.
އަވަހަށް ހިކެން ބޭނުންނަމަ ތެމިލުމަށް ފަހު އަވީގައި ހުރެލާ!