ބޮލީވުޑް ފިލްމް އެކް ވިލަން 2 އަށް ޝަމްޝޭރާއަށްވުރެ ފިނި ތަރުހީބެއް ބޮކްސް އޮފީހުގައި ލިބިއްޖެ އެވެ.

ބޮލީވުޑްގެ މަޝްހޫރު ހަތަރު އެކްޓަރުން ކަމަށްވާ އަރުޖުން ކަޕޫރް، ތާރާ ސުތާރިއާ، ޖޯން އަބްރަހަމް އަދި ދިޝާ ޕަޓާނީ ފެނިގެންދާ އެކް ވިލަން 2 ނެރެފައިވަނީ އިއްޔެ އެވެ.

ބޮކްސް އޮފީހުގެ ނަންބަރުތަކުން ދައްކާ ގޮތުގައި އެ ފިލްމަށް ފުރަތަމަ ދުވަހު ލިބިފައިވާ އާމްދަނީ ރަންބީރުގެ ސަމްޝޭރާއަށްވުރެ ވެސް ދަށެވެ.

އެގޮތުން އެ ފިލްމަށް އެންމެ ފުރަތަމަ ދުވަހު ލިބިފައިވަނީ 7 ކަރޯޑް އެވެ. ރަންބީރުގެ ސަމްޝޭރާއަށް ފުރަތަމަ ދުވަހު ލިބުނީ 10 ކަރޯޑް އެވެ.

އެކް ވިލަން ގެ ފުރަތަމަ ބަޔަކަށް ގިނަ ބައެއްގެ ސަޕޯޓް ލިބުނެވެ. އެ ފިލްމުން ފެނިގެން ގޮސްފައިވަނީ ޝްރައްދާ ކަޕޫރް އާއި ސިދާތް މަނޯތްރާ އެވެ.

ކިޔުންތެރިންގެ ހިޔާލު