އިންޑިއާގެ ހައިދުރަބާދުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުމަތީގައި ފެންބޮޑުވެ، އެ އަވަށުގެ ރައްޔިތުންނަށް އެތައް އުދަނގޫ ތަކަކާއި ދަނީ ކުރިމަތިވަމުންނެވެ. މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް އުދަނގޫވެ، ގޭތެރޭގައި ވެސް ފެން ބޮޑުވުމުގެ ސަބަބުން އެތައް ދަތިތަކަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

މިފަދަ ދުވަސްވަރެއްގައި އެ އަވަށުގެ ފެން ބޮޑުވެފައިވާ މަގެއްގައި ބިރިޔާނި ތެއްޔެއް އޮޔާދާ ވީޑިއޯއެއް ވަނީ މީސް މީޑިޔާގައި އާއްމުވެފައެވެ. މި ވީޑިއޯއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.

އިބްން ފަރޭބީގެ ނަމުގައިވާ ޓުވިޓާ އެކައުންޓަކުން ބިރިޔާނި ތެއްޔެއް ކޯރުގައި އޮޔާދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޓުވިޓާގައި ހިއްސާކޮށް ބުނެފައިވަނީ ބިރިޔާނީއަށް އޯޑަރު ކުރި ފަރާތުން ބިރިޔާނީ ނުލިބިގެން ވަރަށް ދެރަވާނެ ކަމަށެވެ.

ބިރިޔާނީ ދެ ތެލި އޮޔާދާ މަންޒަރު ދައްކުވައިދޭ މި ވީޑިއޯއަށް އެތައް ބަޔަކު ވަނީ ތަފާތު ކޮމެންޓް ކޮށްފައެވެ.

އެގޮތުން ކޮމެންޓް ކޮށްފައިވާ ފަރާތްތަކުން ބުނެފައިވަނީ އެއީ ''ފްލޯޓިން ބިރިޔާނި'' ކަމަށެވެ. އެއީ ''ހޯމް ޑެލިވަރީ'' ގެ އައު ވައްތަރެއް ކަމަށެވެ. އެއީ ''ސެލްފް ޑެލިވަރީ'' ކަމަށެވެ. ޑެލިވަރީއަށް ދަނީ ކަމަށާއި އެކަނި ދާތީ ލަސްވާނެ ކަމަށެވެ.

މީގެއިތުރުން މި ވީޑިއޯ ވެގެން ދިޔައީ ކެއުމަށް ލޯބިކުރާ ފަރާތްތައް ވަރަށް ހިތްދަތިވި ވީޑިއޯއަކަށެވެ. އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ.

މީގެއިތުރުން މި ވިއްސާރައިގެ ސަބަބުން އިންޑިއާގެ ޖޯދުޕޫރުގައި ކާރެއް އޮޔާދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް މިދިޔަ މަހުގެ 25 ވަނަ ދުވަހު މީޑިއާގައި ހިއްސާ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތިޔަތާކު ވީޑިއޯއެއް ނެތް. ފޮޓޮއެއް އޮތީ. ދެން އެވީ އަނެއްކާ އެ ވީޑިއޯ ފެނޭތޯ އިންޓަނެޓް ހާވާ އަތްފުނާ އަޅަންތަ. މި އޮތީ ވާ ޒަމާނެއް.

  2. ކީކޭބުނާނީ

    ސުވާލަކީ އޭގައިހުރީ ބިރިޔާނިކަން އެގެނީކިހިނެއްހެއްޔެވެ
    އެއީ ބިރިޔާނިކަމަށް ވާނަމަ އެދަނީ އެރިޒްގުގެ ވެރިފަރާތުގެ ކައިރިއަށް