ރަނގަޅު ނަތީޖާއަކާއިއެކު ފާސްވިކަން އެނގުމާއެކު "އުފަލުން" ދަރިވަރަކު މަރުވެއްޖެ އެވެ.

އެކަން ހިނގާފައި ވަނީ މިސްރުގަ އެވެ.

މިސްރުުގެ ސައުތު ވެލީ ޔުނިވާސިޓީގައި ޖިއޮލޮޖީން ކިޔަވަމުން ދިޔަ ދަރިވަރެއް ކަމަށްވާ ހުސެއިން ސައީދު އަބްދުލް ދިޔައީ އޭނާގެ ޔުނިވާސިޓީގެ އެންމެ ފަހު އަހަރުގެ އެންމެ ފަހުން ހެދި އިމްތިހާނުގެ ނަތީޖާއަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުން ނެވެ.

އޭނާގެ ނަތީޖާ ޝީޓު ހިމެނޭ ސިޓީ އުރަ ހުޅުވާލުމާއެކު އޭނާ ވަރަށް މަތީ މާކްސްއާއެކު ފާސްވިކަން އެނގުނެވެ.

އެެހެން ނަމަވެސް އެ ވަގުތު ކޮޅުގެ ތެރޭގައި އޭނާގެ މެއަށް ވެސް ތަދެއް އެރި އެެވެ.

ހޮސްޕީޓަލަށް ގެންދިއުމުން އޭނާއަށް ހާޓް އެޓޭކެއް ޖެހުނީކަން ވަނީ އެނގިފަ އެވެ. ހުސެއިން ވަނީ ހަމަ އެ ދުވަހު މަރުވެފަ އެވެ.

ޔުނިވާސިޓީން ހުސެއިންގެ އާއިލާއަށް ތައުޒިޔާ ކިޔައިފަ އެެވެ.

އެ މައްސަލަ މިސްރުގެ ޕަބްލިލް ޕްރޮސިއުޓާ އޮފީހުން ވެސް މިހާރު ދަނީ ބަލަމުން ނެވެ. ނަމަވެސް އަދި މިހާތަނަށް ބެލި ބެލުމުން ހުސެއިނަށް ހާޓް އެޓޭކެއް ޖެހެން މެދުވެރިވުމުގައި އެހެން ސަބަބެއް އޮތް ކަމަކަށް ބާރު ލިބޭ ހެއްކެއް ލިބިފައެއް ނުވެއެވެ.

ހާޓް އެޓޭކެއް ޖެހިގެން ހުސެއިން މަރުވި އިރު ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުއްލިއަކަށް މީހުން މަރުވާލެއް ދަނީ އިތުުރުވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުވާލެއް

    ކުއްލި އަކަަށް ގިނަ ބަޔަކަށް ހާޓް އެޓޭކްގައި މަރުވުމާއި ކޮވިޑް ވެކްސިނާ ގުޅުމެއް ވެތޯ؟

    14
    2