އިންޑިއާގެ ބެންގަލް އަވަށުގެ އުމުރުން 60 އަހަރުގެ އަންހެނެއްގެ ރަހިމުން 35 ކިލޯގެ ޓިއުމަރެއް ނަގައިފިއެވެ.

އިއްޔެ ވަގުތެއްގައި ކަލްޔަނީ ކޮލެޖްގެ އޮފް މެޑިސިންގައި މަސައްކަތް ކުރާ ޑޮކްޓަރުންތަކެއް އުމުރުން ދުވަސްވީ އެ އަންހެން މީހާގެ ހަށިގަނޑުން އެ ޓިއުމަރު ނެގިއިރު، އޭނާގެ ހާލު ރަނގަޅުކަމަށް ނޫސްތައް ބުނެއެވެ.

35.45 ކިލޯ ހުރި އެ ޓިއުމަރު ސައިޒުން ބޮޑުކަމުން އޮޕަރޭޝަން ކުރުމަށް ދަތިވި ނަމަވެސް އެ އަންހެން މީހާގެ ހަށިގަނޑުން އެ ޓިމަރުގެ އަސަރު ފޮހެވިފައިވާ ކަމަށް ޑޮކްޓަރުން ހާމަކުރެއެވެ. އެ އޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓަރަކު ބުނީ، މީގެ ކުރިންކޮށްފައި ހުރި މިފަދަ އޮޕަރޭޝަންތަކުގައި މިހާ ބޮޑު ޓިއުމަރުތައް އެހާ ކާމިޔާބުކަމާއެކެ މީގެ ކުރިން އެ ގައުމުގައި ކުރެވިފައި ނުވާ ކަމަށެވެ.

އެ ޓީމުން ބުނިގޮތުގައި، ޑޮކްޓަރަށް ދައްކަން އައި އެ މީހާގެ ހަށިގަނޑުގައި ބޮޑު ޓިއުމަރެއް އުފެދިފައި ހުރިކަން އެނގުނީ އަލްޓްރާ ސައުންޑް ސްކޭނުންނެވެ.

އާއްމުކޮށް ހަށިގަނޑުގައި ބޮޑު ޓިއުމަރެއް ނޭނގި ނަމަވެސް އުފެދިފައި ހުންނައިރު، ހަށިގަނޑުގެ ބަރުދަން ވަރަށް ބަރުވެއެވެ. އެހެންވެ ބައެއް މީހުން ޑޮކްޓަރަށް ދައްކައެވެ. ބައެއް ފަހަރު މިގޮތަށް ދައްކާ މީހުން ބޮޑަށް ބަރުވެފައި ހުންނަނީ ހަށިގަނޑުގައި ޓިއުމަރެއް ކަހަލަ އެއްޗެއް އުފެދިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު