ރާއްޖެއަށް އައި ފަތުރުވެރިޔަކު ދަތުރުކުރީ ސީޕްލޭނެއް ވެއްޓުނު ހާދިސާކަމަށް ބުނެ މީހަކު ޓިކްޓޮކްގައި އާއްމުކުރި ވީޑިއޯގައި ހަގީގަތެއް ނެތްކަން ހާމަވެއްޖެއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި އިނގިރޭސިވިލާތުގެ އަންހެނަކު ޓިކްޓޮކްގައި އާއްމު ކުރި ވީޑިއޯ އިން ފެންނަނީ ސީޕްލޭންގައި ދަތުރުކޮށްފައި ގޮސް ސީޕްލޭން މޫދަށް ޖެއްސި ވަގުތު ލައިފްޖެކެޓްގައި މީހަކު ސީޕްލޭންގެ ކައިރީގައި އޮއްވައެވެ.

އަންހެން މީހާ ލިޔެފައިވާ ގޮތުގައި އެއީ އޭނާ ދަތުރުކުރި ސީޕްލޭން "ކްރޭޝްވި ވަގުތު" ނަގާފައިވާ ވީޑިއޯއެކެވެ.

ނަމަވެސް ރާއްޖޭގެ އޭވިއޭޝަން ޚަބަރުތައް ގެނެސްދޭ "އޭވިއޭޓާސް މޯލްޑިވްސް" އިން ޓީއެމްއޭ އާއި ހަވާލާދީ ބުނެފައި ވަނީ ވީޑިއޯ އިން ފެންނަނީ ސީޕްލޭނާއި ލޯންޗެއް ކައިރި ކުރުމަށްޓަކައި ލޯންޗްގެ ވާ ސީޕްލޭންގައި ހުރި ކްރޫ އާއި ހަވާލު ކުރަން ލޯންޗްގެ ފަޅުވެރިޔަކު އަމިއްލައަށް މޫދަށް ފުންމާލައިގެން އުޅޭ މަންޒަރު ކަމަށެވެ.

ހަގީގަތަކީ އެއީ ކަމަށް ވީނަމަވެސް ޓިކްޓޮކްގައި ވީޑިއޯ އާއްމު ކުރި އަންހެން މީހާ ބުނި ގޮތުގައި ސީޕްލޭން ކުރޭޝް ވުމުން ސީޕްލޭންގައި ތިބި ހުރިހާ އެންމެން ވެސް ލައިފް ޖެކެޓް އަޅައިގެން މޫދަށް ފުންމާލިއެވެ.

އިނގިރޭސިވިލާތުގެ އަންހެން މީހާ އާއްމުކުރި ވީޑިއޯ ބެލި މީހުންގެ އަދަދު މިހާރު އެތައް މިލިއަނަކަށް އަރައެވެ. ބައެއް ބޭރުގެ ބައެއް ނޫސްތަކުން ވެސް ވަނީ އޭނާގެ ބަހަށް ބަރޯސާވެ ޚަބަރުތައް ވެސް ގެނެސްދީފައެވެ.

 

View this post on Instagram

 

A post shared by AviatorsMaldives (@aviatorsmaldives)

އިނގިރޭސިވިލާތުގެ އަންހެން މީހާ ފެތުރި ހަގީގަތެއް ނެތް ޚަބަރާއި ގުޅޭ ގޮތުން ޓީއެމްއޭ އިން ރަސްމީކޮށް އިތުރު އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހަންމަދު

    ތިބައިމީހުންނަށް ދޮގުހެދުމަކީ މާބޮޑުކަމަކަށްނުވޭ! އެކަންފެނޭނު އިގިރޭސިވިލާތުން ތަރުބިއްޔަތުވާ ދިވެހިންގެ ކިބައިންވެސް!

    26
  2. Mohamed

    ތިކަންތަށް ބަލަންޖެހޭނެ. ތި ރާއްޖޭގެ އަގުވައްޓާލަން ކުރި ކަމެއް.

    30
  3. ކަހުރަބު

    ތިޔަ އިނގިރޭސީން ތީ ދޮގުހެދުމުން 1 ވަނަ

    2
    1
  4. ހަސަނާ

    އަހަންމަދާ. އިނގިރޭސި ވިލާތުން ތަރުބިއްޔަތުވާ ދިވެހީން ދޮގު ހަދަނީއޭ. ސައުދީ އަރަބިއްޔާ އާއި މިސްރު އަދި ޕާކިސްތާން އިން ދީނީ ތަރުބިއްޔަތުވާ މީހުން ދޮގުގެދުމާއި އޮޅުވާލުމާއި އަމިއްލަ އެދުމުން ފޯވެފައިވާވަރު މާބޮޑުވާނެ.

    1
    4
  5. ޙައްގުބަސް

    ޓީއެމްއޭއަށް މިކަމުގެ ސަބަބުން ލިބޭނެ ގެއްލުން!! ރާއްޖޭގެ ފަތުވެރިކަމުގެ ދާއިރާއަށް ލިބޭނެ ގެއްލުން!! މި މީހާއާއި ދެކޮޅަށް ހަރުކަށިކޮށް ބަޔާން ނެރެ މީނާއާއިމެދު ދަޢުވާކުރަން ފެނޭ ޓީއެމްއޭއިންވެސް އަދި މަޓީންވެސް!!