ސަޕޯޓަރަކާއި އެކުގައި ފޮޓޯ ނަގަން ދެކޮޅު ހެދުމުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާން އަށް މީހުންގެ ފާޑުކިއުން އަމާޒު ވެއްޖެ އެވެ.

އިންޑިއާގެ ނޫހެއްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއަދު ސައިފް އާއި އޭނާގެ އަންހެނުން ކަރީނާ ރެސްޓޯރެންޓަކުން ނިކުންނަނިކޮށް ސަޕޯޓަރަކު ފޮޓޯއެއް ނެގުމަށް އިންތިޒާރު ކޮށްގެން ހުރި ކަމަށެވެ.

އެ ސަޕޯޓަރު ފޮޓޯ ނެގުމަށް ސައިފް ކައިރީގައި އެހުމުން ފޮޓޯ ނެގުން މަނާކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

އާންމުކޮށް ސައިފް އަކީ ސަޕޯޓަރުންނާއި ރަހުމަތްތެރި ފޮޓޯ ނަގަން ވެސް އެއްބަސްވާ ތަރިއެކެވެ. ނަމަވެސް މި ފަހަރު އޭނާ ފޮޓޯ ނަގަން އިންކާރު ކުރުމުން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުން ނެވެ.

ބައެއް މީހުން ވަނީ ސައިފްއަށް ބަދު ދުވާވެސް ކޮށްފަ އެވެ. އެ މީހުން ބުނާ ގޮތުގައި މަޝްހޫރު ވިއަސް އެހާ ފޮނިވުމަކީ ރަނގަޅު ކަމެއް ނޫނެވެ.

އަދި ސައިފް އެ ސަޕޯޓަރާއި މެދުގައި ކަންކުރީ އިންސާފުވެރިކޮށް ނޫން ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުން ނެވެ.

ފޮޓޯ ނަގަން ސަޕޯޓަރަށް ފުރުސަތު ނުދިން ސަބަބާއި ގުޅޭ ގޮތުން ސައިފް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.