އިންޑިއާގެ ޓީވީ އެކްޓްރެސް ޑެބީނާ ބޮނަރްޖީއަށް ލިބުނު ފުރަތަމަ ދަރިފުޅަށް ހަތަރު މަސްވީއިރު، އަނެއްކާ ވެސް ބަލިވެ ހުރިކަން ހާމަކޮށްފިއެވެ.

ޑެބީނާގެ ފުރަތަމަ ދަރިފުޅު އޭނާ ވިހާފައިވަނީ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އޭގެ ފަހުން ޑެބީނާއާއި އޭނާގެ ފިރިމީހާ އެކްޓަރު ގުރްމީތު ޗައުދަރީ އަންނަނީ ދަރިފުޅާއި އެކީ ފޮޓޯތައް މީސްމީޑިއާގައި ހިއްސާ ކުރަމުންނެވެ.

ޑެބީނާގެ އަންހެން ދަރިފުޅަށް ހަތަރު މަސްވެފައިވަނިކޮށް އޭނާ ހުރީ ބަލިކޮށްކަން އިއުލާނު ކުރަމުން ޑެބީނާ ބުނީ، ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އެނގުމުން ވަރަށް އުފާވި ކަމަށެވެ.

ޑެބީނާ ބަލިވެ އުޅޭކަން ހާމަކުރަމުން ގުރްމީތު ބުނެފައިވަނީ ޑެބީނާ ބަލިވެ އިނީ ދެމީހުން ވެސް ބޭނުން ވެގެން ކަމަށެވެ. އަދި ދެވަނަ ދަރިފުޅަށް ހަތަރު މަސްވީއިރު، ޑެބީނާ ބަލިވެ އުޅުމަކީ އެއީ މައްސަލައެއް ނޫން ކަމަށް ވެސް ގުރްމީތު ބުންޏެވެ.

ގުރްމީތު ބުނީ، ޑެބީނާ ބަލިވެއިންކަން އެނގުމުން ދެމީހުންގެ އާއިލާއިން ވެސް ވަރަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށާއި ހިތްވަރު ވެސް ދިން ކަމަށެވެ.

ޑެބީނާގެ ފުރަތަމަ ދަރިފުޅަށް ހަތަރު މަސްވީއިރު، އަނެއްކާ ވެސް އޭނާ ބަލިވެ އިންކަން އިއުލާނު ކުރުމާއި ގުޅިގެން މީސްމީޑިއާގަިއ ގިނަ ބަޔަކު ވަނީ އެދެމަފިރިންނަށް ވަރަށް ބޮޑު ޖޯކު ޖަހާފައެވެ.

ޑެބީނާއާއި ގުރްމީތަށް ފުރަތަމަ ދަރިފުޅު ލިބިފައިވަނީ ދެމަފިރިން ކައިވެނި ކޮށްގެން އުޅޭތާ 11 އަހަރަށްވުރެ ގިނަ އަހަރު ފަހުންކަން ފާހަގަ ކޮށްލެވެއެވެ. އަދި އެކަން ދެމަފިރިން ވެސް ވަނީ ހާމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހށނ

    ބަލިވެ އިންނާނީ ހުންނާނީ އެއް ނޫން

    8
    1
  2. ކަލޯ

    ރަނގަޅު ގޮތަކީ މިހާރު އިނީ ބަލިވެ.

  3. ރީމް

    ދެން އެއީ މައްސަލައެއްތަ ސާބަސް

    5
    2
  4. އުފާ

    މަށަށް ވެސް ވީ އެހެން. 7 އަހަރު ޓްރައި ކުރި ފަހުން ފުރަތަމަ ދަރި. 7 މަހުގަ އަނެއްކާ ބަލިވެއިނީ. އުނދަގޫ ނަމަވެސް ނަސީބޭ ހިތައް އެރާ.

    11
  5. ހަބަރުބޭ

    އިނދެގެންއުޅޭތާ 11 އަހަރުފަހުން ދަރިން ލިބެންފެށީ؟ ދެން ހަމަ ބޯވެސް ނަގަންވާނީ 11 ހަމަކޮށްފަ! ވިހައި 40 ވާއިރު އަލުން ބަލިވެ އިނީމާ އެހެންވެދާނެ!