އޮސްޓްރޭލިއާގެ އަންހެނަކު އޭނާގެ 100 ވަނަ އުފަންދުވަހު ފުލުހުން ހައްޔަރުކުރީ އާދަޔާ ހިލާފު ސަބަބަކާއޮ ހެދިއެވެ. އެއީ ހައްޔަރު ކުރުމަކީ އޭނާގެ ބާކެޓް ލިސްޓުގައި އޮތް ކަކަށް ވާރީއެވެ.

ބަކެޓް ލިސްޓްގައި ވާ ކަންކަން ކުރަން ވަކި އުމުރެއް ނެތްއިރު، ޖީން ބައިކެންޓަން މި ވަނީ އެކަން ސާބިތުކޮށްދީފައެވެ.

އޭނާ މި ވަނީ ޕާޓީއަކާއެކު އުފަންދުވަސް އޭނާ އެންމެ ބޭނުންވާ ގޮތަށް ފާހަގަކޮށްފައެވެ. އެގޮތުން ފުލުހުން އޭނާގެ އުފަން ދުވަހުގެ ޕާޓީއަށް އައިސް، އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އެއީ އޭނާ ބޭނުންވި ގޮތްވެސް މެއެވެ.

އެކަން ވިކްޓޯރިއާ ފުލުހުން ވަނީ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްފައެވެ. އެގޮތުން އޭނާގެ ބަކެޓް ލިސްޓްގައިވާ އެ ކަންތައް ފުރިހަމަ ކޮށްދިނުމަށް ފުލުހުން އެހީތެރިވީ ކަމަށް ބުނެފައި ވެއެވެ.

"މިހާރު މިކަހަލަ ގޮތަކަށް މީހުން ހައްޔަރު ކުރުމަކީ އަހަރެމެން އުފާވާ ކަމެއް. ގިނަ ބަޔަކަށް ހައްޔަރު ނުކޮށް ދިރިއުޅުން ކުރިއަށް ގެންދިއުމަކީ ކިތަންމެހާވެސް ރަނގަޅު ކަމެއް".

އެކަމަކު ކުރީގެ ނަރުސް ޖީން ބިކެޓަން ބޭނުންވީ އޭނާގެ 100 ވަނަ އުފަން ދުވަހު އޭނާ ފުލުހުންގެ ހައްޔަރަށް ގެންދާށެވެ. އެހެންވެ އެކަން ފުލުހުން ކޮށްދިނީއެވެ.

"އެހެންކަމުން ޖީންގެ އެދުންތައް އަޑުއިވުމުން އެމްއޯއީ ސްޓޭޝަންގައި ހުރި އަހަރެމެންގެ ޓީމު ތިބީ ފިޔަވަޅު އަޅައި އޭނައަށް އެހީތެރިވެދިނީ" ފުލުހުން ފޭސްބުކްގައި ބުންޏެވެ.

ފުލުހުން އޭނާގެ އުފަން ދުވަހުގެ ހަފްލާއަށް ގޮސްފައި ވަނީ ކާރުގައި ސައިރެންވެސް އަޅުވަމުންނެވެ. އެއީ ޖީން ބޭނުންވާ ގޮތްވެސް މެއެވެ. ފުލުހުން ގޮސް އޭނާ ހައްޔަރުކޮށް ބިޑިވެސް އެޅުވިއެވެ.

ފުލުހުން ވަނީ އޭގެ ފޮޓޯވެސް ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ތިއީ ޅަ ފިރިހެން ކުދިންނާ އެކު ގައިގޯޅިވެ އުޅެން ބޭނުންވާ ހިތްކާފަރު އަންހެނެއް. ބަލައިބަލަ! ފުލުހެއްގެ ގައިގައި އަތްލައި ފިރުމާ ގޮތް.

    4
    2
  2. އަހަންމަދު

    ވާރީއެވެ!ބާކެޓްލިސްޓް!ބަކެޓްލިސްޓް!ބައިކެންޓަން!ބިކެންޓަން!ނާގާބިލު!އިންތިހާ!

  3. ހިޔާލި

    ކާޓޫނެއްނު މީ، ފުލުހުންވެސް އަންހެނާވެސް

    1
    2
  4. ބޭބެ

    އަސްލެއް ނޫން ދޯ. ކުޅުނު ޑްރާމާއެއް.

  5. ރަން ރީނދޫ

    ތިޔައީ އޮސްޓަރުލިޔާ މީހުންނެއް ނޫން. ތިއީ އެތަނަށް ހިޖުރަ ކުރި ޔޫރަޕްގެ ވަގުން. އަސްލު ވަޒަންވެރިންނަކީ ދިވެހިން ގޮތަށް ތިބޭބައެއް. އޮސްޓަރުލިޔާ ދިވެހިންނަށް މާ ޙައްޤު.