އެމެރިކާގެ މަލްޓިނޭޝަނަލް ޓެކްނޮލޮޖީ ކޯޕަރޭޝަން، މައިކްރޮސޮފްޓުން މިހާރު އިތުރު 21 ގައުމެއްގައި ވިންޑޯޒް 11 ބޭނުންކުރާ ފަރާތްތަކަށް އެންޑްރޮއިޑް އެޕް ސަޕޯޓް ދޭން ފަށާފައިވާކަން އެކޯޕަރޭޝަނުން ކަށަވަރުކޮށްދީފިއެވެ.

ޖީއެސްއެމް އެރީނާ އިން ބުނާ ގޮތުގައި ޑަބްލިއުއެސްއޭ، އެންޑްރޮއިޑްގެ ވިންޑޯޒް ސަބްސިސްޓަމް، އެންޑްރޮއިޑް އެޕް ސަޕޯޓް ބޭނުން ކުރެވޭ ގޮތަށް، ހުރިހާ ވިންޑޯޒް 11 ބޭނުންކުރާ ފަރާތްތަކަށް ޑައުންލޯޑް ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

މި އަޕްޑޭޓާއެކު، އިތުރު ފަރާތްތަކަށް މައިކްރޮސޮފްޓް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެންޑްރޮއިޑް އެޕްތަކުގެ ލިމިޓެޑް ސިލެކްޝަނެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތް ވެގެންދާނެއެވެ.

މައިކްރޮސޮފްޓުން ބުނާ ގޮތުގައި މި އެޕްލިކޭޝަނުގައި މަދުވެގެން އަށް ގިގަބައިޓްގެ ރެމް (16ޖީބީ ރިކޮމެންޑެޑް)، އެސްއެސްޑީ (ސޮލިޑް-ސްޓޭޓް ޑްރައިވް)، އިންޓެލް ކޯރ i3 8 ވަނަ ޖެން ނުވަތަ އެއަށް ވުރެ މަތީގެ ޖެން ހިމެނޭއިރު ވާޗުއަލް މެޝިން ޕްލެޓްފޯމް ސެޓިންވެސް މީގައި ހުންނާނެއެވެ.

އެންޑްރޮއިޑް އެޕް ސަޕޯޓް ވިންޑޯސްގައި ބޭނުން ކުރަން ބޭނުންވާ ފަރާތްތަކަށް، މައިކްރޮސޮފްޓް ސްޓޯރަށް ގޮސް، "އެމޭޒަން އެޕްސްޓޯރ" ޑައުންލޯޑްކޮށް، "އެންޑްރޮއިޑް އަށް ވިންޑޯޒްސަބްސިސްޓަމް" އިންސްޓޯލް ކޮށް، އެންގެވުމުން، އެންޑްރޮއިޑް އަށް "ވިންޑޯޒް ސަބްސިސްޓަމް" އިންސްޓޯލް ކުރެވޭނެއެވެ.

އިންސްޓޯލްކޮށް ނިމުމުން އެމޭޒަން އެޕްސްޓޯރ ހުޅުވާ، އެޕް ބްރައުޒް ކުރުމަށް އެމޭޒަން އެކައުންޓަކުން ލޮގިން ވާންޖެހެއެވެ. އެމޭޒަން އެޕްސްޓޯއިން މިހާރު މާގިނަ އެޕްތަކެއް ލިބެން ނެތް ނަމަވެސް ސައިޑްލޯޑް އެޕްތައް ކުރެވޭނެ ގޮތްތައް އެބަހުއްޓެވެ.

ޖީއެސްއެމް އެރީނާގައިވާ ގޮތުން ޑަބްލިއުއެސްއޭ ފޯ ވިންޑޯޒް 11 މިހާރު ދަނީ އެންޑޯރާ، އޮސްޓްރިއާ، ބެލްޖިއަމް، ފްރާންސް، ޖަރުމަނު، ޖިބްރޯލްޓާ، ގުންސޭ، އަޔަލެންޑް، އައިލްސް އޮފް މޭން،އިޓަލީ، ޖަޕާން، ލިޗްޓެންސްޓައިން، ލަގްޒަމްބާގް، މޮނާކޯ، ސެން މެރީނޯ، ސްޕެއިން، ސްވިޒަލެންޑް، އެމެރިކާގައި ބޭނުން ކުރަމުންނެވެ.

ވިންޑޯޒް 11 ގައި އުފެއްދި އެންޑްރޮއިޑްގެ ސަބްސިސްޓަމަކީ އޭގެ އެންމެ ޝައުގުވެރި އެއް ސިފައެވެ. ކޮމްޕިއުޓަރުގެ ހާޑްވެއަރ ކޮންފިގުރޭޝަންއަށް ބަރޯސާވެ، މިކަމުގެ ސަބަބުން ވިންޑޯޒް 11 ބޭނުންކުރާ ފަރާތްތަކަށް އެންޑްރޮއިޑް އެޕްތައް އޮރިޖިނަލްކޮށް ނުވަތަ X86 އެމިއުލޭޝަން މެދުވެރިކޮށް ހިންގޭނެއެވެ.