ދަރިއަކު ހޯދުމަށް ކަަމަށް ބުނެ އިންޑިއާ އަންހެނަކަށް މިނިކަށީގެ ޕައުޑަރު ކާން ދީފިއެވެ. އެ އަންހެން މިހާ އަށް މިނި ކަށީގެ ޕައުޑަރު ކާން ދީފައި ވަނީ، އޭނާގެ ފިރިމީހާ އާއި އޭނާގެ އާއިލާގެ މީހުންވެގެންނެވެ. އެއީ ސިހުރު ހަދާ މީހަކު ބުނެގެން ހެދި، ސިހުރެއް ކަމަށް ބުނެއެވެ.

މި މައްސަލަ އެންމެ ފަހުން ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. މިދިޔަ ބުދަ ދުވަހު އެ އަންހެން މީހާ އެ މައްސަލަ އޭނާގެ ފިރިމިހާ އާއި އޭނާގެ އާއިލާ މީހުންގެ އިތުރުން، ފަންޑިތާ ހަދާ މީހާއާ ދެކޯލަށް ހުށަހެޅިއިރު، އެކަން ވަނީ ތަހުގީގު ކުރަން ފަށައިފައެވެ.

ނިއުސް އެޖެންސީ އޭއެންއައި އިން ބުނި ގޮތުގައި އެ އަންހެން މީހާ ވަނީ ވަކި ވަކި މައްސަލަތަކެއްގެ ގޮތުގައި އެކަން ފުލުހުންނަށް ހުށަހަޅައިފައެވެ.

ފުރަތަމަ މައްސަލައިގައި އަންހެން މީހާ ތުހުމަތުކުރީ ކައިވެނީގެ ދުވަސްވަރު (2019 ވަނަ އަހަރު) އޭނާގެ ފިރިމީހާގެ އާއިލާއިން އެދުނު ނަގުދު ފައިސާ އާއި ރަނާއި ރިހި ގަހަނާގެ މައްސަލަ އެވެ.

އަދި ދެވަނަ މައްސަލައަކީ ސިހުރު ހާހޫރައިގެ މައްސަލައެވެ.

ފުލުހުން ބުނީ ދެވަނަ މައްސަލައިގައި ހަނދު ނެތް ރޭތަކުގައި އަންހެން މީހާ ކައިވެނިކޮށްގެން އުޅޭ ފިރިހެން މީހާގެ އާއިލާއިން، ގޭގައި ބަދުއަހުލާގީ އަމަލުތައް ހިންގުމަށް މަޖުބޫރުކޮށްފައިވާ ކަމަށާއި ޕައުޑަރުކޮށްފައިވާ މަރުވެފައިވާ އިންސާނެއްގެ ކަށިތައް ކެއުމަށް މަޖުބޫރު ކުރި ކަމަށެވެ.

އަދި ކޯރެއް ކައިރިއަށް ގެންގޮސް، ސިހުރު ހަދާ ހެދި ކަމަށްވެސް ބުނެފައި ވެއެވެ.

ފުލުހުން މިހާރު ދަނީ މިކަން ހިނގާދިޔަ ތަން ބަލަމުންނެވެ. އަދި މި މައްސަލައިގައި އިތުރު ތަފްސީލުތައް ހޯދާ، ހައްޔަރު ކުރަން ޖެހޭ މީހުން ހައްޔަރު ކުރާނެ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯދީ

    އިންޑިޔާމީހުން ކޮންމެ ކަމެއްވެސް ކޮށްފާނެ، ގެރިއެއްގެ ސޫޖީވެސް ބޯންދީފާނެ!

  2. ބުޅާ

    "ފަންޑިތާ ހަދާ މީހާއާ ދެކޯލަށް ހުށަހެޅިއިރު" އެއީ ކޮން "ދެކޯލެއް"ތަ؟؟؟

  3. ކަމަނަ

    ތިޔަށްވުރެ މާނުލަފާ ކަންތައްވެސް ކުރާ ބައެއް ތިޔަ އިންޑިއާ މީހުންނަކީ ދަތިމައިވުމުގެ ބޭނުމުގަ ސިހުރުވެރިން ބުނެގެން އެހެންމީހުންގެ ޅަދަރިން މަރާފަ އެބަހުރި ޤުރުބާން. ޚުރަނީއޭ ކިޔާފަ