އިންޑިއާގެ ސިނެމާގެ ސްކްރީންތަކުން ދުވަސްކޮޅެއްވަންދެން ގެއްލިފައިވާ މޫނެއް ކަމަށްވާ އީޝާ ޑިއޯލް އަނެއްކާވެސް ފިލްމެއްގެ މަސައްކަތް ފަށައިފިއެވެ.

އީޝާ ޑިއޯލް މިފަހަރު ހަރަކާތްތެރިވާން އުޅޭ ފިލްމުގައި އޭނާއާއި އެކީ ފެނިގެންދާނީ އަމިތް ސާދްއެވެ. އަމިތް ސާދް މި ފިލްމްއިން ފެނިގެންދާނީ އެންކައުންޓަރ ސްޕެޝަލިސްޓްއެއްގެ ރޯލްއަކުންނެވެ. މިއީ އީޝާއާއި އެކީ އެއް ފިލްމްއަކުން އޭނާ ފެނިގެންދާނެ ފުރަތަމަ ފަހަރަށްވާއިރު، އީޝާވެސް ވަނީ އޭނާގެ އެކްޓިންގ ހުނަރާއި ބެހޭގޮތުން ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

މި ދެ ތަރިން ފެނިގެންދާ ފިލްމަކީ ޕްރަދީޕް ރަންގްވާނީ ޕްރޮޑިއުސްކޮށްފައިވާ 'ޕްރޮޑަކްޝަން ނަންބަރު- 4' އެވެ. މި ފިލްމް ލިޔެ ޑައިރެކްޓްކޮށްފައިވަނީ ސަޗިން ސަރާފްއެވެ. ސަރާފް ވަނީ މީގެ ކުރިންވެސް ޑިއޯލް އާއިލާއާއި އެކީ މަސައްކަތްކޮށްފައެވެ.

އޭނާގެ ރޯލާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އީޝާ ބުނީ "ފިލްމުގައި އަހަރެންގެ ރޯލަކީ ދިރިއުޅުމުގައި އަންހެނުންގެ ކުރިއެރުމަށް ޚިދުމަތްކުރާ ރޯލެއް. އަންހެނަކަށް ތަސައްވަރު ނުކުރެވޭ ކަންކަން ހާސިލް ކުރެވޭނެ ކަމުގެ ވަރުގަދަ އަދި ސާދާ މެސެޖެއް ފޯރުކޮށްދޭ."

އަހަރުތަކަކަށްފަހު އީޝާ ވަނީ އަޖޭ ދޭވްގަންއާއި އެކީ "ރުދްރާ"ގައި މަސައްކަތްކުރުމަށްފަހު ސުނިލް ޝެޓީއާއި އެކީވެސް މަސައްކަތްކޮށްފައެވެ. ތަޖްރިބާކާރު އެކްޓަރުންނާއެކު މަސައްކަތް ކުރުމަށްފަހު، "ކައި ޕޯޗޭ"އިން ތަޢާރަފްވި އަމިތް އާއިއެކީ މަސައްކަތްކުރުމަކީ ތަފާތު ތަޖްރިބާއެއްގެ ގޮތުގައި އޭނާ ދެކެއެވެ.

އީޝާއަކީ މަޝްހޫރު ހެމާ މާލިިނީ އަދި ދަރްމެންދްރާ ޑިއޯލްގެ ދަރިފުޅެވެ. 2002 ވަނަ އަހަރު ނުކުތް ކޮއި މެރެ ދިލްސެ ޕޫޗޭ އިން އޭނާގެ ފުރަތަމަ ފެނިލުން ފެނިގެން ދިޔައެވެ. އޭގެން އޭނާ ދައްކުވައިދިން ރޯލުން ފިލްމް އެވޯޑަށްވެސް ދިޔައެވެ. އޭނާއަކީ އެހެން ބައެއް ފިލްމްތަކުންނާއި މަޝްހޫރު ބައެއް ތަރިން ކަމަށްވާ ސަލްމާން ޚާން، އަކްޝޭ، އަޖޭ ފަދަ ތަރިންނާއެކު ފިލްމް ކުޅެން ފުރުސަތު ލިބުނު މީހެކެވެ. އަދި ބައެއް އެހެން ފިލްމްތައް ކުޅުމާއި، މަޝްހޫރު ސީރީޒްތަކުން އޭނާ ފެނިގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު