އުމުރުން ދުވަސްވީ އަންހެނަކަށް، ޒުވާނަކު ސްމާޓް ޓީވީ އެއް ބޭނުންކުރަން ދަސްކޮށްދޭ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެއްޖެ އެވެ.

އެންމެ ފުރަތަމަ ޓިކްޓޮކްގައި ޕޯސްޓްކޮށް، ބުރާސްފަތި ދުވަހު ޓްވިޓާގައި ހިއްސާ ކުރިއިރު، މި ވީޑިއޯގައި ފެންނަނީ ސްމާޓް ޓީވީއެއްގައި ހުންނަ ތަފާތު ސްޓްރީމިން އެޕްލިކޭޝަންތަކާއި ގުޅޭ ގޮތުން ޒުވާން ފިރިހެނަކު އުމުރުން ދުވަސްވީ އެ އަންހެނަކަށް ކިޔައިދޭ މަންޒަރެވެ.

އެގޮތުން ސްމާޓް ޓީވީއަކުން ތަފާތު އޯޓީޓީ (އޯވާ ދަ ޓޮޕް) ޕްލެޓްފޯމްތައް ހޯދާނެ ގޮތް އެ މީހާ އެ އުމުރުން ދުވަސްވީ މީހާއަށް ކިޔައިދެ އެވެ. އޭނާ ބުނި ގޮތުގައި ޓީވީގެ ސްކްރީނުން ފެންނަ ހުރިހާ ސްކޮއާއެއްގައި ވެސް އަމިއްލަ އެޕްލިކޭޝަންތަކެއް ހުރެ އެވެ. އެގޮތުން އެމެޒޯން ޕްރައިމް އިން ފެށިގެން ނެޓްފްލިކްސް އާ ހަމައަށް އެ މީހާ ކިޔައިދިން ގޮތުގައި އެ އެޕްލިކޭޝަންތަކަކީ އެކަކު އަނެކަކާ އެއްވެސް ގުޅުމެއް ނެތް އެއްޗެއްސެވެ.

"ޕްރައިމް ވީޑިއޯ އެބަހުރި، ނެޓްފްލިކްސް ވެސް އެބަހުރި،" އެ މީހާ އޭނާއަށް ކިޔާދެވެ.

އޭގެ ފަހުން ސްކްރީނުން ނެޓްފްލިކްސް ހޯދަން އިރުޝާދު ދިނުމުން އުމުރުން ދުވަސްވީ އެ މީހާ ސްޓްރީމިންގ އެޕްލިކޭޝަން ހޯދަން ދަސްކޮށްދީ ހުޅުވަން ދަސްކޮށްދެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޝެއާކުރި މި ޕޯސްޓަށް މިހާރު ވެސް ފަސް މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު 288،000 އަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފަ އެވެ.