އެންބިއުލޭންސްއަކީ ހާލު ދެރަ ބަލި މީހުން ހޮސްޕިޓަލަށް އުފުލުމަށްޓަކައި އޮންނަ ޚާއްސަ އުޅަދެކެވެ. ނަމަވެސް މިފަހަރު އެންބިއުލޭންސް މިނެގީ ވަގަށެވެ. އެއްވެސް ކަހަލަ ނުރައްކަލުގެ ހާލަތެއް ދިމާ ވެގެންނެއް ނޫނެވެ.

އެމެރިކާގެ ނިއު ކޮންބްގައި ހުންނަ ރޮކް ކާސަލް ހޮސްޕިޓަލްއިން އެންބިއުލޭންސް ވަގަށް ނެގުމަށްފަހު ކަމޭލް ކޭޝް ނަމަކަށް ކިޔާ 51 އަހަރުގެ މީހެއް ބުނެފައިވަނީ އޭނާ އެންބިއުލޭންސް ވަގަށް ނަގާފައިވަނީ އޭނާ ބަލާ އަންނާނެ ކަމަށް ބުނެ އާއިލާ މީހުން ގިނަ އިރު ވުމުން ކަމަށެވެ.

"ބުނި އަންނާނަމޭ ބަލާ، ވަރަށް ގިނަ އިރު މަޑު ކުރިން، އެކަމަކު ބަލައެއް ނައި." 51 އަހަރުގެ މި އަންހެން މީހާ ބުންޏެވެ.

މިމީހާ އެންބިއުލޭންސް ވަގަށް ނަގައިގެން 3 ކިލޯމީޓަރަށް ދުއްވި ތަނާ ވަނީ އެކްސިޑެންޓްއެއް ވެފައެވެ. ބާރު ސްޕީޑެެއްގައި އެންބިއުލޭންސް ދުއްވާފައި ގޮސް ކޮންޓްރޯލް ނުވެގެން ގޮސް އެންބިއުލޭންސް ގަހަކަށް އަރާފައެވެ.

100،000 ޑޮލަރުގެ މި އެންބިއުލޭންސްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މި ދުއްވަން އިން މީހާއަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. މިމީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު، މިމީހާގެ މައްޗަށްވަނީ ވައްކަމާއި ސަރުކާރުގެ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދަޢުވާ ކޮށްފައެވެ/

ކިޔުންތެރިންގެ ހިޔާލު