ލޯތްބަކީ ތަފާތު އެއްޗެކެވެ. ކޮންމެ އެއްޗެއް ދެކެ ނުވަތަ ކޮންމެ މީހަކު ދެކެވެސް ލޯބިވެވިދާނެއެވެ. އެގޮތުން ބައެއް މީހުން ޖަނަވާރުން ދެކެ ލޯބިވެގެން އެތަކެއްޗާއެކު އުޅެމުން ގެންދާއިރު އަނެއްބައި މީހުން ގަސް ދެކެ ވެސް ލޯބިވެއެވެ. މިފަހަރު ލޯބިވެވުނީ ފުއްޕާހަން ދެކެއެވެ.

އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އާކާޝް މަޖުމްދާރު، ބުނާ ގޮތުން އޭނައަށް ލޯބިވެވުނީ ފުއްޕާހަން ދެކެއެވެ. އަދި ޖިންސީގޮތުން ޝައުޤުވެރިކަން އުފެދުނީވެސް ފުއްޕާހަމަށެވެ.

އިންޑިޔާގެ ނޫޫހަކަށް ދިން އިންޓަވިއުއެއްގައި އާކާޝް ބުނެފައިވަނީ އޭނަ އާއި ފުއްޕާހަމުގެ ގުޅުން ފެށިގެން ދިޔައީ ރަހުމަތްތެރިކަމުގެ ގުޅުމަކުންނެވެ. މިގުޅުން މިހާރު ޯބީގެ ގުޅުމަކަށް ބަދަލުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އާކާޝް ބުނާގޮތުން އޭނަގެ ކައިރީގައި ފުއްޕާހަން ތިބުމަކީ އޭނައަށް ވަރަށް ހިތްހަމަޖެހުން ލިބޭ، އޭނާއަށް ވަރަށް ކަމުދާ ކަމެއްކަމަށާއި، ފުއްޕާހަންތަކާއި ގާތް ކަމެއް އިހުސާސްކުރެވޭ ކަމަށެވެ. އަދި ފުއްްޕާހަން ލޯބިވެރިން އޭނާއާ މުއާމަލާތް ކުރަނީ ޓެލެޕެތީ އާއި ހުވަފެންތަކުގެ ޒަރިއްޔާއިން ކަމަށާއި އޭގެ ކޮންމެ ވިސްނުމަކާއި އިހުސާސްތައް އޭނާއާ ހިއްސާކުރާ ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ފުއްޕާހަންތައް ނިދަނީ އޭނައާ އެކު އޭނަގެ އެނދުގައި ކަމަށާއި ފުއްޕާހަންތަކާއެކު ޖިންސީ އެދުން ފުއްދާ ކަމަށް އާކާޝް ބުނެއެވެ. އަދި ރޭގަނޑު ނިދުމުގެ ކުރިން "ގުޑްނައިޓް ކިސް" އަދި ހެނދުނު "ގުޑް މޯނިން ކިސް" ދީ އުޅޭ ކަމަށެވެ.

އޭނާ ދެކޭގޮތުގައި ލޯބީގެ ގުޅުމަކީ ވަރަށް މާތް ގުޅުމެކެވެ. އެކުގައި ގިނަ ވަގުތު ހޭދަކޮށް ހުރިހާ އުނިސިފަތަކެއް ގަބޫލުކުރުން އެއީ ލޯބި ކަމުގައި އާކާޝް ޤބޫލުކުރެއެވެ.

ސްޕްރިންގަރ ނޭޗަރ އިން 2019 ވަނަ އަހަރު ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އެއްޗެހިތަކަށް ޖިންސީ އެދުން ފާޅުކުރާ މީހުންނަކީ އޯޓިޒަމް ސްޕެކްޓްރަމްގައި އުޅޭ މީހުން ކަމަށާއި އެމީހުންނަށް މެދުވެރިވެފައިވަނީ ސިނެސްތެސިއާ ނަމަކަށް ކިޔާ ހާލަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު