ހިސާބަކީ ބައެއް މީހުން ކިޔަވަން ވަރަށް ފޫހިވާ މާއްދާއެކެވެ. ނަމަވެސް ބައެއް މީހުންނަށް އެންމެ ކަމުދާ މާއްދާއަކަށްވެސް ވަނީ ހިސާބެވެ. މިފަހަރު ދައްކަން މި އުޅެނީ އުމުރުން ވަރަށް ހަގު ކުދި ބަޔަކަށް ސުކޫލުގެ ޓެސްޓެއްގައި ދިން ހިސާބު ސުވާލެއްގެ ވާހަކައެވެ.

ގްރޭޑް ފަހެއްގެ ކުދިންނަށް ދިން އުނދަގޫ ހިސާބު ސުވާލެއް ހައްލު ކުރަން ވަރަށް ގިނަ ބޮޑެތި މީހުންނަށްވެސް ނޭނގުމުން، މި ކަންތައް މި ވަނީ އިންޓަނެޓްގައި ވައިރަލް ވެފައެވެ.

10 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށް ދިން މި ސުވާލުގައި ވަނީ، " ހޯމަ ދުވަހު ކްލެއިން ފޮތެއްގެ 30 ސޮފްހާ ކިޔެވެ. އަދި އަންގާރަ ދުވަހު އެ ފޮތުގެ 1/8 ބައި ކިޔެވެ. އަދި ފޮތުގައި ބާކީ އޮތް 1/4 ބައި ބުދަ ދަވަހު އޭނާ ފުރިހަމަ ކުރިއެވެ. އެ ފޮތުގައި ހިމެނެނީ ކިތައް ސޮފްހާ ހެއްޔެވެ؟" މިހެންނެވެ.

މި ސުވާލު ޕޯސްޓު ކުރި ފަރާތުން ބުނެފައިވަނީ މިއީ ގްރޭޑް ފަހެއްގައި ކިޔަވާ އޭނާގެ ކޮއްކޮގެ ޓެސްޓުގައި ހިިމެނޭ ސުވާލެއް ކަމަށެވެ.

މި ސުވާލުގެ ފޮޓޯއެއް ވަނީ ރެޑިޓް ގައި ވައިރަލް ވެގެން ގޮސްފައެވެ. މީސްމީޑިއާ ބޭނުން ކުރާ ގިނަ ފަރާތްތަކުން ވަނީ އެހާ ކުޑަކުދިންނަށް މިހާ އުނދަގޫ ސުވާލެއް ދިނުމުން ހައިރާންކަން ފާޅުކޮށްފައެވެ. މިހާ އުނދަގޫ ސުވާލު ހިމެނެންޏާ ޔަގީނުންވެސް ޓެސްޓުން ފެއިލްވާނެ ކަމަށްވެސް ގިނަ ބަޔަކު ބުނެފައި ވެއެވެ.

އެ ސުވާލު ހައްލު ނުކުރެވުނު ކަމަށްވެސް ވަރަށް ގިނަ މީހުން ބުނެފައިވާ އިރު، ބައެއް މީހުން ވަނީ ސުވާލު ހައްލު ކޮށްފައެވެ.

އެކަކު ބުނަފައިވަނީ "ގްރޭޑް ފަހެއްގެ ކުއްޖަކަށްވުރެ ވިސްނުން ރަނގަޅު ތޯ" ކިޔާ ގޭމް ޝޯ އެހާ ހިނގީ ކީއްވެކަން މިހާރު މިދަނީ ފެންނަމުން ކަމަށެވެ.

"އަހަރެން އަބަދުވެސް ހިތަށް އަރައެވެ. މީހުން މުޖުތަމައުގެ ތެރެއަށް ނުކުތުމުގެ ކުރިން އެމީހުންގެ އެންމެ ޒަރޫރީ ހުނަރުތައް ޓެސްޓުކުރަން ޖެހޭނެއެވެ. ދެން އަހަންނަށް ފެނުނީ މިއެވެ. އަދި އެއަށްފަހު އަހަރެންވެސް މުޖުތަމައު ތެރެއަށް ނުކުމެގެން ނުވާނެކަން އަހަންނަށް އެނގިއްޖެއެވެ." މީހަކު ލިޔެފައިވެއެވެ.

ބައެއް މީހުން ވަނީ ސުވާލު ހައްލު ކުރުމަށް ފަހު، ހައްލު ކުރި ގޮތް ވަރަށް ތަފްސީލު ކޮށް ކިޔައިވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ފޮތުގައި އިނީ 48 ޞަފްޙާ! އެއީ 1/8 އަދި 1/4 އަކީ 3/8 . ވީމާ 30 ޞަފްޙާއަކީ ފޮތުގެ 5/8. ނުކިޔާ އިނީ 3/8 . ވީމާ 5/8 ކީ 30 ޞަފްޙަކަމަށްކަމަށްވީއިރު 3/8 ކީ 18 ޞަފްޙާ! އެހެންވީމާ 30+18 އަކީ 48.

  2. ހުސޭނުބޭ

    ކަސްރު އެއްކޮށް ގެއްލާ ނަންބަރެއް. ޖަވާބަކީ 48 ޞަފްޙާ

  3. ސުކުން

    އެ ފޮތުގެ ޞަފްޙާގެ އަދަދަކީ 48 . ހޯމަ ދުވަހު ކީ 30 ޞަފްޙާއަކީ ފޮތުގެ އަށްބައިކުޅަ ފަސްބައި. އަންގާރަ ދުވަހު ކީ 6 ޞަފްޙާ. އެއީ ފޮތުގެ އަށްބައިކުޅަ އެއްބައި. ބުދަ ދުވަހު ކީ 12 ޞަފްޙާ. އެއީ ފޮތުގެ ހަތަރުބައިކުޅަ އެއްބައި. ހަތަރުބައިކުޅަ އެއްބަޔަކީ އަށްބައިކުޅަ ދެބައި.

  4. އަބްދޫ

    ހޯމަ 30 އަންގާރަ 6 ބުދަ 12 ޖުމލަ 48 ފްރެކްސަނަކީ 30 ގެއްލަން ބްރެކެޓް 1 މަިއިނަސް 8ބައިކުޅައެކެއް ޕްލަސް ހަތަރުބައިކުޅައެއްބައި ބްރެކެތް ބަންދު ދެން ސާފުކުރުމުން = 30 ގެއްލަން އަށބައިކުޅަ ފަހެއް ދެން 30 ގެއްލަންފަހެއް ގުނަކުރަން 8 ޖަވާބު 48 ސަފްހާ