ކިނބުލުގެ ފަރާތުން ހަމަލާ ލިބިގެން އެތައް ހާދިސާއެއް ހިނގާ ރިޕޯޓްކޮށްފައި ވެއެވެ. މިއީވެސް އެފަދަ ހާދިސާއެކެވެ. ފްލޮރިޑާއަށް ނިސްބަތްވާ ފިރިހެނަކު ގޭގެ ދޮރު ހުޅުވީ މީހަކު ދޮރުގައި ޓަކި ޖަހާ ހެން ހީވެގެންނެވެ.

ރޭގަޑެއްގެ ވަގުތެއްގައި އޭނާ ގޭގެ ބޭރު ދޮރު ހުޅުވުމާއެކު ބޭނުންވީ ބޭރުގެ ލައިޓް ޖެއްސުމަށެވެ. އެކަމަކު އޭނާއަށް ކުރިމަތިވީ އެއަށްވުރެ ބިރުވެރި ކަމަކާއެވެ.

"އަހަރެން ފުންމައިގެން ގޮސް ދޮރާއި ދިމާލަށް ދިޔައިން. ދޮރު ހުޅުވާލާފައި، ބޭރުގެ ބޮކި ދިއްލަން ދާން ދޮރުން ނުކުތުމާއެކު އަހަރެންގެ ފައިގައި އެއްޗެއް ހިފަހައްޓާ ވަރަށް ބާރަށް ތެޅެން ފެށިހެން ހީވީ"، ޓީވީ ސްޓޭޝަނެއް ކަމަށްވާ ޑަބްލިއުކޭއެމްޖީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އޭނާ ބުނީ، ލިބުނީ ހައިރާންކަމާއި ޝޮކެއް ކަަމަށެވެ. އަދި އޭނާއަށް ހީވާގޮތުން، އެ ކިނބުލަށްވެސް ލިބުނީ ހައިރާން ކަމެއް ކަމަށް އެޭނާ ބުންޏެވެ.

އެ މީހާ ބުނީ އޭނާގެ ގޭގެ ވަށައިގެން އެ ކިނބޫ އުޅޭތަން މީގެ ކުރިން ފެނުނު ކަމަށެވެ. ނަމަވެސް އެ މީހުން އަބަދުވެސް އެ އެއްޗާއި "ދުރުމިން ބަހައްޓާ" ކަމަށްވެސް ބުންޏެވެ.

އެ ކިނބޫ އޭނާއަށް ހަމަލާ ދިނެވެ. އެގޮތުން އޭނާގެ ފައިގައި ދަތް އެޅުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. އެހެން ނަމަވެސް އޭނާގެ ފުރާނައަށް ނުރައްކާވާ ވަރުގެ ޒަހަމެއް ލިބިފައި ނުވާ ކަމަށް ބުނެފައި ވެއެވެ.

ފްލޮރިޑާގައި ޖުމްލަ 1.3 މިލިއަން ކިނބޫ އުޅޭ ކަމަށް އެ ކޮމިޝަނުގެ ވެބްސައިޓުގައި ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައްނެލި ބޯ

    މިހާ އަވަހަށް ޑޯޓު ޑޯ ޖައްސަންފެށީ ދޯ؟

  2. ސުރައްޔާ

    ތިޔައީ ރާއްޖޭގައި މިއުޅޭ "ނޮހޮރުއްޕާން ކިނބޫ" ބަލައި އައި ކިނބުލެއް. އޭތީގެ ތިމާގެ މީހާގެ ދުވަސް ދުއްވާލަ-ފާނެތީ ބަލައި އެ އައީ.