ބޭނުންވާ ތަކެތި

އެއް ބޮޑު އާފަލު ނޫނީ މެދު ސައިޒުގެ ދެ އާފަލު

ދެ ޖޯޑުގެ ކިރު

ދެ މޭޒުމަތީ ސަމުސާ ހަކުރު

12 އާމަންޑް ނުވަތަ ކަޖޫ ނަޓް

އައިސް ކިއުބު

ތައްޔާރު ކުރާނެ ގޮތް:

ރަނގަޅަށް އާފަލު ދޮވުމަށް ފަހު ތޮށި މަށާށެވެ. އެއަށް ފަހު ފޮތިކޮށް ކޮށުމަށް ފަހު އެ ތަކެތި، މިކްސްޗަރުން ތަށި ތެރެއަށް އަޅާލާށެވެ. ދެން ތަށީގެ ތެރެއަށް ކިރު ޖޯޑުގެ ދެބައިކުޅަ އެއްބައި އަޅާށެވެ. އަދި، އެއަށްފަހު ހަކުރާއި އާމަންޑު ނުވަތަ ކަޖޫ ނަޓުކޮޅުވެސް އަޅާލާށެވެ. އެއަށްފަހު، އާފަލުތަކުގެ ދަށާ ހަމައަށް ކިރުފޮދު ފޯރަންދެން މަޑުކުރާށެވެ. ދެން، ބާކީ ހުރި ކިރުފޮދާއި އައިސް ކިއުބުކޮޅު ތަށި ތެރެއަށް އަޅާލުމަށްފަހު، މިކްސްޗަރުން ރަނގަޅަށް ގިރާލާށެވެ.