ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާއާއި ސީރީއަސް ލޯބީގެ ގުޅުމެއް އުފެދި ކައިވެންޏާއި ހަމައަށް ދިއުމަށް ތައްޔާރުވަމުންދާ އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއަކީ އުމުރުން ހަނގު ނަމަވެސް ލޯބިވެރިންގެ ވަރުގަދަ ލިސްޓެއް އޮންނަ މީހެކެވެ.

އެހެންނަމަވެސް ނިކްގެ ލޯބިވެރިންގެ ލިސްޓަކީ ވަރަށް މަދު ބަޔަކަށް އިނގޭ އެއްޗެކެވެ. އެ ލިސްޓުގައި 10 އަންހެނަކު އެބަތިއްބެވެ. އެ ލިސްޓުގައި ހިމެނޭ މީހުންނަށް ބަލާއިރު:

މައިލީ ސައިރަސް

މި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އަހަރެއްހާ ދުވަސް ވަންދެން އުޅުނެވެ. 2006 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާއި ޖެހެންދެންނެވެ.

ސެލީނާ ގޮމޭޒް

ނިކް އާއި ސެލީނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ 2008 ވަނަ އަހަރުއެވެ. އެކަން ސެލީނާވެސް ކަށަވަރުކޮށްދިނެވެ.

ޑެލްޓާ ގުޑްރެމް

ނިކްއަށް 18 އަހަރު ފުރުތަނާހެން އޭނާ ލޯބީގެ ގޮތުން ގުޅިފައި ވަނީ ލަވަ ކިޔުންތެރިޔާ ޑެލްޓާ ގުޑްރެމްއާއެވެ. މި ދެ މީހުންގެ އުމުރުގައި އަށް އަހަރުގެ ތަފާތުކަމެއް ހުރި ނަމަވެސް އަހަރެއްހާ ދުވަސް ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2012 ވަނަ އަހަރު ވަނީ ވަކިވެފައެެވެ.

ރީޓާ އޯރާ

ލަވަކިޔުންތެރިޔާ ރީޓާ އޯރާއާ ނިކް ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް ވެއެވެ. އެކަން ކަށަވަރެއް ނޫނެވެ. ނިކް ރިޓާ ދެކެ ވަރަށް ލޯބިވެއެވެ. ރިޓާގެ ނަން ހިމަނައިގެން ނިކް ލަވައެއްވެސް ނެރުނެވެ. އެހެން ނަމަވެސް މި ދެމީހުން ލޯބީގެ ގޮތުން ގުޅުނުކަމަށް ރިޓާ އެއްބަހެއް ނުވެއެވެ.

އޮލިވާ ކުލްޕޯ

ނިކް އާއި އޮލިވާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެ ގުޅުމަށް ހީނަރުކަން އައިސްފައި ވަނީ 2015 ވަނަ އަހަރުއެވެ.

މީގެ އިތުރުންވެސް، ނިކް ވަނީ ކެންޑަލް ޖެނާ އާއި ލިލީ ކޮލިންސް، ކޭޓް ހަޑްސަން، ޖިއޯޖިއާ ފަވްލާ، އަދި މެޑެލިނާ ބްރިވާއާވެސް ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ.

މިހާރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޕްރިޔަންކާއާއެވެ. އިއްޔެ ޕްރިޔަންކާ އާއި ނިކްގެ އެންގޭޖްމެންޓް ޕާޓީ އިންޑިއާގައި ބޭއްވިިއިރު، މި ދެ މީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަ މިހާރު ނުދަންނަ ބަޔަކު ނެތެވެ. މިހާރު އެކަންވެސް ވަނީ އޮފިޝަލްކޮށް އާއްމުންނާއި ހަމައަށް އައިސްފައިތާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަދޫރާ

    ކޮބާ ބަދޫ ގެ ނަން؟؟؟ ??

  2. ސުނޯ

    ޕީސީ ގެ ލިސްޓެއްވެސް ގެނެސްދޭތި

  3. ހުސޭނުބޭ

    ތި ލިސްޓްގައި މޯދީ އޮތްތޯ ބަލާލަދީބަލަ!

  4. ޑޮންޑޮން

    ތީނަ ކޮންމެވެސް ސީރީޒްއެއްގަ އުޅުން ފިރިހެނަކާ ރައްޓެހިވެގެންވެސް