ކުއްލިއަކަށް އުފެދުނު 80 ފޫޓްގެ ބޮޑު ރާޅެއް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

ޓްވިޓާގައި މީހަކު އާންމު ކުރި ވީޑިއޯ އަކުން ފެންނަނީ ޕޯޗްގަލް ނަޒާރީގެ އައްސޭރިފަށުން ނެގި ބޮޑު ރާޅެކެވެ. އެރާޅު ނެގި ވަގުތަކީ ރާޅާއެޅުމުގެ މުބާރާތެއް ވެސް އެސަރަހައްދުގައި ކުރިއަށް ދިޔަ ވަގުތެވެކެވެ. ބޮޑު ރާޅު ފެންނަ ވީޑިއޯ މިހާތަނަށް 12.4 މިލިއަން މީހުން ވަނީ ބަލާފައެވެ. މިވީޑިއޯ ޓްވީޓް ކޮށްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށް ވީނަމަވެސް މިއީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ހިނގާފައިވާ ކަމެކެވެ.

https://twitter.com/Rainmaker1973/status/1028579511221268480

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިރާޅު ނެގި ވަގުތު ރާޅާ އަޅަމުން ދިޔައީ ބްރެޒިލްގެ ސާފަރެއް ކަމަށްވާ ރޮޑްރިކޯ ކޯޒާ އެވެ.

މިރާޅަކީ އާންމުކޮށް އުފެދޭ ރާޅުތަކަށް ވުރެ ބޮޑު ރާޅެއް ނަމަވެސް މިރާޅު ވަނީ އެއްގަމަށް އެރުމުގެ ކުރިން ހިނދިގެން ގޮސްފައެވެ. އެހެންކަމުން ރާޅުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިފަދަ ބޮޑެތި ރާޅުތައް އުފެދެނީ އެފަދަ ރާޅުތައް އުފެދޭ ސަރަހައްދުގެ ކަނޑުގެ އޮޔަށާއި އެސަރަހައްދުގެ ވަޔަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    "ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިފަދަ ބޮޑެތި ރާޅުތައް އުފެދެނީ އެފަދަ ރާޅުތައް އުފެދޭ ސަރަހައްދުގެ ކަނޑުގެ އޮޔަށާއި އެސަރަހައްދުގެ ވަޔަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ."
    އަހަންނަކީ ތަޖުރިބާކާރެއްނޫން.. އަހަންނަށްވެސް ތިވަރުއެނގޭ..

  2. މީ

    މާޝާﷲ

  3. ގަމާރުމޯލްޑިވިއަން

    ތިކަން މުސްލިމުންނަށް މާކުރިން އުނގޭ