2023 އެޕަލް ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އިއުލާނު ކުރި އެޕަލްގެ އާ އައިއޯއެސް، 17 އާއެކު ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ލިބިއްޖެ ނަމަ އިންޒާރެއް ލިބިގެން ދާނެ ކަމަށް ބުނެފިއެވެ.

އެގޮތުން އެޕަލް އިން އައިފޯންްތަކަށް އާ ފީޗާތަކެއް ނެރެން ނިންމާފައިވާއިރު، އޭގެ ތެރެއިން އެކައްޗަކީ ދަ ސެންސިޓިވް ކޮންޓެންޓް ވާނިންގ ފީޗާރއެވެ. މމި ސެންސިޓިވް ކޮންޓެންޓް ވޯނިން ފީޗާ ހާއްސަކޮށްފައި ވަނީ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތަކާއި ގުޅޭގޮތުން ގޮތުން އިންޒާރު ދޭ ގޮތަށެވެ. އެގޮތުން މި ފީޗަރ ފަރުމާކޮށްފައި ވަނީ ކޮންޓެންޓް ބަލަން ބޭނުންތޯ ސުވާލުކޮށް ޕޮޕް-އަޕް އަކާ އެކުގައެވެ.

'ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ އާންމުކޮށް ނިވާކަން ކުޑަ ތަންތަން. އެއީ ތިބާގެ ކުށެއް ނޫން، އެކަމަކު އެފަދަ ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން ތިބާއަށް ގެއްލުމެއް ލިބިދާނެ.". އެ ޕޮޕްއަޕްގައި ބުނެދެއެވެ.

ޝެއާކޮށްފައިވާ އެފަދަ ކޮންޓެންޓް ބެލުމުގެ ތެރޭގައި ނުވަތަ ފެންނަން ބޭނުން ނުވާނަމަ "އެހީ ހޯދޭނެ ގޮތްތައް" ޓެޕް ކުރެވިދާނެއެވެ.

މީގެ އިތުރުންވެސް އައިއޯއެސް 17ގައި އެތައް އާ ފީޗަރއެއް ހިމެނެއެވެ.

އައިއޯއެސް 17 ކޮމްޕިއުޓާ ވާޝަންގައި ހިމެނޭ އާ ފީޗަރގެ ތެރޭގައި، ސީދާ ފޮޓޯއަކުން ރެސިޕީތައް ހޯދުމުގެ މަގު ފަހިކޮށްދިނުން ހިމެނެއެވެ. މީގެ ތަފްސީލެއްވެސް އަދި ނުލިބެއެވެ.

އައިއޯއެސް 17 ނެރޭނީ ކޮން އިރަކު؟.

އެޕަލް އިން އައިއޯއެސް 17 އިއުލާންކުރީ ޑަބްލިއުޑަބްލިއުޑީސީ 2023 ގައެވެ. ތިއީ ރަޖިސްޓްރީކޮށްފައިވާ އެޕަލް ޑިވެލޮޕަރެއް ނަމަ މިހާރު އެޕް ސަޕޯޓް ޓެސްޓް ކުރަން ފެށުމަށް އަޕްޑޭޓް ލިބިގެންދާނެ ކަަމަށް ވެއެވެ. އަދި އާއްމުންނަށް މި އަޕްޑޭޓް ޖުލައި މަހު ލިބޭނެ ކަމަށް ބެލެވޭއިރު، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނެރޭ އާ އައިފޯންތަކަށް މި އައިއޯއެސް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު