ދުނިޔޭގައި އުޅޭއިރު ބައެއް މީހުންނަކީ ފަޤީރުންނެވެ. ކާނެ އެއްޗެއް ބޯނެ އެއްޗެއް ނެތް މީހުންވެސް މިދުނިޔޭގައި އުޅޭއިރު މުއްސަނދި ކަމުގައި އިސްރާފް ކުރާ މީހުންވެސް މިދުނިޔޭގައި މަދެކޭ ނުދެންނެވޭނެއެވެ.

ސައުތް އެފްރިކާގެ ފޮޓޯ ގްރާފަރެއް ކަމުގައިވާ މިލާގެ މަސައްކަތަކަށްވީ ދުނިޔެއަށް މިފަރަޤު ދައްކާލުމެވެ. މިގޮތުން 2016 ވަނަ އަހަރުގެ އޭޕްރީލް މަހު މީނާ ފެށި މިމަސައްކަތުގައި މިހާތަނަށްވަނީ ގިނަ ޤައުމުތަކަކަށް ޒިޔާރަތްކޮށް އެޤައުމު ތަކުގެ މިގޮތަށް ކުރާ ތަފާތު ކުރުން ޑްރޯން ފޮޓޯއެއްގެ ޒަރިއްޔާއިން ހިއްސާކޮށްފައެވެ.

ތިރީގައި މިވަނީ އޭނާ މިގޮތަށް ނަގާފައިވާ ބައެއް ފޮޓޯތަކެވެ.

އިންޑިޔާ
އިންޑިޔާ
މެކްސިކޯ
އެފްރިކާ

މަތީގައިވާ ފޮޓޯތަކުން އެ ފެންނަނީ މަތިން ނަގާފައިވާ ފޮޓޯ ތަކެކެވެ. ފޮޓޯގެ އެއްފަރާތުން ތަރައްޤީވެފައިވާ ފަޅި އަކާއި ފަޤީރުން އުޅޭ ފަޅިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅަބޭ

    ތީ ޔާމީނު މިރާއްޖެއައް ހަދަންއުޅޭ ގޮތުގެ މާސްޓާ ޕުލޭން. އޭނަ އުޅެނީ ހުރިހާ ރާއްޖެތެރޭ ގޮބޮޅިންތައް އެއްކޮޅައްއަޅާލާފަ މާލޭ ރަސްމަތިފުށު ބޭކަލުން އަނެއް ކޮޅައް އަޅާލަން.

    • މާޅެ

      މާލޭގެ ރަސްމަތިފުޅު ތައް ތިބީ ކޮންފަޅިއެއްގަތޯ އަމިއްލައަށް ބަލަންވީނު. ވާނުވާ

  2. މާލޭމީހާ

    މިހާރު މާލޭ މީހާއެއް ނުހުންނާނެ ކޮންމެވެސް އަތޮޅަކުން ކައިވެނިވެ މަސްހުނިވެފަ ހުނާނީ!! ކޮންމާލޭ މީހާއެއް!!!!!

  3. އަލީ

    ރާއްޖެތެރޭގަގޮބޮޅިން .މިމާލޭވެގެން އުޅޭމީހުންނަކަށް ނޭގެ މިމީހުންނަށް ކާންދެނީ ރާއްޖެ ތެރޭމީހުންކަމެއް . މިވަރުގެބީތާއިން