ފްރާންސްގައި އައިފޯން 12 ގެ ރޭޑިއޭޝަން ލެވެލްއާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދިނުމަށް އެޕަލް އިންކްގެ ޓެކް ސަޕޯޓް މުވައްޒަފުންނަށް އަންގައިފިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ މިންގަނޑަށް ވުރެ އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަން ބޭރުކުރާ ކަމަށް ބުނެ ފްރާންސުން ވަނީ އައިފޯން 12 ވިއްކުން ހުއްޓާލުމަށް އެޕަލް އަށް އަންގައިފައެވެ. އަދި ކަސްޓަމަރުން މިކަމާ ގުޅޭ ގޮތުން ސުވާލު ކޮށްފިނަމަ ދެވޭނެ އެއްވެސް މައުލޫމާތެް ނެތް ކަމަށް ބުނުމަށް މުވައްޒަފުންނަށް އަންގާފައިވާ ކަމަށް މިޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ދެ ހަފުތާއެއްހާ ދުވަސް ކުރިން ގަތް ފޯނެއް ނަމަ ރިޓާން ނުވަތަ އެކްސްޗޭންޖް ރިކުއެސްޓް ވެސް "ރިޖެކްޓް" ކުރަން އަންގާފައިވާއިރު، އެއީ އެޕަލްގެ އާދައިގެ ރިޓާން ޕޮލިސީ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ. އަދި ކަސްޓަމަރުން ފޯނު ރައްކާތެރިތޯ އޮޅުން ފިލުވަން މަސައްކަތް ކުރާނަމަ އެ ކުންފުނީގެ ޕްރޮޑަކްޓްތަކަކީ ހަރުކަށި ޓެސްޓުތަކެއް ހަދާ ސަލާމަތީ ގޮތުން ރަނގަޅު ޕްރޮކްޓްތަކެއް ކަމަށް ބުނަން ޖެހޭނެ ކަމަށްވެސް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

ފްރާންސްގެ ޑިޖިޓަލް މިނިސްޓަރު ވިދާޅުވީ އައިފޯން 12 ގެ ރޭޑިއޭޝަން ލެވެލް އީޔޫގެ މިންގަނޑަށް ވުރެ މަތިނަމަވެސް އަދިވެސް ނުރައްކާތެރި ކަމަށް ބެލެވޭ މިންވަރަށް ވުރެ ވަރަށް ބޮޑަށް ދަށް ކަމަށެވެ. އޭނާ ވިދާޅުވީ ސޮފްޓްވެއާ އަޕްޑޭޓަކުން މައްސަލަ ހައްލު ކުރެވިދާނެ ކަަމަށާއި ދެ ހަފުތާގެ ތެރޭގައި އެޕަލްގެ ފަރާތުން ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެޕަލް އިން ވަނީ އެ ވާހަކަތަކަށް ރައްދު ދީފައެވެ. އަދި ފްރާންސް ސަރުކާރާ ގުޅިގެން މަސައްކަތްކޮށް، އެ ފޯނު ގަވާއިދަށް ފެތޭ ކަން ކަށަވަރުކޮށްދޭނެ ކަމަށް ބުނެފައެވެ.

އައިފޯން 12 މޮޑެލްއަކީ 2020 ވަނަ އަހަރު ތައާރަފްކުރި މޮޑެލްއެވެ. މި ހަފުތާގައި އައިފޯން 15 ތައާރަފް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙައްޖަ

    އަޅުގަނޑު އުމުރު ދުއްވާލާނީ ތި އެޕަލް ނުގަނެ

    10
    2
    • Haha

      No money Burj Khalifa ah ves naaraa

      3
      3