އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭ އާއި އޭނާގެ ފިރިމީހާ ޑޯލްޓަން ގޯމޭޒް ވަރިވާން ނިންމާފައިވާ ކަމަށް ޕޭޖް ސިކްސް އިން ރިޕޯޓްކޮށްފިއެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާއަކީ އޭނާގެ ރީތި އަޑުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ. އޭނާގެ އެންމެ ހިތްގައިމު ލަވަތައް ކަމަށްވާ ބްރޭކް އަޕް ވިތު ޔޯ ގާލްފްރެންޑް، ކޯޒް އައި އެމް ބޯރެޑް އަދި 7 ރިންގްސް ހިމެނެއެވެ. އޭނާގެ ލަވަތަކާއި އަލްބަމްތަކުން ގިނަ ރެކޯޑްތަކެއް މުގުރާލިއެވެ.

މި ދެ މީހުން ކައިވެނި ކުރީ 2021 ވަނަ އަހަރު ބޭއްވި ރީތި ޕްރައިވެޓް ރަސްމިއްޔާތެއްގައެވެ. އޭރު ދެމަފިރިން ވަނީ އުމުރު ދުވަހު އެކުގައި އުޅުމަށް ވައުދުވެފައެވެ.

ނަމަވެސް ކައިވެންޏަށް އެންމެ ދެ އަހަރު ފަހުން ދެމަފިރިން ވަކިވާން ނިންމިއިރު، ޑޯލްޓަން އާއި އާރިއާނާއަށް ކަންކަން ރޭވިފައި އޮތް ގޮތަށް ގޮސްފައެއް ނުވެއެވެ.

މި ދެ މީހުންގެ ވެރިވުމުގެ ކަންކަން ކުރިއަށްދާއިރު، އެ ކަންކަން ދަނީ ވަރަށް ހަމަޖެހުމާއި އެކީގައި ކަމަށްވެސް ވެއެވެ.

މީގެ ކުރިންވެސް މި ދެ މީހުންގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމުގެ ވާހަކަތައް ދެކެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑޯލްޓަން

    ޖޭޕީ ގާސިމް ކަންތަ ...

    5
    1
  2. ނައިފަރު އަބްދޯ އަބްދުލް ކަހީނު ފީލިންގ އުއާހް

    މަ ވެސް މިހިރީ ހުއްސްކޮއް
    މަށާ އިންނާން ވީ އެއްނު؟ ޑޯލްޓަން މޯގޭޒް ދެކެ މަ ވަރަށް ލޯބިވޭ