ކާޑޭޝިއަން ނުވަތަ ޖެނާ އާއިލާއަކީ އެމީހުންގެ ރީތިކަމަށް މަޝްހޫރު ބައެކެވެ. އެ އާއިލާ ތެރޭގައި ހިމެނޭ އެންމެ ހަގު ކައިލީ ޖެނާ ދާދި ފަހުން ވަނީ އުމުރުން 19 އަހަރުގައި ކޮސްމެޓިކް ޕްރޮސީޖާއެއް ހެދުމާއި ބަނޑުބޮޑުވުމުން އެކަމާ ހިތާމަ ކުރާ ކަމަށް ބުނެފައި ވެއެވެ.

ކާޑޭޝިއަން-ޖެނާ ދަރިކޮޅުގެ އެންމެ ޒުވާން ނަމަވެސް އެންމެ ކާމިޔާބު ކައިލީ ޖެނާ ވަނީ ދާދި ފަހުން ޑަބްލިއުއެސްޖޭ މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ކުރީގައި ކުރެވުނު ބައެއް ކަންކަމާއި ހިތާމަ ކުރާ ކަމަށެވެ.

"ދުވަހަކުވެސް މޫނުގައި އަތްނުލަން، އެކަމަކު އުމުރުން 19 އަހަރުގައި ކޮސްމެޓިކް ޕްރޮސީޖާއެއް ހެދުމާއި އޭގެ ފަހުން މާބަނޑުވުން، 19 އަހަރުގައި މާބަނޑުވުމުގެ ވިސްނުމެއް ވެސް ނެތް، އެއީ އޭނާ ރިގްރެޓް ކުރާ ކަމެއް ކަމަށް.". ކައިލީ ބުނެފައި ވެއެވެ.

"އިންސެކިއުރިޓީސް" ފޮރުވުމަށް ކޮސްމެޓިކް ޕްރޮސީޖާއެއް ހެދުމާއި ގުޅޭގޮތުން ކައިލީ ބުނީ އޭނާ އެކަން ކުރީ "އަންޑަ ކޮންފިޑެންޓް" ވެގެން ނޫން ކަމަށާއި އެއީ މަޖަލަކަށް ކުރި ކަމެއް ކަމަށެވެ.

ދެކުދިންގެ މަންމައަކަށް ވުމަށް ނިންމި ވަގުތާ މެދު ހިތާމަ ކުރަމުން އޭނާ ބުނީ ދަރިން ލިބެންދެން ނުވަތަ އޭނާގެ ހަށިގަނޑަށް ކުރިއެރުމެއް ލިބެންދެން އިންތިޒާރުރެވުނު ނަމަ ރަނގަޅުވީސް ކަަމަށެވެ.

މިއީ އުމުރުން 20 އަހަރުގައި މަންމައަކަށް ވުމުން ދިރިއުޅުމަށް އެއްވެސް ގޮންޖެހުންތަކެއް ކުރިމަތިނުވާ ކައިލީއާ ގުޅޭ ވާހަކަތަކެވެ. އަދި މީގެ އިތުރުން ދަރިފުޅު އައިރީ އުފަންވުމާ ގުޅިގެން ޕޯސްޓްޕާޓަމް އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަން

    ކާފަރުންްގެ ވިސްނުމަށް އުޅެގެން އަހަރުމެން ހަލާކުވާނެ. ރަނގަޅު ހުރިހާކަމަކަށް ހިތާމަކޮށް، ގޯސް ހުރިހާކަމަކަށް އުފާ ކުރާ ބައެއް ކާފަރުންނަކީ. އަންހެނުން އަސްލު ބާރުވެރިވެ ރައްކާތެރިވާނީ އާއިލާގެ ރައްކާތެރިކަމުގެތެރޭގައި ހުރުމުން

    53
    4
  2. އިބްރާހިމް

    ވާވަރަކަށް މަޖާ ނުކުރެވޭނެ އަދި، 30 ވާން އަދި 11 އަހަރު!

    7
    2