ޕްލާސްޓިކް ގެ މައްސަލަ ހައްލު ކުރަން ޕެސިފިކް ކަނޑުގައި ބޮޑު ދާގަނޑެއް އަޅައިފިއެވެ.
600 މީޓަރު މި ދާގަނޑުގެ އެހީގައި އުތުރު ޕެސިފިކް ކަނޑުގައި ދައުރުވާ ޕްލާސްޓިކްގެ ބޮޑުބައި ހިފެހެއްޓޭނެ ކަމަށް މި މަޝްރޫއު ހިންގާ އޯޝަން ކްލީން އަޕް އިން ބުނެއެވެ. އެ ފަރާތުން ބުނާ ގޮތުގައި 2040 ވަނަ އަހަރު އަންނަން ވާއިރަށް ޕެސިފިކް ކަނޑުގައި އުފެދޭ ކުނީގެ 90 އިންސައްތަ މި ސިސްޓަމްގެ އެހީގައި ނެގޭނެއެވެ.
އޯޝަން ކްލީން އަޕް އިން ބުނި ގޮތުގައި މި ދާގަނޑުގެ ސަބަބުން ތިމާވެއްޓަށާއި ވަށައިގެން އުޅޭ ދިރުންތަކަށް ގެއްލުން ވާނެ ކަމަށް އަދި ހޯދިފައި ނުވާ ކަމަށެވެ. އެހެންނަސް މިއީ ޓެސްޓް ކުރެވެމުންދާ ސިސްޓަމެއް ކަމުން ވަކި އެެއްޗެއް ސީދާކޮށް ބުނެވެން ނެތް ކަމަށް ވެސް އެފަރާތުން ބުނެއެވެ.
ސައިސްވެރިން ބުނާ ގޮތުގައި މި ނިޒާމު ކާމިޔާބު ކަމާއި އެކު މައްސަކަތް ކޮއްފިނަމަ ދުނިޔޭ ކަނޑުތަކަށް މިހާރު ދިމާވެފައިވާ ކުނީގެ މައްސަލައަށް ބޮޑު ނިމުމެއް އަންނާނެއެވެ. އަދި ކުރިން ޕްލާސްޓިކްގެ ސަބަބުން ހަލާކުވަމުން ދިޔަ ފަރުތަކާއި ދިރުން ތަށް ނެތި ދިޔުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެއެވެ.
ޕްލާސްޓިކްގެ މައްސަލަ އަކީ ދުނިޔޭ އެކި ގައުމުތަކަށް ދިމާވެފައިވާ އެކަމުން އަރައިގަންނަން ދަތިވެފައިވާ މައްސަލަ އެކެވެ. އދ ގެ ރިޕޯޓެއް ބުނާ ގޮތުގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް އޮތް އެންމެ މޮޅު ގޮތަކީ ޕްލާސްޓިކް ބޭނުން ކުރާ ކުންފުނިތަށް ދައްކަންޖެހޭ ޓެކްސް ބޮޑު ކުރުމާއި ކުންފުނިތަކުން ޕްލާސްޓިކް ބޭނުން ކުރުން ހުއްޓުވުމަށް ހަރުކަށި ގާނޫނުތަަށް ހެދުމެވެ.
ޕްލާސްޓިކްގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ނުހަނު ގެއްލުން ލިބެއެވެ. އަދި ފްލަަސްޓިކުގެ ސަބަބުން ފަރުތަކަށްވެސް ގެއްލުން ލިބެއެވެ.ފަރުތައް ޕްލާސްޓިކުން ތަޣައްޔަރުވަމުންދާ ކަމަށްވާނަމަ އެކަމުގެ ނޭދެވޭ އަސަރު ހުރިހާ ދިރުންތަކަށް ކުރާނެ އެވެ. ދިރުންތަކާއި، ދޫނި ސޫފާސޫވެސް ވަނީ އެކަތި އަނެކައްޗާ ގުޅި ލާމެހިފައިއެވެ.
ތިއުޅެނީ މަސް ހިފަން. ކަނޑު ސާފުކުރުމުގެ ނަމުގައި ބޮޑު ޖަރީމާއެއް ހިންގަން
ތިކަނޑުގަ އުޅޭ ދިރުންތައް ތިދާގަނޑުގަ ތާށިވެގެން މަރު ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު.