އިންޑިޔާގެ މަޝްހޫރު ލަވަކިއުންތެރިޔާ އަދިތްޔާ ނަރަޔަން ކައިވެންޏަށް ފަހު އަގުބޮޑު ގެއެއް ގަނެފިއެވެ. ޝުއިޓާ އަގަރް ވާލް އާއި ޑިސެމްބަރު 1 ވަނަ ދުވަހު އަދިތްޔާ ކައިވެނި ކޮށްފައިވާއިރު އެ ކައިވެންޏަށް ދައުވަތު ދީފައި ވަނީ ވަރަށް މަދު ބަޔަކަށެވެ. އަދި އޭގެ ފަހުން އަދިތްޔާގެ ކައިވެނީގެ މުނާސަބަތުގައި ބޮލީވުޑްގެ ތަރީންނާއި ޓީވީ ޕްރެޒެންޓަރުންނަށް ހާއްސަ ހަފްލާއެއް ބާއްވާފައި ވެއެވެ.

އަދިތްޔާ ވަނީ އޭނާގެ އަލަތު އަނބިމީހާ އާއި އެކު އަލަށް ގަނެފައިވާ 5 ބީއެޗްކޭ ގެއަށް ބަދަލުވާކަން ހާމަކޮށްފަ އެވެ. އަލަށް ގަތް މި ގެއަކީ އޭނާގެ ގެއާއި ވަރަށް ކައިރީ ގެއަކަށް ވާއިރު އަދިތްޔާ ބުނީ އާއިލާ އާއި ދުރަށް އެމީހުން ދަނީ 3 ވަރަކަށް މަސްދުވަހަށް ކަމަށެވެ. އަދިތްޔާ ބުނީ އޭނާ ގެއެއްް ގަންނަން ލާރި އެއްކުރާތާ އަހަރުތަކެއް ވެފައިވާ ކަމަށާއި 3 ބުރީގެ އެ ގޭގެ ބޮޑުބައިގައި އުޅޭނީ އެ ދެމަފިރިން ކަމަށް އަދިތްޔާ ބުނެފައި ވެއެވެ.

ލަވަކިއުންތެރިޔާ އަދިތްޔާ ނަރަޔަން އާއި ޝުއިޓާ އަގަރްވާލް ފުރަތަމަ ދިމާވެފައި ވަނީ މީގެ 10 ވަރަކަށް އަހަރު ކުރީން ފިލްމު ޝާޕިޓްގެ ޝޫޓިންގައި ގައެވެ. ފިލްމީ ދާއިރާގައިވެސް އުޅެފައިވާ އަދިތްޔާ އެންމެ ފަހަކަށް ފެނިގެން ގޮސްފައި ވަނީ ސޮނީ ޓީވީން ގެނެސްދޭ ރިޔަލިޓީ ޝޯ އިންޑިޔަން އައިޑޮލް އިންނެވެ.

އަދިތްޔާ ގަނެފައިވާ ގޭގެ އަގު 8 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑެވެ. 33 އަހަރުގެ އަދިތްޔާ އާއި ފިލްމީތަރި ޝުއިޓާ އަކީ އެތައް އަހަރެއް ވަންދެން ރައްޓެހިވެގެން ދިބި ދެމީހުންނެވެ. ޝުއިޓާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ތަންދޫރީ ލަވް، މިރަސް، ޝާޕިޓް ހިމެނެ އެވެ.

އަދިތްޔާގެ ކައިވެނީގައި އޭނާގެ ބައްޕަ ކުރީގެ ލަވަކިއުންތެރިޔާ ޔުދިތް އާއި އޭނާގެ އަންހެނުން ވަނީ ލަވައެއް ވެސް ހުށަހަޅާދީފަ އެވެ. އަދި އަދިތްޔާވެސް ވަނީ ލަވައެއް ހުށައަޅާދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު