ޅ.ނައިފަރު ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ނައިފަރު ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބިފައިވަނީ ރޭ 20:07 އެހާކަންހާއިރު ކަމަށާއި އެ ރިޕޯޓާއި ފުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔާސް ސޭޓޭޝަނުން އެސަރަހައްދަށް ގޮސް އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    މިވެސް ކޮންމެވެސްބަޔަކު އަތް މުނިމުނި ކަވައިގަނެގެން ހިންހަމަޖައްސާލުމަށް ކުރިކަމަކަށްނޫނީނުވާނެ ﷲމިފަދަމީހުންނައް ހެޔޮވިސްނުންދެއްވާށި އާމީން