2023 ވަނަ އަހަރަކީ ގޮންޖެހުންތައް ގިނަ އަހަރެއް ކަމަށާއި ކުރީ ސަރުކާރުން ކައުންސިލް ހިންގުމުގައި އެއްބާރުލުން ނުލިބޭ ކަމަށް ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް ވިދާޅުވެއްޖެއެވެ.

ހަސަން ހަކީމް ވިދާޅުވީ ފާއިތުވީ އަހަރަކީ ގޮންޖެހުންތައް ގިނަ އަހަރަކަށްވީ ނަމަވެސް އިދާރީ ގޮތުން ކުރެވުނު މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ނެރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެ އިދާރާއަށް ޒަމާނުން ފެށިގެން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައިވާ މުވައްޒަފުންގެ ދަތިކަމެވެ. މި މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އޭރުގެ ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އެދެވޭ ހައްލެއް ލިބިފައިނުވާކަން ހަސަން ވަނީ ފާހަގަކޮށްފައެވެ.

ހަސަން ވިދާޅުވީ ދުވާފަރު ކައުންސިލުގައި ތިބެނީ 4 ދާއިމީ މުވައްޒަފުންނާއި ސެކްރަޓަރީ ޖެނެރަލް ހިމެނޭހެން ޖުމްލަ 19 މުވައްޒަފުންނެވެ.

ކައުންސިލް އިދާރާ ހިންގުމުގައި ސަރުކާރުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބުނުކަން ފާހަގަކުރައްވަމުން ހަސަން ވިދާޅުވީ ކައުންސިލުން ފޮނުވާ މުހިންމު ބައެއް ސިޓީތަކުގެ ޖަވާބު އެއްގޮތަކަށްވެސް ނުލިބުމާއި، ކައުންސިލުގެ އެހެނިހެން ކަންކަމުގައިވެސް ދެއްވަން ޖެހޭ އަހަންމިއްޔަތުކަން ކުރީ ސަރުކާރުން ދީފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް ކައުންސިލުގެ މުވައްޒަފުންގެ އެއްބާރުލުމާއެކު ކުރެވުނު މަސައްކަތުން އެ އިދާރާގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތްތައް އިތުރަށް ފުޅާކުރެވިގެން ދިޔައެވެ. އެގޮތުން ކައުންސިލްގެ މުވައްޒަފުންގެ އިތުރުން ސެކްރެޓަރީ ޖެނެރަލް އިސްމާއިލް އަހުމަދުގެ ބުރަ މަސައްކަތް ފާހަގަކޮށް ހަސަން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ދުވާފަރު ކައުންސިލްގެ އިތުރުން ރާއްޖޭގެ ގިނަ ކައުންސިލްތަކުން ބުނާގޮތުގައި އެމްޑީޕީ ސަރުކާރުން ކައުންސިލްތަކުގެ ބާރު ވަނީ ކަނޑުވާލާފައެވެ. ރަށްރަށުގެ ކައުންސިލްތަކަށް ސަރުކާރުން ލިބެންޖެހޭ އެއްބާރުލުން ނުލިބެއެވެ. އެހެންކަމުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްނުދެވެއެވެ. އަދި ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ ގިނަ ކަންތައް ކުރުމުގައި ކައުންސިލްތަކަށް އޭރު ވަނީ ހުރަސްއެޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަގު ހަކީމް

    ކަލޭތީ އިސްލާމެއްތަ މުޅި ދުވާފަރު ބަޖެޓް އާއިލާ މީހުންނަށް ބަހާ 2022/2023 ޖުމްލަ 30 އާއިލާ މީހުން ވަޒީފާތައް ކައުންސިލް ބަހާ ހަދާފަވެސް ހުސްދޮގު ތި ހަދަނީ

    11
    7
  2. ވަގު ކައުންސިލް

    ކޭވަރު 2023ގައި މަދުވީ

    6
    1
  3. ައެމް.ޕީ

    ތިކުރާ ހިތްވަރަށް ސާބަސް ރައީސް ހަސަން ހަކީމް އަދި ޓީމް އަށް

  4. މައި

    ބޯގޯސް ވާހަކަ ނުދައްކާ. ނިމިދިޔަ އެމް.ޑީ.ޕީ ގެ ވެރިކަމުގައި، ޔާމީނު ސަރުކާރުން ކައުންސިލް މެމްބަރުންގެ އަދަދު މަދުކޮށްފައި އޮއްވައި ކުރިން ހުރި އަދަދަށް އަނބުރާ އިއާދަކޮށްދިން. ދައުލަތުގެ ބަޖެޓުން 7 އިންސައްތަ ކައުންސިލް ތަކަށް ދޭން ފެށުމުން ކައުންސިލްގެ އާމްދަނީ ދެގުނަ ބޮޑުވި. މިނޫނަސް އިތުރު އެތައް ކަމެއް ކައުންސިލްތައް ބާރުވެރިކުރުމަށް ކޮށްދިން. ތިޔަ ދުވާފަރު ކައުންސިލުން ކައުންސިލްގެ އާމްދަނީއަށް ވަތް ފައިސާތަކަށް ކަންކުރި ގޮތް އަދިވެސް ނޫސްތަކުގެ ހެޑްލައިންތަކުން ފެންނަން އެބަހުރި. ވަރަށް ސަލާމް.