އިންޑިއާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން ދިވެހިންނަށް ބޮޑު ޒަހަމްތަކެއް ލިބިއްޖެއެވެ..

މި އެކްސިޑެންޓްގައި ބޮޑެތި ޒަހަމްތަކެއް ލިބުނީ އުމުރުން 50 އަހަރާއި 54 އަހަރާއި އުމުރުން 25 އަހަރުގެ ތިން އަންހެނުންނަށެވެ.

އެ މީހުންގެ އާއިލާގެ މީހަކު "ވަގުތު" އަށް ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 03:20 ހާއިރު ދެ ކާރެއް ޖެހިގެން ކަމަށެވެ. އެކްސިޑެންޓް ހިނގާފައިވަނީ ކޮޗިން އިން ޓްރިވެންޑްރެމްއަށް ދިޔަ މަގުމަތީގައި ކަމަށް ވެސް އެމީހާ ބުންޏެވެ.

ރޭ ކޮޗިންގައި ހުރި ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދެއްކުމަށްފަހު އެ ތިން މީހުން ވެސް ދަންވަރު ދަތުރުފެށީ މިއަދު ހެނދުނު ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލަށް ޑޮކްޓަރަށް ދާންޖެހޭތީ ކަމަށް ވެސް އެމީހާ ބުންޏެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ކުރިމަތިން އައި ކާރެއް ޔޫޓާން ނެގުމަށްފަހު ބާރުސްޕީޑުގައި އައިސް އެމީހުން ދަތުރުކުރަމުންދިޔަ ކާރުގައި ޖެއްސުމުން ކަމަށް އެކްސިޑެންޓްގައި އަނިޔާވި ދެމީހުން މައުލޫމާތު ދީފައިވާ ކަމަށް އެމީހާ ބުންޏެވެ.

އެމީހާ ބުނީ މި އެކްސިޑެންޓްގައި އުމުރުން 25 އަހަރުގެ އަންހެން މީހާގެ މޫނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާއިރު މިހާރު ޕްލާސްޓިކް ސާޖަރީ ހެދުމުގެ ޑޮކްޓަރުން އިރުޝާދުދީ، އެމަރޖެންސީކޮށް ސާޖަރީ ހެއްދުމަށް ވައްދާފައިވާ ކަމަށެވެ. އަދި އުމުރުން 50 އަހަރުގެ އަންހެން މީހާގެ ފައި ބިންދައިގެން ގޮސްފައިވާއިރު އުމުރުން 54 އަހަރުގެ އަންހެން މީހާ އަދިވެސް ހޭނާ ނާރާ ކަމަށް އެމީހާ ބުންޏެވެ.

އެ ތިން މީހުން ވެސް އިންޑިއާއަށް ދިޔައީ ބޭސްފަރުވާ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Anonymous

    ދިވެހިންގެ އަތުން އިންޑިއާ އަށް ފައިސާ ހޯދަން ކުރި ކަމެއް ކަމަށް ވެދާނެ.

    95
    84
    • ސަމްސިއްޔާ

      އެެއްވެސް މަޖަލެއް ނޫން

  2. ޑޖދހެ

    ދަންވަރު ދަތުރު ކުރުން ގޯސް.
    ދިގުދަތުރު ބޭސްވަރުވާއަށް ކުރަނީ ޚަރަދު ކުޑަކުރަން. ސަރުކާރުން އެދެވޭ އެހީއެއް ލިބޭނަމަ ހަމަޖެހިލައިގެން ދަތުރުކުރެވޭނެ.

    48
    14
    • ގ

      ދަންވަރު ކުރިޔަސް ކާރު ޔޫ ޓާން ނަގާފަ ޖައްސާކަށް ނުޖެހޭ ދޯ؟

      37
      1
  3. ޖުއްބާ

    ދިވެހިން ކަމެއްވާއިރައް އިންޑިޔާއައް ނުގޮސް، އަމިއްލަ ގައުމު ތަރައްގީކުރަން އުޅުނިއްޔާ ރާއްޖެއައް މާފައިދާވާނެ. އިނޑިޔާ ސަރުކާރު ދިވެހިންދެކެ އެހާ ރުޅިއަންނައިރު ކީއްކުރަން އިންޑިޔާއައް ދަނީ....

    99
    53
    • ޙަސަން

      ކަލޭ އަށް ވެސް އެކަހަލަ ކަމެއް ވީމަ އެނގޭނީ .. ކީއްކުރަންކަން އިންޑިއާ އަށް ދަނީ
      ލައްކަ ވާހަކަ..

      38
      4
    • އާސަންދަ

      އިންޱިޔާ ދަނީ ރާއްޖެ އިން ރަގަޅު ބޭސް ފަރުވާ ނުކުރެވޭތީވެ

      13
      2
  4. އައިމަން

    ޔޫޓާން ނެގުމަށްފަހު ފަހަތުން އައިސް ޖެއްސީމަ ސުވާލު އުފެދޭ، ބަދަލު ހޯދަން ކޯޓަށްދާންޖެހޭ

    96
    4
  5. ލޯބި

    ތީ ދިވެހިންނަށް އަމާޒު ކޮށް ހިންގާފައިވާ ޓެރެރިސްޓް ހަމަލާއް.

    109
    11
  6. ކާޕެޓް ވަގު

    ދިވެހިން އިންޑިއާ!!! ވިސްނާލުން މުހިންމުު...

    67
    6
  7. ތިމަންނަ

    އަވަސް ޝިފާއަކަށް އެދެން

    137
    4
  8. މީނަ

    ސުބުހާނަﷲ. އަވަސް ޝިފާއަކަށް އެދެން

    82
    2
  9. ިސައިކަލްމީހާ

    شفاك الله

    73
  10. ރަޒީނާ

    ޒަޚަމްވި މީހުންނަށް ޝިފާދެއްވަވާ އާއިލާތަކައް ކެއްތެރިކަން ދެއްވަވާށި!އާމީން

    95
  11. ެއަހުމަދު

    އަވަސް ސިފައަކަށް އެދެން ރަހުމަތް ލަވާށިއެވެ އާމީން ޔަރަބަލްއާލަމީން

    37
  12. ރާރާ

    شفاك الله

    13
  13. އޭ އާރ

    އިންޑިއާ އައުޓް.

    9
    2
  14. ކުޅިކަނބިލި

    ޑްރައިވަރަށް ކަމެއްނުވޭތަ ސުވާލުއުފެދޭ

    10
  15. Anonymous

    ކީއްކުރަންބާ ކޮޗިންގެ ހޮސްޕިޓަލް އަށްދައްކަންޏާ ޓްރިވެންޑްރަމްގަ ތިބެނީ ހާދަދުރުވާނޭ މާރަނގަޅު ވީސްކަންނޭންގެ ކޮޗިން އިން ހޮސްޕިޓަލް ކައިރި އަގުހެޔޮތަނެއް ހޯދިނަމަ ސަބަބަކީ އެއީ އިންޑިއާ ތިން އަންހެނުން އެކަނި ބިރުވެރި ދޯ އެހާދިގު ދަތުރު ރޭގަނޑު ދަންވަރު ކުރިން އެހާމީހުން ގޯސްވާނެ ރަނގަޅަށްވިޢްޔާ ތި ކާރުދުއްވަންއިން މީހާ ޢާއި އަނެއްކާރުގަ އިންމީހާޢާ ދެމީހުން ރާވައިގެން ކުރިކަމެއްކަމަށްވާނީ ވަރަށް ދެެަކަމެއް

  16. މެސީ1

    މި ގައުމުގަވެސް އިންޑިއާގެ އެތަކެއް ރައްޔިތުންނެއް އެބަތިބި، އަދި ކާރުވެސް އެބަހުރި ގެޅެން ނުހަދާތި