އެމްޕީއެލް އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ފެބްރުއަރީ ހަތް ވަނަ ދުވަހުގެ ހަވީރު ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން މާރާމާރީ ހިންގި މަައްސަލަައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މެޗުގެ ކުޅުން ދެވަނަ ހާފްގެ 81 ވަނަ މިނެޓުގައި ހުއްޓާލިއިރު، 3-1 އިން ކުރީގައި އޮތީ ވިކްޓަރީއެވެ. މެޗު ހުއްޓާލީ ދެ ޓީމުގެ ދެ ކުޅުންތެރިއެއް ދޭތެރޭ ހިނގި ހަމަނުޖެހުމަކަށް ފަހު، ދެ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ މެދުގައި ވެސް ހަމަނުޖެހުން ބޮޑުވެގެންނެވެ.

ފަހުން އެ މެޗްގެ ބާކީ ބައި ވަނީ ކުޅެފައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގަލޮޅު ދަނޑުގައި ހިނގި މާރާމާރީގެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަަލައާ ގުޅިގެން އިއްޔެ ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި ދެ މީހުންގެ މައްޗަށްވެސް ކުރެވެނީ މާރާމާރީ ހިންގުމާއި، ބިރު ދެއްކުމާއި، އިންޒާރު ދިނުމުގެ އިތުރުން، އާންމު މަސްހަލަތަށް ގެއްލުން ހުރި އަމަލެއް ހިންގުމުގެ ތުހުމަތެވެ.

މި މައްސަލައިގައި ހިމެނޭ ދެ މީހުންގެ ބަންދަަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.