ހުޅުމާލޭގައި ކަސްރަތަށް ނުކުމެ އުޅުނު އަންހެނަކު ކަރުގައި އޮތް ރަން ފަށް ފޭރިގެންފިއެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަޔާން މުހައްމަދު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު ހެނދުނު 6:15 ހާއިރު ހުޅުމާލެ ކްލޭ ސްޓޫޑިއޯ ކައިރިން އޭނާ ދުވެފަ ދަނިކޮށް ސައިކަލުން ދެ މީހަކު އައިސް އޭނާ ބިންމައްޗަށް ވައްޓާލި ކަމަށެވެ. އެއަށްފަހުގައި ކަރުގައި އޮތް ރަން ފަށް ފޭރިގަނެގެން ގޮސްފައިވާ ކަމަށް އެމީހާ ބުންޏެވެ.

މަޔާން ބުނީ މި މައްސަލަ ހަމަ އެވަގުތު ހުޅުމާލޭ ޕޮލިހަށް ހުށަހެޅި ކަމަށެވެ.

މީގެ އިތުރުން މި ފަށް ވިއްކަން ނުވަތަ މީހަކު އަޅައިގެން ހުއްޓާ ފެނުނަސް އޭނާ އަށް އެންގުމަށް މަޔާން ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މާޅެ ސަރަހައްދުގައި ފޭރުމުގެ ތަފާތު ހާދިސާތައް އަބަދުވެސް ހިނގައެވެ. އެފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުން ވެސް ދަނީ މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ބާސިތު

    ފަތިސް ގަޑީގެ ފޭރުން އިންތިހާޔަށް ގޮސްފަ މިހާރުމިވަނީ މިދިޔަ ހަފްތާގަވެސް މާލޭގަ މަސްމާރުކޭޓުސަރަޙައްދުން 3 މީހަކު ވަނީ ބޭރުމީހެއްގެ ގައިގައި ވަޅިޖައްސައިގެން ފޭރިފައި ، މަގުމަތި ބަލަހައްޓާ ޕޮލިހުން މިޔަށް ވުރެ ޒިންމާދާރުވާން އެބަޖެހޭ ، އެހެންނޫނީ ދެން ރައްޔިތުން ނިކުމެއެމީހުން ހަނާއަރުވާލަން ޖެހިދާނެ

    20
    0
  2. ެަހުސެން

    ސަދޫމް ޕޮލިސް

  3. ަަަައ

    ފަތިސް ގަޑިތަކުގަ ފުލުހުން ޕެޓްރޯލަށް ނުކުންނަލެ މަދު!

    16
  4. ހުސެން

    ފުލުހުން އެއީ ނަމަކަށް ކޮބާތޯ އަގުބޮޑު ކެމެރާތަށް...ދެރަކަމެއްދޯ ..ގަދަމީހާ ގަދައީތޯ

    15
  5. ކޮރަލް

    ކުއް ކުރުން އާއްމު ވެއްޖެ އެވެ. އިންތިހާބެއް އޮތީމަ އަޅައެއް ނުލަ އެވެ.

    13
    1
  6. ޖޯކަޜޭ

    ގައުމުގެ ހާލަތު މިނިކާވަގުންގެ އުސޫލު، ...ކޮބާ ރައިތުމީހާގެ ރަށްކާތެރިކަން،؟؟؟!!!

    13
  7. އިއްބެ

    ހުޅުމާލެއިން ފޭރުމުގެ ކަންތައްތައް މިހާރު އިންތިހާއަށް ގޮސްސި އަތް ނުފޯރާ ފަށުގައި ހުޅުމާލޭ ފުލުހުންނަށް މައްސަލައެއް ހުށަހަޅައިގެން ވާކަމެއް ހަރާން. ކުރިން ދުވަހަކުވެސް ހުޅުމާލޭ ސެންޓްރަލް ޕާރކްގެ ވަން ސެންޓްރަލްއާއި ދިމާލުން އައި މީހަކު އަހަރެންގެ ދައްތަގެ ފޯން ފޭރުމުންވެސް ފުލުހުންގެ ހަބަރެއް ހިލަމެއް އަދި މިހާތަނަށް ނުވޭ. ނިކަމެތިންގެ މައްސަލައެއް ނުބަލަދޭނެ. ތިކަންވެސް ދާނީ ޗޮކުން

    17
  8. ޖާބެ.

    ކޮބާ މިއޮތި އަމިއްލަޔައް ހަތިޔާރުނަގާ ދަރަޖަޔައް މިދަނީ ކަންކަން

    17
  9. ޚަދީޖާ

    ކޮމެންޓްކުރާ ގިނަ މީހުންނަށް ދިވެހިބަހުން ރަނގަޅަށް އެއްޗެހި ލިޔަން ނޭނގުމަކީ ކުޑަ ހިތާމައެއްތޯ؟ މި ލިޔުމަށް ކޮމެންޓްކޮށްފައި ހުރި ގިނަ މީހުންގެ ކޮމެންޓްތަކުގައިވެސް ލިޔުމުގެ ކުށް އެބަހުރިކަން ފާހަގަކުރެވޭ.

    2
    6
    • ކޮމެންޓް

      ކަލޭ ހާދަ މަޖަލޭ ދޯ

  10. ހެހެ

    ފަށް ކީއްކުރަން މީހުންގެ ގޭދޮށުގައި ހުންނަތަކެތިވެސް ހަމަ އަހާލުމެއްނެތި އތިބަ ގެންދަނީ ، ހާއްސަކޮށް ދަގަނޑުފަދަތަކެތި

  11. ބުޅާ

    މަޝްހޫރުވެލަނީ މަޖިލިސް އިންތިހާބަށް

    5
    1
  12. މޕސ

    ޓު ޕްރޮޓެކްޓް އެންޑް ސާތވް ދަ ގޭންގްސް އޮންލީ