ޑޮލަރުގެ ވިޔަފާރީތަކުގައި ވެސް ގިނަ އަދަދަކަށް ބިދޭސީން އުޅޭކަން ފާހަގަކުރެވޭ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވިދާޅުވެއްޖެއެވެ.

ސިޓީތަކާއި އިދާރާ ދާއިރާތަކާ ބެހޭ ވުޒާރާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައްމާން ވިދާޅުވީ އޭޓީއެމްތައް ކައިރީގައި ވެސް އަދި ވައިބަރ ގްރޫޕްތައް ހަދައިގެން ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރީ ކުރުމަށް ބިދޭސީން އުޅޭ ކަމަށެވެ.

"ޑޮލަރުގެ ވިޔަފާރީގައި ގިނަ އަދަދަކަށް ބިދޭސީން އުޅޭކަމަށް ފާހަގަކުރެވެނީ، އޭޓީއެމްތައް ކައިރީގައި ވެސް ބިދޭސީން އުޅޭ، އޭޓީއެމް ނޫނަސް ވައިބަރ ގްރޫޕްތަކުގައި ވެސް އެބަ އުޅޭ ގިނަ އަދަދަކަށް ކަޅު ބާޒާރުގައި ޑޮލަރު އަދި އެހެނިހެން ފޮރިން ކަރަންސީ އެކްސްޗޭންޖް ކުރާ މީހުން ވެސް" ޝައްމާން ވިދާޅުވިއެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނިކޮށް އަތުލައިގެން ހަތް ބިދޭސީން ޑީޕޯޓްކުރުމާއި ގުޅޭގޮތުން ޝައްމާން ވިދާޅުވީ އޭގެ ތެރެއިން ބައެއް މީހުން މިހާރު ޑީޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ލިޔެކިޔުންތައް ނެތް މީހުންގެ ޓްރެވަލް ޑޮކިިއުމަންޓްތައް ހައްދަން އެމްބަސީއަށް ފޮނުވާފައިވާ ކަމަށެވެ. ޝައްމާން ވިދާޅުވީ ޑީޕޯޓް ކުރި މީހުން އަދަދު ފަހުން ހާމަ ކުރައްވާނެ ކަމަށެވެ.

އިމިގްރޭޝަނުން އެ ބިދޭސީން އަތުލައިގެންފައިވަނީ މީގެ ދެ ހަފްތާ ކުރިން ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނަކީ އާންމުންގެ ޝަކުވާ އާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އެ ބިދޭސީންނަކީ ހުއްދަ ނުނަގާ ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ބައެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަތުލައިގަނެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތް މީހުންގެ ތެރެއިން އެއްބައި މީހުންނަކީ ދޫކޮށްފައިވާ ވިސާއާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބައެއް ކަމަށާއި އަނެއް ބައި މީހުންނަކީ ސައްހަ ވިސާ ނެތް މީހުން ކަމަށެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން އޭރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކުުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީންނާއި ރާއްޖޭގައި ހުއްދަ ނޫން ގޮތެއްގައި ވިޔަފާރި ކުރާ ބިދޭސީންގެ އަދަދު އިންތިހާ އަށް ވަނީ އިތުރުވެފައެވެ. ގަވާއިދާ ހިލާފަށް އެތައް ހާސް ބިދޭސީންނެއް ރާއްޖޭގައި އުޅޭ އިރު ސަރުކާރުން ވަނީ މިކަން ހައްލު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެފަދަ މީހުން އަނބުރާ ގައުމަށް ފޮނުވައި ގަވާއިދަށް ފެއްތުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފސދސ

    ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނިކޮށް އަތުލައިގަތް 7 ބިދޭސީންގެ ތެރެއިން ޑީޕޯޓް ކުރި މީހުން އަދަދު ފަހުންވެސް ހާމަނުކުރެވޭނެއެވެ. މިކަމުގެ ބޭނުމަކީ މަޖްލިސް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުން ކަންކުރާކަން ރައްޔިތުން ގުބޫހެއްދުމަށްޓަކައި ދެއްކުމެވެ. އެކަވެސް ޑީޕޯޓެއް ނުކުރެވޭނެއެވެ.މިޝައްމުން ކުރާނީ އެބޭރުމީހުންނެވެ. ހަގީގަތަކީ މިއީއެވެ. އޮޅުވާލެވޭނީވެސް ސިއްރުން ހިނގާކަންކަން ނަމަތާއެވެ. މިވެރިން ވައްކަން ކުރަނީ ރޯމާދުވާލުގައެވެ. ނޫސްވެރިޔާ މީނާކާރިން ޑީޕޯޓްކުރީ ކިތައްމީހުންތޯ ސުވާލުކުރުމުންވެސް މީނާއަކަށް އެޖަވާބު ދޭން ޖެހިލުންވީއެވެ. މީނާ ޖަވާބުދިންނަމަ އިމިގްރޭޝަނުގެ ތެރެއިން އެކަން ވެރިފައި ކުރާނެކަން އެގޭތީ ޖެހިލުންވީއެވެ. ދިވެހިންނޭވެ. އެންމެ ގޮޑިގަޑެއްވެސް ސަރުކާރަށް ތާއީދުކުރާ ފަރާތަށްދޭން ހެޔޮނުވާނެއެވެ. މިހާރު ފުށިދިއްގަރު ކަނޑުއަޑީގެ ޑިޒައިނިން ކުރަން ބަޔަކާ ހަވާލުކުރަނީއޯ. އަޅެ މީބޯގޯހެއްތަ

  2. ދސަ

    ތިކަން ނޭގެނީވެސް ކަލޭމެނަށް. ތިކަން ހައްލުކުރަން ވެރިކަމަށް އަރާތިބެ އޭރުވެސް ކީއެތި ތިކިޔަނީ. ވެރިކަމަށް އައީ 14 ހަފްތާ ތެރޭގައި ހުރިހާ ކަމެއް ކުރަން ވައުދުވެގެންތާ. އެސަރުކާރުން ގައުމު ދަވާލިކަމާއި ތިމަންނަމެންގެ ވެރިކަމެއްގައި ރައްޔިތަކަށް ސިއްރުކުރާނެ އެއްކަމެއްވެސް ނޯންނާނެކަމަށް ގޮވި ގުރޫޕް ވެރިކަން ލިބުނީމާ މިގައުމުގައި އިމިގްރޭޝަން އުސޫލާއި ހިލާފަތް ދިރިއުޅެމުން ފާޅުގައި މަގުތަކުގައި ޑޮލަރުގެ މުއާމަލާތްކުރަން ގެންދަނިކޮށް ހައްޔަރުކުރި ކަމަށް ކަލޭމެން ބުނި މީހުން ޑީޕޯޓްކޮށްފިތޯ ސުވާލުކުރުމުން އެވަރުވެސް ހާމަވާން އޮތީ މުއިއްޒުކުރެން ހުއްދަ ހޯދުމަށްފަހު މުއިއްޒު މޯދީއަށްގުޅާ ހުއްދަލިބުމުންތޯއެވެ. ވަރަށް ފޯހިވެއްޖެ