ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަދަ އަނިޔާވެރިންނަކަށް ދެން މިގައުމަކުން ޖާގައެއް ނުލިބޭނެ ކަމަށާއި، މި ސަރުކާރުން އަނިޔާވެރިނުވެ، ކަންކަންދާނީ އިންސާފުވެރިކަމާއެކު ކަމަށް ރައީސްގެ ހާއްސަ އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޕީއެންސީގެ ފަރާތުން މަޖިލީހުގެ ހުޅުދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ އެމަނިކުފާނަކީ ވެރިކަމުގައި ހުރެ ގައުމަށް ޣައްދާރުވެފައިވާ މީހެއް ކަމަށެވެ. އަދި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް އަނިޔާވެރިވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ހަރާންކޯރުވީ. އެހެންވީމަ އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެން ދުލެއް ނުކުރައްވާނަމޭ ދެނެއް އިތުރަށް އެކަން ތަކުރާރުވާކަށް. އަޅުގަނޑުމެން މިއީ ދިވެހީން. އަޅުގަނޑުމެން ގައިގައި މި ހިނގާ ދިވެހި ލޭ ހިނގާހާ ހިނދަކު އިބްރާހިމް މުހައްމަދު ސޯލިހުމެން ކަހަލަ އަނިޔާވެރިންނަކަށް ދެން މިގައުމުގެ ފަސްގަނދަކުން ޖާގައެއް ނުދޭނަން. ވަރަށް ކެރިގެން މިދަންނަވަނީ، ބޭނުންހާ ގޮތަކަށް މިގައުމަކު ނޫޅެވޭނެޔޭ. މިއީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް އެމްޑީޕީގައި ވެސް ޕީއެންއެފްގެ ވެސް ގައުމެއް ނޫން." އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޑރ މުއިއްޒުއަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއްކަމަށް ސިފަކޮށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދެއްކި ނަމަވެސް ރައީސް މުއިއްޒުއާއި އެއްވަރަށް ތެދުވެރިކަމާއިއެކު ވެރިކަން ކުރުމުގެ ނިޔަތުގައި ރައީސްކަމަށް ވަޑައިގެންނެވި މީހަކު ރާއްޖޭގެ ތާރީހުން ފެނިފައިނުވާކަމަށެވެ.

އޭގެ އިތުރުން ރައީސް ޑރ. މުއިއްޒަކީ ރައްޔިތުންނަށް އަނިޔާވެރިވާނެ މީހެއް ނޫންކަމަށާއި އެމަނިކުފާނު އިންސާފުވެރިވާނެ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

"ބަޔަކު މީހުންނަށް ހީވާނީ އެ މީހުން ވެރިކަމުގައި ރައްޔިތުންނަށް އަނިޔާވެރިވީމާ ދެ ތިބޭ މީހުން ވެސް އަނިޔާވެރިވާނޭ ކަމަށް. އެކަމަކު ދަންނަވަންތޯ، އަޅުގަނޑުމެން އަނިޔާވެރިއެއް ނުވާނެ، އެކަމަކު އިންސާފުވެރިވާނެ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅޭ ގޮތުން ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅަށް ވެސް ރައްދުދެއްވައިފައެވެ. އެގޮތުން އަދުރޭ ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ސަރުކާރުން ރައްޔިތަކަށް ދީފައި އޮތް އެއްޗެއް އަތުނުލައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންގެންދަވާ ކަމަށާއި އެ ދެއްވި ތަނަކު އެ ދެއްވި އެއްޗެއް ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި ކަމަށެވެ.

އަދުރޭ ވަނީ ކުރީ ސަރުކާރުގެ ދަރަނިތަކުގެ ވާހަކަ ވެސް ދައްކަވައިފައެވެ. އެގޮތުން ދައުލަތުގެ ހަޒާނާ ދޮވެލީ ހުރިހާ ރައްޔިތުން ކުރިމަތީގައި ކަމަށާއި އަދި ދައުލަތުގެ ރިޒާވްގައިހުރި 900 އެއްހާ މިލިއަން ޑޮލަރަށް ވީނުވީތަން ވެސް ނޭނގޭ ކަމަށް ވިދާޅުވެފައެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މަޖިލިސް އިންތިހާބާ ގުޅިގެން އަދުރޭ ވިދާޅުވީ ވޭތުވެދިޔަ ދައުރުގައި މަޖިލީހުގައި ތިއްބެވި މެމްބަރުން ގައުމުގެ ހާލަތު ދަަށަށް ދިޔައިރުވެސް ފެންމަތިވަމުންދާ މައްސަލަތަކާއި މެދު ބަހެއް ވެސް ބުނެފައިނުވާކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ވަކާލާތު ވެސް ކޮށްފައިނުވާ ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތު ބޭނުންވަނީ، ރައީސް ޑރ. މުއިއްޒުއަށް ރައްޔިތުން އެދޭ ގޮތުގެ މަތިން ވެރިކަން ކުރެއްވުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ހަންޑިކުޑަ

    ކޮބާތޯ ކޮބާތޯ ކޮބާތޯ ރަޢީސް ޔާމީން! މިނިވަންވީތޯ! އެމަނިކުފާނު އިނގިލި ކުރީގަ ލައިގެންތޯ ހުވާ ކުރަން ވަޑައިގަތީ! ހަމަ ހެދެނީ ހުސް ބުޙުތާނު ދޮގު! ރައްޔިތުންނަށް ދެނީ ހުސް ބުޙުތާނު ދޮގު! ސޮރީ ނޯ ވޯޓު! ސޮރީ ސޮރީ ސޮރީ ސޮރީ ނޯ ވޯޓު!

    16
    2
    • ހނހ

      އަސްލު މިހާރު ޔާމީނު މިނިވަން ކުރަން ގިނައިން ގޮވާ މީހުންވަނީ އަދީބުލައްވާ ދޮގު ބަޔާނެއް ދީގެން ޖަލައްލާ ރިޔާސީ އިންތިހާބުން މަހުރޫމް ކޮއްލާފަ. މުއީޒު ބުނީ އިންސާފު ހޯދާދޭނީ ކޯޓްތަކުންނޭ. ޖޭއެސްސީ އެމްޑީޕީ ބާރުއޮތް އިރު އެއީ ވާނޭކަމެއް ނޫން ހިސާންއާ ހުސްނުއް ސުއޫދު މެންތިއްބާ އެމީހުން ބަލާނެ މުއީޒައް އެކަން ނުކުރެވޭ ގޮތެއް އޮއްތޯ ނުވަތަ ކުރަން އުޅެއްޖެޔާ ބުނާނެ ނުފޫޒު ފޯރުވަނިެްޔޭ. މިހާރު ވެސް މަޖިލީހުން ފެންނަމުންދަނީ އެކަހަލަ މަންޒަރު.

  2. ކައްޒާބު

    ތިޔަވިދާޅުވިވާހަކަ މުޅިން ދޮގެއްނޫން ނަމަވެސް
    އެއްޕާޓީ އެއްގައި ހުރިހާ މެންބަރުން ތަމުސީލު ކުރުމަކީ ހުރިހާ ނުބައި ކަމަކައް ވޭތުވެ ދިޔަ ތަނުން ފެނިގެން ދިޔައީ.

    4
    0
    • އަހަރެން

      މުއީޒު އިރާދަކުރެއްވިއްޔާ ތެދުވެރިވާނެ ކުރިން ތެދުވެރި މީހަކު ނާދޭ އެއީ ތަފާތަކީ

      11
  3. ނަނަނަނަ

    ގުޅާދެވެންދެން މަޑުކޮއްލައްވާ
    ތިފަރާތުން އަނިޔާވެރިވެފާވާކަން އެފަރާތަށް އިނގޭ

    12
    1
  4. ލަދު

    ގުދޯގުދޯނުގޮވާ އެމްޑީޕީއޭ ކިޔާފަ އަނގަހުޅުވޭ ފެންވަރުބައެއްނޫން ތީ އެމީހުންހޭވި ހަޑިއެއްވިއްޔާ ތިމީހުންވެސް މިދަނީ ކުރަމުން.

    18
    2
  5. ގޮނޑިކޮޅު

    މިސަރުކާރުން ވަޒީފާދެނީ އިލްމަކަށް ބަލާފައެއްނޫން، ގާބިލުވެގެނެއްވެސް ނޫން، ހިތަށްއެރި ބަޔަކަށް ވަޒީފާ ބަހާލަނީ ވަޒީފާއަށް އެޕްލައިކޮއްގެނެއްވެސް ނޫން، ވެދުމަށް އަރުވަނީ އިނގޭތޯ އެކަމަކު ނަންވާނީ ހައިވަކަރުއޮޑި، ތިމާމެންނަކީ މާ މައުސޫމުބައަކަށް ވެގަނެގެން ރައްޔިތުން ގުނބޯ ހައްދަން އުޅެނީ، ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އާދެވުނީ

    14
    1
    • ހަމްދު

      އަބަދުވެސް އެމްޑީޕީން ބަލާތި ދޮގެއް އޮތިއްޔާ ހެދޭތޯ. ކަންކަން ހަގީގަތް ނޭނގޭ މީހުން ގަބޫލްކޮއްގެން ބަޔަކު މަގު ފުރެއްދޭތޯ. އަބަދުވެސް އެމްޑީޕީ އިދިކޮޅުގަ އޮންނައިރު ދޮގުއިލްޒާމު އެޅުވުމާއި މުޒާހިރާ ކުރުމާއި މަސްލަހަތު ނަގާލުން ކަހަލަ ކަންކަން ކުރަން ވަރައް ފަރިތަވާނެ

      0
      6
    • ހައްގު ތެދު

      ނިމިދިޔަ 5 އަހަރު އެމްޑީޕީން މަޖިލީހުގެ މެޖޯރިޓީއާ އެއްކޮއް ވަނީ ކޮރަޕްޝަނާ ވައްކަން އާމުކޮއްފަ އަދި ރިޝްވަތު ގޮތުގައި ވަޒީފާއާ ރުފިޔާ ބަހާ ޖަލުގެ ތިބި ބޮޑެތި ކުއްވެރިންވަނީ ވޯޓްދޭ މަތިން ދޫކޮއްލާފަ. މިހުރިހާ ކަމެއް ރަނގަޅައް ތަހުގީގު ކޮއްފަ ފިޔަވަޅު އަޅާފިއްޔާ އެމްޑީޕީ މަތީ ފަޑީ އެކަކު ވެސް ސަލާމަތެއް ނުވާނެ

      0
      4
  6. ކެރެޓްއަސާރަ

    ބަސްމަދުކޮށް އަމަލުން ދައްކާނަން އިރާދަކުރެއްވިއްޔާ އިންތިހާބު ބޮޑުތަނުން އިދިކޮޅު ކާމިޔާބުކުރާނެ.

    12
    1
    • ހަގީގަތް

      5 އަހަރު މަޖިލީހާ ހުރިހާ ބާރަކާ އެއްކޮއް އެއްކަމެއް ވެސް ނުކޮއްދީ 3 މަސް ނުވާ ސަރުކާރަކާ ދިމާލައް ކިޔަނީވެސް އެމީހުން ނުކޮއްދީ ދިޔަ ކަންތައް ނުކޮއްގެން އުޅޭ ވާހަކަ ވެސް. ދެން ގޯސްކޮއް ކުރިކަމެއް ވެސް ނުދެއްކޭ

  7. Anonymous

    ރޯ މަނ އޭތޯ ކީކޭތޯ ބޭފުޅާ ތިކިޔަނީ މިރޯދަމަހު.

    7
    1
  8. އާމީން

    ވެރިކަންދެއްވީވެސް ﷲ. ގެންދަވަން އެކަލާނގެ އިރާދަކުރައްވައިފިއްޔާ ގެންދަވަނެ! އަނިޔާވެރީންގެ ދުއާއަށް ބިރުވެތިވޭ! ފަހުދިހައިގާ މިސަރުކާރުގެ އަނިޔާވެރިކަމަށް ބަދަލުދެއްވުމަށް އެދި ދުއާކުރަންވީ! ޔާމީނުއަށް އަނިޔާވެރިވެއްޖެ! ހަގީގީ ސަޕޯޓަރުން ބާކީކޮށް ބޯވަތަކާ ގުޅިއްޖެ! މިވެރިކަން ނައްތާވާށި!

    14
    1
    • ހނހ

      އަސްލު މިހާރު ޔާމީނު މިނިވަން ކުރަން ގިނައިން ގޮވާ މީހުންވަނީ އަދީބުލައްވާ ދޮގު ބަޔާނެއް ދީގެން ޖަލައްލާ ރިޔާސީ އިންތިހާބުން މަހުރޫމް ކޮއްލާފަ. މުއީޒު ބުނީ އިންސާފު ހޯދާދޭނީ ކޯޓްތަކުންނޭ. ޖޭއެސްސީ އެމްޑީޕީ ބާރުއޮތް އިރު އެއީ ވާނޭކަމެއް ނޫން ހިސާންއާ ހުސްނުއް ސުއޫދު މެންތިއްބާ އެމީހުން ބަލާނެ މުއީޒައް އެކަން ނުކުރެވޭ ގޮތެއް އޮއްތޯ ނުވަތަ ކުރަން އުޅެއްޖެޔާ ބުނާނެ ނުފޫޒު ފޯރުވަނިެްޔޭ. މިހާރު ވެސް މަޖިލީހުން ފެންނަމުންދަނީ އެކަހަލަ މަންޒަރު.

  9. މާކަނާ

    މިއީ މުއިއްޒު އާއި އަދުރޭއާއި އެމީހުންގެ އާއިލާއާއި ގާތްތިމާގެމީހުންގެ ގައުމެއް! އެމީހުންގެ ތަރިކަ މުދާ! އެހެންކަމަށްތަ ހީކުރީ. މިއީ ރައްޔިތުންގެ ގައުމެއް. ތިބުނާ ޕީއެންއެފް އަދި އެމްޑީޕީގައިވެސްތިބީ ދިވެހި ރައްޔިތުން. މާބޮޑަށް ރުޅިއަރުވަން ނޫޅޭ މިއޮތް މާތް މައްސަރުގަ ޕްލީސް

    11
    0
    • ރާބޮނދި

      މާކަލާ ރުޅި ނާއްނައްޗޭ. ގާދޫ ބަނދަރަށް އެލޯންގސައިޑް ކޮއްލެވިދާނެ

  10. ހަސަން

    އަބުދުއްރަހީމު ހުރިހާ ޖަރީމާއެއް ހިންގަނީ. މުއިއްޒު ކުރާހާވެސް ކަމަކީ އެޕްރޫވަލް ދިނުން. ދެން މާ އިނޮސެންޓު މީހަކަށް ވާންވެގެން ﷲ ގަންދީ ހުވާކުރަނީ ތިމަންމަނިކުފާނުމީ ވަލީވެރިއެކޭ

    12
    2
    • ހަމްދު

      ކުރީ ކޮންޖަމެއްތޯ ގޯސްކޮއް ނުދެއްކޭނެ އެއްކަމެއް ވެސް ކިޔާނީ ހަމައެކަނި ފްލެޓް ދިނުން ލަސްވި ވާހަކަ އެއީވެސް ބަޔަކު 5 އަހަރުން ދޭން ބުނެގެން ނުދެވިފަވާ އެއްޗެއް މަކަރު ހަދައިގެން ރޮޒޭމެންނައް ދޭން އުޅެނިކޮއް އެންޓިކޮރަޕްޝަނުން ހިފެހެއްޓީ. މިސަރުކާރުގަ ހަމައެކަނި ހިގާނީ މުއީޒުގެ ބާރު

  11. ހިތަދޫމެދު

    އިންސާފޭކިޔަން ލަދެއްވެސް ނުގަނޭދޯ؟ ތިބުނާ އިބޫސޯލިހުއަކީ އަނިޔާވެރިއެއްނަމަ ރައީސް ނަޝީދު ޖަލުން މިނިވަން ނުކުރީސް. ކަލޭމެން ތިއުޅެނީ ޔާމީންއަބުދުލްގައްޔޫމުގެ ނަން ވިއްކައިގައިގެން ވެރިކަމަށް އައިސް އޭނާއަށް ކޮޅުކެހިދީފަ. ލަދުހަޔާތުގެ ކަންފުޅެއްވެސްނެތް.

    14
    • ހނހ

      އަންނިގެ ގޮޑިދައްކައިގެން ވެރިކަމައް އައިސް ޕާޓީން ބޭރުކޮއްލާ ރޮޒޭމެން ލައްވާ އެއްޗެހި ކިޔުއްވާ. އަދި ބޮންގޮއްވާ މަރާލަން އުޅުނު ވާހަކަ ވެސް ބުނީ އަންނި އެވަރު އަނިޔާއެއް ކޮއްފިއްޔާ ނުވާނެ ދޯ އަނިޔާ ކުރި ކަމަކައް

  12. Anonymous

    ރައީސް ސޯލިހު އެތިބީ އޭނާގެ ޕާޓީ މެންބަރުން ތިޕާޓީއަށް ވައްދާ އެޖެންޓުންނަށް ހަދާފަ. އޭނަގެ ބޮލުގާހުރި ތެތްކަމެއްވެސް މިސަރުކާރުގެ ބޮލުގައި ނެތީއޭ. ވިސްނާލަބަލަ ހަމަ ޓަސްލާފަ އެމްޑީޕީ ހާޑްކޯ ސަޕޯޓާސް ޕީއެންސީއާ ނުގުޅޭނެދޯ. މީގެ ތެދުކަން ހާމަވާނެ އޭރުންއޮންނާނީ ވަގުތުފާއިތުވެފަ

    8
    2
    • އިބޫބެ

      އިބޫ ސޯލިހު މޮޅުކަމުން ބައިކޮޅައް އަބަދުވެސް ގޯލް ޖަހަމުންދިޔައީ

  13. އ

    އެމްޑީޕީގެ ސަރުކާރުގައި އައްޑޫގައި ބުރުޖު އަޅަން އުޅެ ނޭޅުން. މިސަރުކާރުން ބުރުޖު އަޅާނެކަން ޔަގީންވީމަ ބުނަނީ އައްޑޫގައި އުޅެނީ 30މީހުންނޭ ފީސަބަލްއެ ނޫނޭ...

  14. ދަތްނެތްކުއްޖާ

    ބަލަ މިހިރަ ޓނ ! މައިތިރި ވެގެންހުރޭ! މިއީ ބަރަކާތުން ފުރިގެންވާ މަހެއް! މަމެން ލައްވާ އިނބަމެން މި ރޯދަމަހު ރޯ އއގރނ ގޮވަން އިނބަމެން ނާއި ދިމާލަށް ނޫލުއްވާ! ވ ސަލާން.

    5
    1
  15. ސަރަފަކައްދަ

    ސޮރީ ރައްޔިތުންމި ވެރިކަމެއް ބޭނުމެއްނޫން! މި ވެރިކަމަކީ އަދުރޭ އަށާއި އަދުރޭގެ އާޢިލާ އަށާއި އެކުވެރި ގާތް ތިމާގެ މީހުންނަށާއި ރަޙުމަތް ތެރިންނަށް ކޮއްދޭ ވެރިކަމެއް. މުލި އޮނޑީގައި ހަސަނުގެ ދެފައޭ ބުނާހެން މުލި ސަރުކާރުގައި އަދުރޭގެ މީހުން. ވ ވެދުން

  16. އއއ

    އެގޭނެބާ އަނިޔާވެރިވެވުނީމަ ؟؟ މިގައުމު 15 ދުވަހައް ދީނުގެ ނަމުގަ ބަންދުކޮއްގެން ގައުމު ހުއްޓުވާ ގައުމުގެ އިގުތިސާދީ ހަރަކާތް ތައް ހުއްޓުވުމަކީ ޝާމިލް އަނިޔާއެއް. !! ގަމާރުކަމާ ކަންފަސޭހަކަމާ ކުރާނެ ކަމެއް އޮތްކަން ނޭގި ތިބި ކަމުގެ ހެއްކެއް. !