ރާއްޖެ ބަނގުރޫޓުވީ އެމްޑީޕީން ނެގި ދަރަނިތަކުގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އީގްތިސާދު ކުރިއެރުވުމަށް ކަމަށް ބުނެ އެމްޑީޕީން ކުރި މަސައްކަތްތައް ހުރީ ހުރި ގޮތަށް ކަމަށާއި އޭގެ ބަދަލުގައި ބޮޑުވެގެންދިޔައީ އިންތިހާއަށް ދަރަނި ކަމަށެވެ.

އޭރު ސަރުކާރުން ދަރަނި ދައްކަން ސުކޫކު ބޮންޑު ވިއްކުމުން އަނެއްކާ ވެސް ރާއްޖެ ޖެހުނީ ދަރަނީގެ ދަންތުރައެއްގައި ކަމަށާއި ރާއްޖޭގެ އުފެއްދުންތެރިކަމުގެ 120 އިންސައްތައަކީ ދަރަނިކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ދަރަނި ދެއްކުމަށް ހޭދަވި ކަމަށް ވިދާޅުވިއެވެ.

"ސުކޫކް ބޮންޑް ވިއްކަން ފެށީ، ދަރަނި ދައްކަން ވެގެން އަނެއްކާ ދަރަންޏަށް ފައިސާ މި ނެގީ، ދަރަނީގެ ދަންތުރައިން ދިވެހިން އެއްގޮތަކަށް ވެސް ސަލާމަތްވާ ގޮތް ނުވީ. މިއަދު އުފެއްދުންތެރިކަމުގެ 120 ޕަސަންޓް ހުރީ ދަރަނީގެ މިންވަރުގައި. ދިވެހިންގެ ކަންކަމަށް ހުރި ފައިސާ މަދުވެއްޖެ، ދަރަނި އަލުން އަނބުރާ އެކުލަވާނުލެވި ދިވެހިންނަށް ތަނަވެސް ދިރިއުޅުމެއް ނެތް" ނަޝީދު ވިދާޅުވިއެވެ.

ގައުމުތައް ބަނގުރޫޓުވުމުން ބޯހިޔާވަހިކަމުގެ ވާހަކައާއި, އިޖުތިމާއީ ރައްކާތެރިކަމުގެ ވާހަކަ ވަރަށް ބޮޑަށް “ސޮއްސައިލައިގެން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އިގްތިސާދު ފުޅާކުރުމަށް ރަނަގަޅު ފިޔަވަޅުތަކެއް ނޭޅުމާއި މަސްވެރިކަމުގެ ސިނާއަތަށްވެސް ފައިދާވާނެ އެއްވެސް ބަދަލެއް ނިމިދިޔަ ސަރުކާރަށް ނުގެނެވި މަސްވެރިންނަށް ދޭންވާ ފައިސާކޮޅުވެސް ނުދެވުނު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކެޔޮގަނޑު

    ވަރަށް ރަނގަޅުވާހަކައެއް، މަނިކުފާނުވެސް އޭރުހުރީ އެމްޑީޕީގެ ބައިވެރިޔަކަށް

    32
  2. ޙެހެހ

    މީނަ ޒިންމާ ނަގާނެ ކަމެއް އެބައޮތްތަ ! 68 މެމްބަރުން މަޖިލީހުގައި ބައިތިއްބާގެން މިނިފޫހިފިލުވާ ، 5 އަހަރު އިންނެވިއިރު އިންނެވީ ހަމަބުއްދިއަކު ނޫންތޯ ! ޜައްޔިތުން އޭރުވެސް އެވާހަކަ ގޮވިއިރު ކަލޭ ކޮބާތޯ ! ޢިދިކޮޅު މަދުމީސްކޮޅެއް އެވާހަކަ ދެއްކީމަ ކަލޭމެން ގޮވީ ތީ ރައްޔިތުންގެ އަޑެއްނޫނޭ ނޫންތޯ !! 5 އަހަރު ވީއިރު އެންމެ ފަހަރަކުވެސް އެމްޑީޕީއިން ދަރަނި ނެގިވާހަކަ ދެއްކިންތޯ ! ދެއްކީވެސް ޗައިނާގެ ވާހަކައެކަނި !! އަޑުއިވޭ ޝައިނާތުވެސް ކުރާކަމަކީ މީހުންނަށް ނުބާކަންކަން ކުރަން ހިތްވަރުދީފަ ، އެންމެ ފަހުން ބުނެޔޭ ތިމަންނަ ތިކަމުގައި ބައިވެރިއެއް ނުވަމޭ !!! މީނަގެ ކިބައިން މިޤައުމު ސަލާމަތްކުރައްވާށި! ޢާމީން

    18
    • އިބޫ

      އެހެންވިމާ މިކަމުގައި އަންނި އަމަލުކޮށްފައި މިވަނީ ޝައިތޯނުވެސް ޢަމަލުކުރާގޮތަށް ކަން ވަރަށްބޮޑަށް ސާބިތުވޭ.

      11
  3. މުލު

    މޑޕ ގެ މާނަޔަކީ މޯލްޑިވުސް ޑޭންޖާ ޕާޓީ ގައުމު ދަރުވާލާ އިގްތިސޯދް ފުޑާލާ ގައުމުވިއްކާލަފަ މަޖްލީސް އިންތިހާބަށް ލާރި ޗާޕްކޮށް ތިޖޫރިތަށް ފަޅާ ބައްކޮށްގެން މިހާރު އެލާރިތަށް އެބަހަނީ އިސްދާއިރާ މޑޕ ޑުހާދު ކޮންތާކުން ނެރުނުލާރިއެއް މަޔަކު ބަފަޔަކީ ވިތަފާރިއެއް ކުރާބައެްއނޫން މީނަމީ ތަނެއްގަހުރި ބޮލުރޮއްޖެއް މޑޕ ވެރިކަން ނިމެން އުޅުނުއިރު ވައްކަންކޮށް އާރުޑީސީގެ ތިޖޫރިތަކުގެ ފޫ އިރު އިރުކޮޅާދޭ އެލާރި ބަހާހުސްކުރަނީ 11.8މ ކާއިލާގެން ގޮސް އެބަހަނީ ގައުމު އޮތީ ފޫދުއްވާލަފަ އަންނި އެބުނީ ރަނގަޅަށް

    12
  4. އަބްދޫ

    އެމްޑީޕީ އިން ނެގި ދަރަނީގެތެރޭ ތިބޭފުޅާ ނެންގެވި ޓީބިލް ވިއްކި ދަރަނި 16.5 ބިލިއން ރުފިޔާވެސް ހިމެނޭ 2008 ިނ 2012 އާއި ދެމެދު ތިބޭފުޅާ ގައިރުގާނޫނީ ގޮތުން ހަވާލު ވި ވެރިކަމުގަ ވެސް ރާއްޖެ ބަގުރޫޓް ކޮށްލި .ގައުމުގަ ހުރި ހުރިހާ ފައިސާއެއް ހުސްކޮށްލި ރިޒާވް ގަހުރި 254 މިލިއން ޑޮލަރު ހުސްކޮށްލި އަތޮޅުތަކާއި ރަށްރަށިގެ އެކައުންޓް ތަކާއި ރަށް ކުރިއަރުވާ ކޮމިޓީ ތަކުގެ ފައިސާ 20 ބިލިއން ރުފިޔާ ކައި ހުސްކޮށްލި ބިދޭސީން ޑިޕޮޒިޓް 1.2 ބިލިއން ރުފިޔާ ވެސް ކައިފި. އިސްތިއުފާދިނީ ފިނެންސއަށް 2.5 ބިލިއން ރުފިޔާ ގެ ބިލްށް ފައިސާ ދައކަންޖައްސާފަ. މުވައްޒަފުންގ މުސާރަނުދީ 800 މިލިއަން ރުފިޔާ ހިފަހައްޓާ . ގައުމު މިހާލަތަށް އައީ ތިބޭފުޅާ ގައުމަށް ދިންގެއްލުންތަކުގެ ސަބަބުން. ގުދޯގުދޯ ނުގޮވާ. ތިބޭފުޅާ އިސްތިއުފާ އައީ އައި އެމް އެފް އިން ރާއްޖެ ބަގުރޫޓް ވަނީއޭ ގޮވީމަ ތުރުތުރު އަޅާފަ.

  5. ހިކި ކިރު

    މަނިކުފާނުވެސް އަޑީގަ ހުރެގެން ރާއްޖެ ބަގުރޫޓު ކުރިއްޔޯ ރަށު ތެރޭގައި ކިޔާ!

    8
    0
  6. ހަސަން

    ބިރުފަހަނައަޅާގޮސް ތިބޭމީހުން ދައްކާކަހަލަ ވާހަކައެއްނޫން ތިދައްކަނީކީ މީގެކުރިން ޕޕމ މީހުންދެއްކިވާހަކައެއް ތިދައްކަނީ ބަލަ ނަސީދު ނޫންތައްތިބުނާ ދަރަނިނަގާބަނގުރޫޓު ކޮއްލިއިރު މޑޕގެ ރައީސަކީ ދުނިޔެއިންމޮޔަވީތަ ކިޔޭނުކިޔޭނޭނގިގެން އުޅެނީ އަދިމާގިނަދުވަސްތަކެއް ވީކީނޫންވިއްޔާ އެހެންނަމަތާ މީހުންހަނދާންވެސް ނެތޭނީ އިއްޔެގެވާހަކަ ފުކެއްބޮޑުވަރު ވެރިކަމާހެދި

  7. އޭނާ

    ކޮންމެފަދަނިޔަތެއްގަވިޔަސް ތެދެއްވާނީތެދަކައް. ބުނިވަގުތާ ނިޔަތްއެއީވަކިއެއްޗެއް.

  8. ލަތީފު

    މީނަވެރިކަން ނުވެގެންރުޅިގަނޑު ފަޅައިގެންގޮސްކިޔޭނުކިޔޭއެއް ނޭނގޭ

  9. ނެގުނުކަތީބު

    މިސޮރުވެސް އަބަދު ހަމައިން ނެއްޓިފައެއް ނުހުރޭދޯ؟