އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހއ. ދިއްދޫ ދާއިރާއަށް ވާދަކުރެއްވި ޕީއެންސީގެ ކެނޑިޑޭޓް އަބްދުއްލަތީފް މުހައްމަދު އެ ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.

ދިއްދޫ ދާއިރާ އަށް ތިން ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އެއީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އަބްދުއްލަތީފް މުހައްމަދާއި އާއި އެމްޑީޕީގެ ފަރާތުން އަބްދުﷲ ވަހީދާއި އަމިއްލަ ކެނޑިޑޭޓެއް ކަމަށްވާ މުހައްމަދު އަސްލަމެވެ.

މި ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރުގެ ކެންޑިޑޭޓަކީ ލަތީފެވެ. ލަތީފްވަނީ 1475 ވޯޓު ހޯއްދަވައިފައެވެ. އަބްދުﷲ ވަހީދަށް 974 ވޯޓު ލިބިވަޑައިގެންނެވި އިރު މުހައްމަދު އަސްލަމަށް ލިބިވަޑައިގެންނެވީ 152 ވޯޓެވެ.

2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވައި އެ ފަހަރު ލަތީފް ވަނީ ދިއްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފައެވެ. އޭނާ މަޖިލިހަށް ވާދަކުރެއްވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުދިނުމުން އަމިއްލަ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލިހުގައި އެންމެ ހަރަކާތްތެރިކޮށް އުޅުއްވި އެއް ބޭފުޅަކީ ލަތީފެވެ. އޭރުގައި މަޖިލިހުގައި ދިއްދޫ ދާއިރާގެ އަޑު ނީވޭ އިރެއް ނުދެއެވެ. މަޖިލިހުގައި އެންމެ ދޫހެލޭ، ބިލްތަކާއި އެކިއެކި މައްސަލަތަކަށް ވަކާލާތު ކުރެއްވުމުގައި އެންމެ ކުރީގައި މަސައްކަތް ކުރެއްވި މެމްބަރަކަށް ވާނީ ލަތީފެވެ. ލަތީފް ވަނީ ވަކި ހިސާބަކުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. އޭގެ ފަހުން ސިޔާސީ މަސްރަހު ހަލަބޮލިވެ، ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ނިންމުމުން ލަތީފްގެ ގޮނޑި ވެސް ގެއްލުނެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ، ޕީޕީއެމުން އޭނާ ވަކި ކުރުމާ ގުޅިގެންނެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހު އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފައިވެއެވެ. ފަސް އަހަރުގެ ދައުރު ހަމަވުމާ އެކު، 2019 ވަނަ އަހަރު ލަތީފް ވަނީ އަމިއްލަ ގޮތުން ދިއްދޫ ދާއިރާ އަށް ވާދަކުރައްވައިފައެވެ. އެކަމަކު، އެ ފަހަރު އޭނާ އަށް އެ ދާއިރާގެ ގޮނޑި ދިފާއު ނުކުރެއްވުނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުޙައްމަދު

    އެމްޑީޕީ ވެސް ބުނީ ސަރުކާރާއި އެއްކޮޅު މީހަކު ހޮވަން.. އެކަން އެގޮތައް ކޮށްދިނިން.. ނަމަވެސް ރަށުގެ ތަރައްގީއަށް މާބޮޑުކަމެއް ނެތް ކޮށްދެވިފައެއް.. އެހެންވީމާ މިފަހަރު ސަރުކާރާއި ދެކޮޅައް ހުރެ ކޮށްދެވޭނެ ކަމެއް ނެތުމާއިއެކު އަހަރެމެން މިފަހަރު މިހޮވީ ސަރުކާރާއި އެއްކޮޅު ކެނޑިޑޭޓެއް.. އުމީދު ކުރަނީ ތަފާތު ދައްކާނެކަމަށް..

    7
    0
  2. ޖެނިން

    މަރުހަބާ ލަތީފްބެ ! އެކަމަކު ލަތީފްބެ ވިސްނަންވަނެ އެންމެ ފަހުވަގުތު ސްޓޭޓް މިނިސްޓަރު ކަމުގެ ދަހިވެތިކަމުގަ ލަތީފްބެއާ ގުޅުނު މީހުނަށް