ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރެއްވުމަށް އެމްޑީޕީއިން ކުރި މަސައްކަތައް ރައްޔިތުން ވަނީ ބޮޑުތަނުން "ނޯ" ޖަހާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، ނިމިދިޔަ މަޖިލިސް އިންތިހާބުގައި ރައްޔިތުން ދިން ވޯޓަކީ ރައްޔިތުން އިންތިހާބު ކުރި ރައީސަކު އަޒުލު ކުރުމަކީ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫންކަން ދައްކުވާފައިވާ ވޯޓެއް ކަމަށެވެ.

ރައީސް މުއިއްޒުގެ ގާބިލުކަމަށާއި ދުރު ވިސްނުމުގެ ނަތީޖާގެ ސަބަބުން މިއަދު ތާރީހީ ކާމިޔާބީއެއް ހޯއްދައްވައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކާމިޔާބީ ހޯއްދެއްވީ ބޮޑެތި ގޮންޖެހުންތަކަކާ އެކުގައި ކަަމަށް ވެސް ވިދާޅުވިއެވެ.

"19 ވަނަ މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް އޮތުމުން ރައީސް އަޒުލުކަން ކުރި މަސައްކަތަށް ރައްޔިތުން ބޮޑުތަކުން ނޯ ޖަހައިފި." ޒަރީރް ވިދާޅުވިއެވެ.

ޒަރީޒް ވިދާޅުވީ ނިމިދިޔަ އިންތިހާބުގައި ރައްޔިތުން ރައީސް މުއިއްޒަށް "ޔެސް" އޭ ބުނެ، އެ މަނިކުފާނުގެ ފަހަތްޕުޅުގައިވާކަން ހާމަކޮށްފައިވާ ކަމަށެވެ.

"ރައީސް މުއިއްޒު ދިވެހި އޮޑީގައި ކައްޕިތާނަނަށް ހުރެ ވަނީ ތާރީހީ ކާމިޔާބީއެއް ހޯއްދައްވާފައި. ރާއްޖެ އުތުރާއި ދެކުނުން އަދި ހުޅަނގާ އިރުން ވެސް ފަހަތަކޮށް ރައީސް މުއިއްޒު ޕީއެންސީގެ ކެނޑީޑޭޓުން ވަނީ ސުޕަމެޖޯރިޓީ ހޯދާފައި. މިއީ މަލްޓި ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފްވެ ޕާޓީގެ ތެރެއިން އެންމެ ގިނައިން އެއް ޕާޓީއަކަށް ރައްޔިތުން ވޯޓު ދީގެން ހޮވި އިންތިހާބެއް." ޒަރީރް ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، އިންތިހާބުގެ ނަތީޖާއިން ހާމަވަނީ ރައީސް ޑރ. މުއިއްޒުގެ ފަހަތްޕުޅުގައި ރާއްޖެ ކުރިއަށް ގެންދިއުމަށް ދިވެހިން ތިބިކަން ކަމަށެވެ. އަދި ދިވެހިންގެ ރާއްޖޭގެ އޮޑި ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް ރައްޔިތުން ބޭނުންވާކަން ކަމަށެވެ.

އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ޒަރީރު ވަނީ އަމިއްލަ ގޮތުން ވާދަކުރައްވައި މަތިވެރި ދާއިރާގެ ގޮނޑި ދިފާއު ކުރައްވައިފައެވެ. ސަރުކާރުގެ ތާއީދާއެކު ވާދަކުރެއްވި ޒަރީރު ގޮނޑި ކާމިޔާބުކުރެއްވީ، ޕީއެންސީގެ ކެންޑިޑޭޓު އަބްދުﷲ ލުތުފީ އާއި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު އަސްލަމްގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފެރިފޭރި

    ހަނދަނުގައި ބަހައްތަންވީ މަނިކުފާނު ހޮވާފައި ތިޔަ ހުރީ ބަކުރުގެ ެކަނި ވޯޓަކުން ނޫން ކަން

  2. ޓިން

    ކަލެޔަކީ މޮޅުމީހެއް ފާއިސާ ހޯދަން އެކަމަކު ރައްޔަތުން ހަރާން ކޯރުވާމީހެއް

  3. ހާއްޕޭ

    ޒަރީރުއަކީ ނަފްސުގެ އަގެއް ހުރި މީހެއްނޫން. މުއިއްޒުގެ ވެރިކަން އައުމާއެކު ދަނޑިވަޅުބަލާ ބޮޑު އަގުގާއި ޕާޓީ ބަދަލުކޮށް، ޕީ.އެން.ސީ ޓިކެޓް ނުލިބޭނެކަން އެނގި ހިޔަޅު ވިސްނުމުން ދާއިރާގެ އެމް.ޑީ.ޕީ ކުދިންގެ ބޮލަށް ޗިޕުޖަަހާ، ފައިސާއާއި ވަޒީފާއާއި އަދިވެސް ގިނަ މާލީ އެހީ ކުދިންނަށް ބަހާއި އަމިއްލަގޮތުން ވާދަކޮށް މުއިއްޒުގެ ކެނޑީޑޭޓޭ ކިޔާ ފިތުނަވެރިކަމާއެކު މަކަރުވެރިކަމުން ގޮނޑި ދިފާއު ކުރި މަތިވެރި ދާއިރާއަށް ބޮޑު ހިޔާނަތް ތެރިއެއް. ޒަރީރު ނޫން ގޮތެއް އަދި މަތިވެރި ދާއިރާއިން ހޯދާނެ!

  4. ނަޝީދާ

    ޒަރީރަކީ ރަނގަޅު މީހެއް . އޭނަގެ ބޯ މަރުތޭލަކުން ޖަހާ ފަޅާލި ގައްބަރޭ އަށްވެސް މާފު ދިނީ . އެ އަތޮޅުގެ ފަޤީރު ޢާއިލާތަކަށްވެސް އެހީވާ މީހެއް

    3
    2